Jump to content

ދިވެހިންނާއި ޕީއެޗްޑީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މިޞަފްޙާގައި ބަޔާންކޮށްފައި މިވަނީ ދިވެހިރާއްޖެއިން މިހާތަނަށް ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ކަމަށް މިހާތަނަށް އަޅުގަނޑަށް އެގިފައިވާ ފަރާތްތަކެވެ.

ގާނޫނީ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު މުނައްވަރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު މުނައްވަރު

ޑރ މުޙައްމަދު މުނައްވަރު އުފަންވެ ވަޑައިގަތީ 1961 ވަނަ އަހަރު ސ.މީދޫގައެވެ. ޑރ މުޙައްމަދު މުނައްވަރު ވަނީ 1993 އިން 2003 އަށް ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްކަން ކުރައްވާފައެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއެއް ކަމަށްވާ އެމް.ޑީ.ޕީ ގެ ރައީސްކަމުގެ މަޤާމުގައެވެ.

ޑރ ޙަސަން ސަޢީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙަސަން ސަޢީދު

ޑރ. ހަސަން ސަޢީދު ޤާނޫނީ ދާއިރާއިން "ބެޗެލަރ އޮފް ލޯސް" ޙާޞިލް ކުރެއްވީ 1995 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު ހަމަ އެޔުނިވަރސިޓީއިން 1997 ވަނަ އަހަރު ކޮމްޕެރެޓިވް ލޯސްއިން މާސްޓަރސް ނެންގެވިއެވެ. ޕީ.އެޗް.ޑީ ޙާޞިލްކުރެއްވީ 2003 ވަނައަހަރު، ފްރީޑަމް އޮފް ސްޕީޗްގެ މައްޗަށް އޮސްޓރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑްއިންނެވެ.

ޑރ ޢަބުދުﷲ ޝިހާމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުﷲ ޝިހާމް

ޑރ. ޢަބުދުﷲ ޝިހާމް އަކީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ދިރިއުޅުއްވަނީ މެލޭޝިޔާ ގައެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރަރ އެއްގެ މަގާމް މިހާރު ދަނީ ފުރުއްވަމުންނެވެ. ޑރ ޢަބުދުﷲ ޝިހާމް ފާހަގަ ވެގެންދިޔައީ 2007 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޢަދާލަތު ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި އިސްލާމީ ބޭންކާއި އޭގެ ފައިދާ މިމައުޟޫ އަށް ދެއްވި ތަގްރީރެއްގެ ސަބަބުންނެވެ.

ޑރ އަޒްމިރަލްޑާ ޒާހިރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޒްމިރަލްޑާ ޒާހިރު

ޑރ އަޒްމިރާލްދާ ޒާހިރު އަކީ ގާނޫނީ ދާއިރާ އިން އިގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ ލޯ ރިފޯމް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައެވެ. މީގެ އިތުރުން އަޒްމިރާލްދާ ޒާހިރު އަކީ ޕްރައިވެޓް ބްރޯޑް ކާސްޓް ކުރައްވާ ފަރާތްތައް މޮނީޓަރ ކުރައްވާ ކޮންޓެންޓް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ.

ޑރ މުޙައްމަދު ޖަމީލް އަޙުމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޖަމީލް އަޙުމަދު

ޑރ މުޙައްމަދު ޖަމީލް އަޙްމަދަކީ ގާނޫނީ ދާއިރާއިން އިގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ ޖަމީލް އަކީ މިހާރު ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ.

ޑރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް

ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ޕީއެޗްޑީ ހާސިލުކުރެއްވީ ޤާނޫނީ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. ޕީއެޗްޑީ ހެއްދެވިއިރު ޚާއްޞަވެވަޑައިގެންފައިވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށެވެ. ޑރ. މުޙައްމަދު ޝުޖާޢު މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.

ޑރ މުޙައްމަދު އިބްރާހީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑރ. މުޙައްމަދު އިބްރާހީމް

ޑރ. މުޙައްމަދު އިބްރާހީމް ޕީއެޗްޑީ ހާސިލުކުރެއްވީ 2017 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (އިސްލާމިކް ކޮމާޝަލް ލޯ) ގެ ދާއިރާއިންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައެވެ.

ތަޢުލީމީ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ވަޙީދު ޙަސަން މަނިކު

ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ފަރާތެވެ. ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީއެޗްޑީ ޙާޞިލްކުރެއްވީ އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޑިޔުކޭޝަން ގެ ދާއިރާއިން 1987 ވަނަ އަހަރު އެވެ.

ޑރ މުޙައްމަދު ލަތީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ލަތީފް

ޑރ މުޙައްމަދު ލަތީފް އަކީ އދ. އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އެވެ. ޑރ މުޙައްމަދު ލަތީފް ގެ ސަފީރު ކަމުގެ ފަތްކޮޅު އދ. ގެ ސެކެޓްރީ އަށް ޖެނެރަލް އަށް އަރުވާފައިވަނީ 11 ނޮވެމްބަރު 2002 ގައެވެ. އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބަކަށް އިސްކުރެއްވުމުގެ ކުރިން ޑރ މުޙައްމަދު ލަތީފް ހުންނެވީ ދިވެހިރާއްޖެ އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ގޮތުގައެވެ.

ޑރ ޢަބުދުލް މުޙުސިން މުޙައްމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުލް މުޙުސިން މުޙައްމަދު

ޑރ ޢަބުދުލް މުޙުސިން މުޙައްމަދަކީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ޕީއެޗްޑީ ހެއްދެވި އިރު ޚާއްޞަވެ ލެއްވީ ފިޒިކްސްގެ ދާއިރާ އިންނެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ ސަޢޫދީ އަރަބިއްޔާ އިންނެވެ. މާސްޓާރސް އަދި ޕީއެޗްޑީ ޙާޞިލް ކުރެއްވީ އޮސްޓްރޭލިޔާ އިންނެވެ.

ޑރ ޙަސަން ޙަމީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙަސަން ޙަމީދު

ޑރ ޙަސަން ޙަމީދަކީ ނިއުޒީލެންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގައި، ކްރިޓިކަލް ތިންކިންގގެ ރޮނގުން، އްދަވާފައިވާތީ.ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙަސަން ޙަމީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ.

ޑރ ޙަސަން ޢުގައިލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙަސަން ޢުގައިލް

ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ.

ޑރ އާމާލް ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އާމާލް ޢަލީ

ޑރ އާމާލް ޢަލީ އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ތައުލީމީ ދާއިރާއިން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ އާމާލް ޢަލީ ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރ ކަމުގެ މަގާމްގައެވެ. 2007 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މަޖީދިއްޔާ ސުކޫލްގެ މެނޭޖްމަންޓް ކަމުނުގޮސްގެން ބެލެނެވެރިން ޝަކުވާކުރުމުން މަޖީދިއްޔާ ސުކޫލް ހިންގުން ވަގުތީ ގޮތުން ޑރ އާމާލް ޢަލީ އާ ޙަވާލު ކުރައްވާފައި ވެއެވެ.

ޑރ ޝީމާ ސަޢީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޝީމާ ސަޢީދު

ޑރ ޝީމާ ސަޢީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ތަޢުލީމީ ދާއިރާއިން ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޝީމާ ސަޢީދު ފުރަތަމަ ޑިގްރީ ހެއްދެވީ އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވަސިޓީގައެވެ. މާސްޓާރސް ޑިގްރީ ހެއްދެވީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަސިޓީގައެވެ. ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީގައެވެ.

ޑރ ޢާއިޝަތު ޝެހެނާޒް އާދަމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢާއިޝަތު ޝެހެނާޒް އާދަމް

ޑރ ޢާއިޝަތު ޝެހެނާޒް އާދަމް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޢާއިޝަތު ޝެހެނާޒް އާދަމް އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައި ހުންނެވި ބޭކަނބަލެކެވެ. ޑރ ޢާއިޝަތު ޝެހެނާޒް އާދަމް ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ 2004 ވަނަ އަހަރު އޫކްލޭންޑް ޔުނިވަސިޓީގައި ހިސާބުގެ ދާއިރާ އިންނެވެ.

ޑރ ނާޝިއާ މުޙައްމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނާޝިއާ މުޙައްމަދު

ޑރ ނާޝިއާ މުޙައްމަދު އަކީ ނިއުޒިލޭންޑްގެ އޫކްލޭންޑް ޔުނިވަސިޓީގައި ލޭންގް ޓީޗިންގް އެންޑް ލާނިންގ ގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ނާޝިއާ މުޙައްމަދު ހުންނެވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. ޑރ ނާޝިއާ މުޙައްމަދު އަކީ މަޝްހޫރު މެޑިކަލް ޑޮކްޓަރ މުޙައްމަދު އަޙުމަދުގެ ދަރިކަނބަލެކެވެ.

ޑރ އަހުމަދު ރިޒާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ރިޒާ

ޑރ ޢަލީ ފަވާޒް ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ފަވާޒް ޝަރީފް

ޑރ އަލީ ފަވާޒް ޝަރީފް އަކީ ނިއުޒިލޭންޑްގެ މާސޭ ޔުނިވަސިޓީގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތް ކުރައްވަނީ މޯލްޑީވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ.

ޑރ ޚަދީޖާ އިބްރާހީމް ދީދީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޚަދީޖާ އިބްރާހީމް ދީދީ

ޑރޚަދީޖާ އިބްރާހީމް ދީދީ އަކީ ކެނެޑާގެ އަލްބާޓާ ޔުނިވަސިޓީގައި ސާނަވީ ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ލެކްޗަރަރ ގެ މަގާމް ގައެވެ.

ޑރ އަހުމަދު ޢަލީ ދީދީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޢަލީ ދީދީ

ޑރ އަހުމަދު ޢަލީ ދީދީ އަކީ ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑި ޙާޞިލްކުރެއްވީ ނިއުޒިލޭންޑް ގެ މާސޭ ޔުނިވަސިޓީގައި 2008 ވަނަ އަހަރު އެވެ. އަހުމަދު ޢަލީ ދީދީ އަކީ ތައުލީމީ ދާއިރާގެ ތަފާތު މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑރ އަޙުމަދު ޢަލީ މަނިކު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޢަލީ މަނިކު

ޑރ އަހުމަދު ޢަލީ މަނިކު އަކީ ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑި ޙާޞިލްކުރެއްވީ ނިއުޒިލޭންޑް ގެ މާސޭ ޔުނިވަސިޓީގައި 2008 ވަނަ އަހަރު އެވެ. އަހުމަދު ޢަލީ މަނިކު އަކީ ތައުލީމީ ދާއިރާގެ ތަފާތު މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑރ އިބްރާހީމް ޙަސަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިބްރާހީމް ޙަސަން

ޑރ އިބްރާހީމް ޙަސަން އަކީ އިގިރޭސި ވިލާތުގެ ލެއިސެސްޓަރ ޔުނިވަސިޓީގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައި ވެއެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޮއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް ޑރ އިބްރާހީމް ޙަސަން ރައީސުލް ޖުމުހޫރިއްޔާ އިސްކުރެއްވީ 14 އޮގަސްޓް 2008 ގައެވެ.

ޑރ އަޙުމަދު އަންވަރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު އަންވަރު

ޑރ އަޙުމަދު އަންވަރު (މ.ބްލޫސްޓޯން ) އަކީ އިގިރޭސި ވިލާތުގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައި ވެއެވެ.

ޑރ އިސްމާޢީލް ޝަފީޢު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިސްމާޢީލް ޝަފީޢު

ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނައަހަރު ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައެވެ.

ޑރ ސަޢުދުﷲ ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސައުދުﷲ ޢަލީ (ޕީއެޗްޑީ)

ޑރ. ސަޢުދުﷲ ޢަލީ ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި، ތަޢުލީމީ ދާއިރާއިންނެވެ. ޕީއެޗްޑީ ދިރާސާ ޚާއްޞަ ކުރެއްވީ އިސްލާމީ ޘަޤާފާގެ މައްޗަށެވެ.

ޑރ ވިސާލު މޫސާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިސާލު މޫސާ

ޑރ. ވިސާލު މޫސާ ޕީއެޗްޑީ ހާސިލުކުރެއްވީ 2020 ވަނަ އަހަރު ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން ތަޢުލީމީ ދާއިރާއިންނެވެ. ޑރ. ވިސާލު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ގެ މަޤާމުގައެވެ.

ޑރ މަރްޔަމް ޝަހްނީޒާ ނަޞީރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަރްޔަމް ޝަހްނީޒާ ނަޞީރު

ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރު ޕީއެޗްޑީ ހާސިލުކުރެއްވީ އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިންނެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗްގެ މަޤާމުގައެވެ.

ޑރ އަޙްމަދު މުޙައްމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙްމަދު މުޙައްމަދު

ޑރ. އަޙްމަދު މުޙައްމަދު ވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ މަލާޔާއިން 2021 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަޤާމުގައެވެ.

ޑރ ޢަބްދުއްރަޙީމް ޙަސަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުއްރަޙީމް ޙަސަން

ޑރ. ޢަބްދުއްރަޙީމް ޙަސަން ވަނީ ނިއުޒީލެންޑުގެ ވެލިންގޓަންގައި ހުންނަ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަން އިން 2016 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވައިފައެވެ. ޑރ. ޢަބްދުއްރަޙީމް ޙަސަން މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.

ސިޔާސީ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ އަޙުމަދު ޝަހީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޝަހީދު

ޑރ. އަހްމަދު ޝަހީދު ސްޓްރެޓެޖިކް ސްޓަޑީޒްއިން ޑިގްރީ (ބީ.އެސް.ސީ.އިކޯން) ޙާޞިލް ކުރެއްވީ 1989 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެބްރިސްޓްވިދް އިންނެވެ. އެއަށްފަހު 1995 ވަނަ އަހަރު އޮސްޓްރޭލިއާގެ ބްރިސްބަންގެ ޔުނިވަރސިޓީ އޮފް ކުއިންސްލޭންޑުން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވިއެވެ.

ޑރ ޢަލީ ޝަމީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ޝަމީމް

ޑރ ޢަލީ ޝަމީމް އަކީ ނިއުޒިލޭންޑްގެ އިންޓަނޭޝަނަލް ގްލޯބަލް ޗޭންޖް އިންސްޓިޓިއުޓް ގައި އިންޓަނޭޝަނަލް އެންވައިރޮމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ޢަލީ ޝަމީމް މަސައްކަތް ކުރައްވަނީ ރައްޔިތުން މަޖްލީހުގެ އިދާރާގައެވެ. އޭނާގެ ވަޒީފާ އަކީ ރައްޔިތުން މަޖްލީހުގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ކަމެވެ.

ޑރ މުޙައްމަދު އާސިމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު އާސިމް

ޑރ މުޙައްމަދު އާސިމް އަކީ ޕޮލިޓިކަލް ސައިންސް ގެ ރޮގުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު އާސިމް ކުރިން ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. މިހާރު ޑރ މުޙައްމަދު އާސިމް ދިވެހިރާއްޖެއިން ސްރީލަންކާ އަދި ބަގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަ ދިވެހި ދައުލަތުގެ ސަފީރެވެ. ސަފީރުކަމުގެ މަގާމް ޑރ މުޙައްމަދު އާސިމް އަށް ދެއްވީ 2 ނޮވެމްބަރު 2004 ގައެވެ.

ޑރ ފަރަޙަ ނާޒް ފައިޞަލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަރަޙަ ނާޒް ފައިޞަލް

ޑރ ފަރަހަނާޒް ފައިޞަލް އަކީ އިންޓަރނޭޝަނަލް ޕޮލިޓިކްސް އިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. ޑރ ފަރަހަނާޒް ފައިޞަލް އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ކާފަ ދަރި ކަނބަލެކެވެ. މަންމައަކީ އަމީނާ މުޙައްމަދު އަމީނެވެ.

ޑރ ޢިޞާމް މުޙައްމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢިޞާމް މުޙައްމަދު

ޑރ ޢިޞާމް މުޙައްމަދު އަކީ ކެނެޑާގެ ޑެލްހުސީ ޔުނިވަސިޓީގެ ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ ނާއިބުގެ މަގާމްގައެވެ.

ޑރ ހައުލަތު މުޙައްމަދުދީދީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހައުލަތު މުޙައްމަދުދީދީ

ޑރ ހައުލަތު މުޙައްމަދުދީދީ (ޏ.ފުވައްމުލައް )އަކީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގައި ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. މިހާރު ވެސް ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީގައެވެ. ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ 2003 ން 2007 އަށެވެ.

ޑރ އަޙްމަދު ޒާހިރު ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙްމަދު ޒާހިރު ޢަލީ

ޑރ. އަޙްމަދު ޒާހިރު ޢަލީ ޕީއެޗްޑީ ހާސިލުކުރެއްވީ 2016 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސުންނެވެ. އެ މަނިކުފާނު ވަނީ މީގެކުރިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ ޢަބުދުﷲ މަޢުޞޫމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުﷲ މަޢުޞޫމް

ޑރ ޢަބުދުﷲ މަޢުސޫމް އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑީ ހައްދަވާފައިވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިގިރޭސި ވިލާތުގެ ބާރމިންގހާރމް ޔުނިވަސިޓީގައެވެ.

ޑރ މުޙައްމަދު ޢަލީ (ކޮލި)

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޢަލީ (ކޮލި)

ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލްކުރެއްވީ އިގިރޭސި ވިލާތުންނެވެ. އޭނާ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ ޓޫރިޒަމްގެ ދާއިރާއިންނެވެ.

މަސްވެރިކަމުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ ފާތިން ޙަމީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފާތިން ޙަމީދު

ޑރ ފާތިން ޙަމީދު އަކީ މަސްވެރިކަމުގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބުގެ މަގާމް ގައެވެ. މީގެ އިތުރުން ޑރ ފާތިން ޙަމީދު އަކީ ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރެއް ވެސް މެއެވެ.

ޑރ ޢަބުދުﷲ ނަޞީރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުﷲ ނަޞީރު

ޑރ ޢަބުދުﷲ ނަޞީރު އަކީ މަސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުﷲ ނަޞީރު މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައެވެ.

ޑރ ޙުސައިން ރަޝީދު ޙަސަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙުސައިން ރަޝީދު ޙަސަން

ޑރ ޙުސައިން ރަޝީދު ޙަސަން އަކީ ޑޮކްޓަރ އޮފް ފިލޯސަފީ މަސްވެރިކަމުގެ ދާއިރާ އިން ހައްދަވާފައިވާ ބޭފުޅެކެވެ. އިގިރޭސި ވިލާތުގައި ޕީއެޗްޑީ ހެއްދެވި ޑރ ޙުސައިން ރަޝީދު ޙަސަން ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވާފައިވެއެވެ. ޑރ ޙުސައިން ރަޝީދު ޙަސަން މިހާރު ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައެވެ.

ޑރ މުޙައްމަދު ޝިހާމް އާދަމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޝިހާމް އާދަމް

ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ހައްދެވިއިރު ތީސެސިސް ލިޔުއްވި މައުޟޫއަކީ ޕޮޕިއުލޭޝަން ޑައިނަމިކްސް އެންޑް އެސެސްމަންޓް އޮފް ސްކިޕްޖެކް ޓޫނާ އިން ދަ މޯލްޑިވްސް މިއެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ ސެޕްޓެމްބަރު 1996ން ޑިސެމްބަރު 1999 އަށް އިގިރޭސި ވިލާތުގެ އިމްޕީރަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން ގައެވެ. އެއްކޮށް ފޮތް ލިޔުއްވައި ނިމި ޕީއެޗްޑީ ޙާޞިލްކުރެއްވީ ސެޕްޓެމްބަރު 2003 ގައެވެ.

އިސްލާމް ދީނާ ޢަރަބި ބަސް

[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު ރަޝީދު އިބްރާހީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ރަޝީދު އިބްރާހީމް

ޑރ މުޙައްމަދު ރަޝީދު އިބްރާހީމަކީ ފިޤްހާއި އުޞޫލުލް ފިޤުހުން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ހެއްދެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021 ވަނަ އަހަރުއެވެ.

ޑރ ޢަބުދުﷲ ސަޢީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުﷲ ސަޢީދު

ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ ތަފްސީރު ޢިލްމުން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ޕީއެޗްޑީ ހެއްދެވީ ސަޢޫދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީން 1997 ވަނަ އަހަރުއެވެ. އެ މަނިކުފާނު ވަނީ މީގެކުރިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ.

ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

ޑރ ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާނަކީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ތަފްސީރާއި ޢުލޫމުލް ޤުރްއާނުން 2001 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ.) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އަދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސަކީ ވެސް އެ މަނިކުފާނެވެ.

ޑރ އަފްރާޝީމް ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަފްރާޝީމް ޢަލީ

ޑރ އަފްރާޝީމް ޢަލީ ރ. އަތޮޅު ކަނދޮޅުދޫ އަށް އުފަން ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ 2007 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ ޕީއެޗްޑީ ހެއްދެވީ ފިޤްހު އަދި އުޞޫލުލް ފިޤްހުގެ ރޮނގުންނެވެ.

ޑރ މޫސާ އަންވަރު ޙަސަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މޫސާ އަންވަރު ޙަސަން

ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާސިލުކުރައްވައިފައެވެ. ޑރ. މޫސާ އަންވަރު ޙަސަން މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވާޢިޡުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ.

ޑރ ޢަލީ ޒާހިރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑރ. ޢަލީ ޒާހިރު

ޑރ. ޢަލީ ޒާހިރު، ޕީއެޗްޑީ ހާސިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ.

ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ހާސިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެމަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަޤާމުގައެވެ.

ޑރ އިބްރާހީމް ޒަކަރިއްޔާ މޫސާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިބްރާހީމް ޒަކަރިއްޔާ މޫސާ (ޕީއެޗްޑީ)

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010 ވަނަ އަހަރު މެލޭޝިޔާގެ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤުހު އެންޑް އުޞޫލުލް ފިޤުހު އިން ޕީ،އެޗް،ޑީ ހާޞިލުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ވެސް ވަނީ ކުރައްވައިފައެވެ.

ޑރ އާދަމް ޝަމީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އާދަމް ޝަމީމް

ޑރ. އާދަމް ޝަމީމަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިން ތަޢުލީމު ހާސިލުކުރެއްވިއެވެ. އިސްލާމީ ފިޤުހު އެކަޑަމީއާއި ފަތުވާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވެއެވެ.

ޑރ ޢަބްދުﷲ ޖަމީލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑރ. ޢަބްދުﷲ ޖަމީލް

ޑރ. ޢަބްދުﷲ ޖަމީލަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޙަދީޘުން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަން ކުރައްވައިފައިވެއެވެ.

ޑރ އަޙްމަދު ޒިޔާދު ބާޤިރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙްމަދު ޒިޔާދު ބާޤިރު

ޑރ. އަޙްމަދު ޒިޔާދު ބާޤިރު ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގެ އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފިޤުހާއި އުޞޫލުލް ފިޤުހުންނެވެ. ޑރ. ޒިޔާދު ވަނީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްކަން މީގެކުރިން ކުރައްވައިފައެވެ.

ޑރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ޕީއެޗްޑީ ހާސިލުކުރެއްވީ 1999 ވަނަ އަހަރު މެލްބަން ޔުނވަރސިޓީން އިސްލާމީ ތަޢުލީމުގެ ދާއިރާއިންނެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަރނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި ޢަރަބިބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

ޑރ ޢަބްދުﷲ ފާރޫޤް އިބްރާހީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުﷲ ފާރޫޤް އިބްރާހީމް

ޑރ. ޢަބްދުﷲ ފާރޫޤް އިބްރާހީމް ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގައި ފިޤުހާއި އުޞޫލުލް ފިޤުހުންނެވެ. ޑރ. ފާރޫޤަކީ 29 އަހަރުގެ މުއްދަކަށް ޤާޟީކަން ކުރައްވައިފައިވާ ބޭފުޅެކެވެ.

ޑރ މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ޕީއެޗްޑީ ހާސިލުކުރެއްވީ ފިޤުހާއި އުޞޫލުލް ފިޤުހުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގައެވެ. ޕީއެޗްޑީގެ ތީސީސް ލިޔުއްވީ "ދިވެހިރާއްޖޭގެ ސްޓޮކް މާކެޓުގައި އިންވެސްޓުކުރުމުގެ ޝަރުޢީ ހައިސިއްޔަތު" މި މަޢުޟޫޢަށެވެ.

ޑރ މުޙައްމަދު ޤުބާދު އަަބޫބަކުރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޤުބާދު އަބޫބަކުރު

ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމީ ޢަޤީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުން ތުރުކީގެ ޔުނިވަރސިޓީއަކުންނެވެ. ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިޔާ އޮފް ޢަރަބިކް ލޭންގުއޭޖްގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ.

ޞިއްޙީ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު

ޑރ. ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު އަކީ ޕީ އެޗްޑީ ބޭފުޅެއްގެ އިތުރުން މެޑިކަލް ޑޮކްޓަރެއް ވެސް މެއެވެ.

ޑރ ޢަބުދުއް ސައްތާރު ޔޫސުފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުއް ސައްތާރު ޔޫސުފް

ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީގެ ނާއިބުކަން ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަދާކުރައްވާފައި ވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންވަޔަރމަންޓް އެންޑް ހިއުމަން ރިސޯސަސްގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ. މިހާރު މަސައްކަތްކުރައްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ މަންދޫބެއްގެ ގޮތުން އިންޑިޔާގެ ނިއުދިއްލީގައެވެ. ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޑިޕާޓްމަންޓް އޮފް ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް އެންޑް ހެލްތީ އެންވައިރޮމަންޓް ގެ ޑިރެކްޓަރެވެ.

ޑރ ޙުސްނާ ރާޒީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙުސްނާ ރާޒީ

ޑރ ޙުސްނާ ރާޒީ އަކީ 2006 ވަނަ އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ޔުނިވަސިޓީގައި އާންމު ޞިއްޙަތުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާތު މަގާމްތަކުގައި އުޅުއްވި ޑރ ޙުސްނާ ރާޒީ މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ދަށުން ހިންގާ ސުކޫލް އޮފް ޕަބްލިކް ހެލްތު އެންޑް ކޮމިއުނިޓީ މެޑިސިންގެ އެސޯސިއޭޓް ލެކްޗަރަރ އެއްގެ ގޮތުގައެވެ.

ޑރ އާމިނަތު ޖަމީލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އާމިނަތު ޖަމީލް

ޑރ އާމިނަތު ޖަމީލް އަކީ ހެލްތު ސައިންސްގެ ދާއިރާއިން އޮސްޓްރޭލިޔާގެ ލާ ޓްރޯބް ޔުނިވަސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ އާމިނަތު ޖަމީލް އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިޔަނި ހެލްތު މިނިސްޓަރެވެ. ޑރ އާމިނަތު ޖަމީލް ވަނީ މުސްކުޅިންނަށް ޚާއްޞަ ފަރުވާ ދެއްވުމަށްޓަކައި މަންފާގެ ނަމުގައި ޖަމްޢިއްޔާ އެއް ރަޖިސްޓްރީ ކުރައްވާފައެވެ.

ޑރ އަޙުމަދު އަޝްރަފް ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު އަޝްރަފް ޢަލީ

ޑރ އަޙުމަދު އަޝްރަފް ޢަލީ (ހ.އަލިނަރުމާގެ ) އަކީ މެޑިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ރަޝިޔާގެ އެސްޓީ ޕީޓަސްބާރގް ފާރމަލޯފް ސްޓޭޓް މެޑިކަލް ޔުނިވަސިތީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. މިހާރު ހުންނެވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓެއްގެ މަގާމް ގައެވެ. އެހެން ކަމުން ޑރ އަޙުމަދު އަޝްރަފް ޢަލީ އަކީ މެޑިކަލް ޑޮކްޓަރެކެވެ. އަދި ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑޮކްޓަރެއް ވެސް މެއެވެ.

އިންޖިނޭރިންގ

[އުނިއިތުރު ގެންނަވާ]

ޑރ ޙަސަން ޝަފީޢު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙަސަން ޝަފީޢު

ޑރ ޙަސަން ޝަފީޢު އަކީ އިންޖިނޭރިންގެ ދާއިރާއިން އިގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަން ގެ ޔުނިވަސިޓީ ކޮލެޖް ލަންޑަން ގައި ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ.

ޑރ އަޙުމަދު ޝާފިޢު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޝާފިޢު

ޑރ އަޙުމަދު ޝާފިޢު އަކީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ފިޒިކަލް ސައިންސަސް ގައި 2005 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަޙުމަދު ޝާފިއު އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ 2001 ވަނަ އަހަރު އިގިރޭސި ވިލާތުގެ ބާރމިނގްހާރމް ޔުނިވަސިޓީގައެވެ. 2001 ވަނަ އަހަރު ޕަވަރ ސިސްޓަމް އިންޖިނިއަރިންގ އިން މާސްޓާރސް ޑިގްރީވެސް ޑރ އަޙުމަދު ޝާފިޢު ޙާޞިލްކޮށްފައި ވެއެވެ.

ޑރ ޒައިދު މުޙައްމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޒައިދު މުޙައްމަދު

ޑރ ޒައިދު މުޙައްމަދު އަކީ ނިއުޒިލޭންޑް ގެ ކެންޓަބަރީ ޔުނިވަސިޓީގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ޒައިދު މުޙައްމަދު ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުގެ މަގާމް ގައެވެ. ޑރ ޒައިދު މުޙައްމަދު އަކީ އދ. ފެންފުށީ ބޭފުޅެކެވެ. ޑރ ޒައިދު މުޙައްމަދުގެ އަނބިކަނބަލުން ޝާމިލާ އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޓާފް ނާރސް އެވެ. އެދެމަފިރިންނަށް ދެކުދިން ލިބިފައި ވެއެވެ.

ޑރ މުޙައްމަދު ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޝަރީފް

ޑރ މުޙައްމަދު ޝަރީފް އަކީ ޑޮކްޓަރ އިގިރޭސި ވިލާތުގެ ލިވަރ ޕޫލް ޔުނިވަސިޓީ ގައި އިންސިވިލް އިންޖިނޭރިން/ ކޯސްޓަލް އިންޖިނޭރިންގެ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޝަރީފް މިހާރު ހުންނެވީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަތީ 2005 ވަނަ އަހަރު އެވެ.

ޑރ ޢަލީ ރިފާޢު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ރިފާޢު

ޑރ ޢަލީ ރިފާޢު އަކީ މެލޭޝިޔާގެ ސުކޫލް އޮފް މެކޭނިކަލް އިންޖިނޭރިންގ ގައި މެކޭނިކަލް އިންޖިނޭރިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އެލްކެން ގެ އުފެއްދުންތައް ބާޒާރަށް ތަޢާރަފްކުރާ ބޮޗް ވިއުގަ އިގެ ޑައަމަންޑް މެނޭޖަރަކީ ވެސް ޑރ ޢަލީ ރިފާޢު އެވެ.

ޑރ ޙުސައިން ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙުސައިން ޝަރީފް

ޑރ ޙުސައިން ޝަރީފް (ހ.ޖަނަވަރީ ވިލާ) އަކީ މެލޭޝިޔާގެ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ އިން އިލެކްޓްރިކަލް އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ސީނިއަރ ލެކްޗަރަރ ގްރޭޑް 1 ގެ މަގާމް ގައެވެ.

ޑރ ޢަލީ ހައިދަރު އަޙުމަދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ހައިދަރު އަޙުމަދު

ޑރ ޢަލީ ހައިދަރު އަޙުމަދު އަކީ އިގިރޭސި ވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ. ހައިދަރު މިހާރު ހުންނެވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.

ޑރ މުޙައްމަދު މުޢިއްޒު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުހައްމަދު މުއިއްޒު

ޑރ މުޙައްމަދު މުޢިއްޒު ޕީއެޗްޑީ ހާސިލުކުރެއްވީ ސިވިލް އިންޖިނިއަރިން ދާއިރާއިން، އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީންނެވެ. ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއެވެ،

ޑރ އަޙުމަދު ޝަމްހީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޝަމްހީދު

ޑރ އަޙުމަދު ޝަމްހީދު(މާވެޔޮދޮށުގެ /ގއ.ދެއްވަދޫ) އަކީ އިގިރޭސި ވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ބޮޅު ވިލާ ގައެވެ.

ޑރ ޢަބްދުﷲ މުއްޠަލިބް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބްދުﷲ މުއްޠަލިބް

ޑރ ޢަބްދުﷲ މުއްޠަލިބް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަނުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސިވިލް އިންޖިނިއަރިންގ ހާސިލުކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައެވެ.

އެހެނިހެން ދާއިރާތައް

[އުނިއިތުރު ގެންނަވާ]

ޑރ މަޙުމޫދު ޝައުގީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑރ މަޙުމޫދު ޝައުގީ

ޑރ މަޙުމޫދު ޝައުގީ އަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރެވެ. ކެނެޑާގައި ޕީއެޗްޑީ ހައްދަވާފައިވާ ޝައުގީ ވަނީ ކުރިން ބައެއް އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މަގާމް ފުރުއްވާފައި ވެއެވެ.

ޑރ ޢަލީ ރަފީގު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ރަފީގު

ޑރ ޢަލީ ރަފީގު އަކީ ނޫސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޢަލީ ރަފީގު ޕީއެޗްޑީ ޙާޞިލް ކުރެއްވުމަށްފަހު ނިއުޒިލޭންޑް އިން އެބުރި ދިވެހިރާއްޖެ އަށް ވަޑައިގަތީ 30 ޑިސެމްބަރު 2007 ގައެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ވެސް މެއެވެ.

ޑރ ހުސައިން ނިޔާޒް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުސައިން ނިޔާޒް

ޑރ ޙުސައިން ނިޔާޒް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ނިޔާޒް މިހާރު ހުންނެވީ ޑިޕާޓްމަންޓް އޮފް އެކްސްޓާރނަލް ރިސޯސް ގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމްގައެވެ.

ޑރ ހާލާ ޙަމީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހާލާ ޙަމީދު

ޑރ ހާލާ ޙަމީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ އިގިރޭސިވިލާތުގެ އެންގްލިއާ ޔުނިވަސިޓީގައި ޖެންޑަރ އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ފުރިހަމަ ކުރައްވާފައިވާ ބޭކަނބަލެކެވެ. މިހާރު ޑރ ހާލާ ހަމީދު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ ނާއިބުގެ މަގާމް ގައެވެ. ޑރ ހާލާ ހަމީދު އަކީ ކުރީގެ މިނިސްޓަރ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބުދުﷲ ޙަމީދުގެ ދަރި ކަނބަލެކެވެ.

ޑރ މުޙައްމަދު ޒާހިރު ޙުސައިން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޒާހިރު ޙުސައިން

ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ދިވެހި ސަރުކާރުގައި ވަރަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ. ޑރ މުޙައްމަދު ޒާހިރު ޙުސައިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ ކެބަންގްސާ މެލޭޝިޔާގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001 ވަނަ އަހަރުއެވެ.

ޑރ ޢަބުދުއް ޝަހީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުއް ޝަހީދު

ޑރ ޢަބުދުއް ޝަހީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް ގެ ސީނިއަރ ސްޕްރިންޓެންޑެންޓްގެ މަގާމްގައެވެ. ޑރ ޢަބުދުއް ޝަހީދު އަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ އަޙުމަދު ޝަހީދު ގެ ބޭބެ އެކެވެ.

ޑރ މުސްޠަފާ ލުޠުފީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުސްޠަފާ ލުޠުފީ

ޑރ މުޞްޠަފާ ލުޠުފީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޞްޠަފާ ލުޠުފީ ވަނީ ކުރިން ދިވެހި ސަރުކާރު ކެބިނެޓްގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. މިހާރު ޑރ މުޞްޠަފާ ލުޠުފީ މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައެވެ.

ޑރ ފާތިމަތު މޫސާ ދީދީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފާތިމަތު މޫސާ ދީދީ

ޑރ ފާތިމަތު މޫސާ ދީދީ އަކީ އިގިރޭސި ވިލާތުގައި ޕަބްލިކް ސާރވިސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. ޑރ ފާތިމަތު މޫސާ ދީދީ އަކީ ކުރިން ދިވެހި ރާއްޖޭގެ ނަރުހުންގެ ވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ފަރާތެކެވެ. އަދި ނަރުހެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވި ފަރާތެކެވެ. ޑރ ފާތިމަތު މޫސާ ދީދީ ދިވެހި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލްގެ އަނބިކަނބަލުންނެވެ.

ޑރ އަޙުމަދު ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޙުމަދު ޝަރީފް

ޑރ އަހުމަދު ޝަރީފް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ އަޙުމަދު ޝަރީފް އަކީ ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކެޓްރީ ގެ އިތުރުން ވަޒީރުން މަޖްލިހުގެ އެސިސްޓެންޓް ސެކެޓްރީ ވެސް މެއެވެ. އަދި ޑރ އަޙުމަދު ޝަރީފް އަކީ ރައްޔިތުންގެ ޚާއްޞަ މަޖްލީހަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ މެންބަރެއް ވެސް މެއެވެ.

ޑރ މޫސާ ފަތުޙީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑރ މޫސާ ފަތުޙީ

ޑރ މޫސާ ފަތުޙީ އަކީ މެލޭޝިޔާގެ ޕުޓްރާ ޔުނިވަސިޓީގައި ޕްރައިވަޓައިޒޭޝަން ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.

ޑރ ސިމާދު ސަޢީދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިމާދު ސަޢީދު

ޑރ ސިމާދު ސަޢީދު އަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީގައި ރިސޯސް މެނޭޖްމަންޓް އެންޑް އެންވައިރޮމަންޓަލް ސައިންސްގެ ދާއިރާ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.

ޑރ ޙުސައިން ޙަލީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޙުސައިން ޙަލީމް

ޑރ ޙުސައިން ޙަލީމް އަކީ ނިއުޒިލޭންޑްގެ އޮޓާގޯ ޔުނިވަސިޓީގައި 2005 ވަނަ އަހަރު ސްޕޯޓްސް ކޯޗިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ޙަލީމް އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މީގެކުރިން ޚިދުމަތް ކުރައްވި ބޭފުޅެކެވެ.

ޑރ މަރިޔަމް ޒުލްފާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަރިޔަމް ޒުލްފާ

ޑރ މަރިޔަމް ޒުލްފާ އަކީ އޮސްޓްރޭލިޔާގެ ޕާތުގައި ހުންނަ ވެސްޓަން އޮސްޓްރޭލިއަން ޔުނިވަސިޓީ އިން ބިިޒިނަސް ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މަރިޔަމް ޒުލްފާ އަކީ ރާއްޖޭގައި އިގިރޭސި ބަހުން މަހަކު އެއްފަހަރު ނެރޭ މަޖައްލާ އެކްސްޕްލޯރ މޯލްޑިވްސް ގެ އެޑިޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 1997 ވަނަ އަހަރު ޑރ މަރިޔަމް ޒުލްފާ ވަނީ ނިއުޒިލޭންޑްގެ ހެމިލްޓަންގައި ހުންނަ ވައިކަޓޯ ޔުނިވަސިޓީ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ޑރ މަރިޔަމް ޒުލްފާގެ ފިރިކަލުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެއްކަމުގައިވާ ސިމް އިބްރާހީމް މުޙައްމަދު އެވެ.

ޑރ ޢާއިޝަތު ޝިހާމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢާއިޝަތު ޝިހާމް

ޑރ ޢާއިޝަތު ޝިހާމް އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ސައިކޮލޮޖީ އިން ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. މިވަގުތު ޑރ ޢާއިޝަތު ޝިހާމް ހުންނެވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ ނާއިބު ކަމުގެ މަގާމް ގައެވެ. މީގެ އިތުރުން ޑރ ޢާއިޝަތު ޝިހާމް އަކީ ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ އެގްޒެކްޓިވް ކޮމިޓީގެ ޗެއަރޕާރސަން ވެސް މެއެވެ. ޑރ ޢާއިޝަތު ޝިހާމް ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ވިމެންސް އެފެއާރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އެސިސްޓެންޓް ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައި ވެއެވެ.

ޑރ ރިޔާޒް ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރިޔާޒް ޝަރީފް

ޑރ ރިޔާޒް ޝަރީފް އަކީ އެޕްލައިޑް ޓޫރިޒަމް އެކްނޯމެޓްރިކްސްގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ރިޔާޒް ޝަރީފް މިހާރު މަސައްކަތްކުރައްވަނީ އޮސްޓްރޭލިޔާގެ އެޑިތް ކޮވާން ޔުނިވަސިޓީގެ ފެކަލްޓީ އޮފް ބިޒިނަސް އެންޑް ލޯ ގައި ކިޔަވާ ދެއްވާ ޕްރޮފެސަރެއްގެ ގޮތުންނެވެ.

ޑރ ޢަލީ ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ޝަރީފް

ޑރ ޢަލީ ޝަރީފް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ދަރުމަވަންތަ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމް ގައެވެ.

ޑރ ޢަލީ ޝަރީފް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަލީ ޝަރީފް،ހިތަދޫ

ޑރ ޢަލީ ޝަރީފް އަކީ އެންވައިރަމެންޓަލް ކެމިސްޓްރީ އިން އޮސްޓްރޭލިޔާގެ ލާ ޓްރޯބް ޔުނިވަސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.

ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢަބުދުއް ޞަމަދު ޢަބުދުﷲ

ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ދިވެހި ސަރުކާރުގެ ފަރާތުން ބަގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ މަގާމަށް ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ އިސްކުރެއްވީ 3 ޖޫން 2008 ގައެވެ.

ޑރ މުޙައްމަދު ޢަލީ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޢަލީ

ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލްކުރެއްވީ އިގިރޭސި ވިލާތުންނެވެ. މިހާރު ހުންނެވީ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކަމްޕެނީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައެވެ.

ޑރ އަހުމަދު ޢަލި ސަވާދު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަހުމަދު ޢަލީ ސަވާދު

ޑރ އަހުމަދު ޢަލީ ސަވާދު އަކީ ނިއުޒިލޭންޑް ގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.

ޑރ މުޙައްމަދު ޝަފީޤް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޝަފީޤް

ޑރ. މުޙައްމަދު ޝަފީޤް ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވަރސިޓީންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައެވެ.

ޑރ އަޝްރަފް ޢަބްދުއްރަޙީމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޝްރަފް ޢަބްދުއްރަޙީމް

ޑރ އަޝްރަފް ޢަބްދުއްރަޙީމް ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މެލޭޝިޔާގައި ހުންނަ އޭޝިޔާ އީ ޔުނިވަރސިޓީންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ މަޤާމުގައެވެ.

ޑރ މަރްޔަމް މާރިޔާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަރްޔަމް މާރިޔާ

ޑރ މަރްޔަމް މާރިޔާ ޕީއެޗްޑީ ހާސިލުކުރެއްވީ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ނިއުޒީލޭންޑުގެ މޭއްސީ ޔުނިވަރސިޓީގައެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.

ޑރ ޢާއިޝަތު ރަމީލާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޢާއިޝަތު ރަމީލާ

ޑރ ޢާއިޝަތު ރަމީލާ ޕީއެޗްޑީ ހާސިލުކުރެއްވީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިޔާގައެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުގައެވެ.

ޑރ މުޙައްމަދު ކިނާނަތު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ކިނާނަތު

ޑރ ޢާއިޝަތު ރަމީލާ ޕީއެޗްޑީ ހާސިލުކުރެއްވީ އިންފޮމޭޝަން ސިސްޓަމްސްގެ ރޮނގުން ނިއުޒީލެންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަންގައެވެ. ޑރ. ކިނާނަތު މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމުގައެވެ.

މުހިއްމު ބައެއް މައުލޫމާތުތައް

[އުނިއިތުރު ގެންނަވާ]
  • ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިރިއުޅުއްވަނީ އދ.ގެ ވަޒީފާއެއްގައި ރާއްޖެ އިން ބޭރުގައެވެ.
  • ޑރ މުޙައްމަދު ލަތީފް އަކީ 2008 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރައްވާފައިވާ، އެ ކޮމިޝަނުގެ ރައީސެވެ.
  • ޑރ ޢަބުދުއް ސައްތާރު ޔޫސުފް ދިރިއުޅުއްވަނީ އދ.ގެ ވަޒީފާއެއްގައި ރާއްޖެ އިން ބޭރުގައެވެ.
  • ޑރ ޢަބުދުﷲ ޝިހާމް ދިރިއުޅުއްވަނީ މެލޭޝިޔާގައެވެ.
  • ޑރ ހުސްނާ ރާޒީ ދިރިއުޅުއްވަނީ އޮސްޓްރޭލިޔާގައެވެ.
  • ޑރ ޢަބުދުﷲ ސަޢީދު ދިރިއުޅުއްވަނީ އޮސްޓްރޭލިޔާގައެވެ.
  • ޑރ ރިޔާޒް ޝަރީފް ދިރިއުޅުއްވަނީ އޮސްޓްރޭލިޔާ ގައެވެ.
  • ޑރ އަޙުމަދު ރިޒާ ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގައެވެ.
  • ޑރ އަޙުމަދު ޝާފިއު ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގައެވެ.
  • ޑރ ޝީމާ ސަޢީދު އަދި ޑރ ސިމާދު ސަޢީދު އަކީ ދެބެންނެވެ.
  • ޑރ ޙާލާ ޙަމީދު އަދި ޑރ ފާތިން ޙަމީދު އަކީ ދެބެންނެވެ.
  • ޑރ އަޙުމަދު ޝަހީދު އަދި ޑރ ޢަބުދުއް ޝަހީދު އަކީ ވެސް ދެބެންނެވެ.
  • ޑރ ޙަސަން ސަޢީދު އަދި ޑރ ޢަބުދުﷲ ސަޢީދު އަކީ ވެސް ދެބެންނެވެ.