Jump to content

މަރްޔަމް ޝަހްނީޒާ ނަޞީރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރަކީ ހއ. ދިއްދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ.

ޑރ. ޝަހްނީޒާ ވަނީ ތައިލޭންޑްގެ މަހިޑޯލް ޔުނިވަރސިޓީން 2010 ވަނަ އަހަރު މާސްޓަރސް އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނެޖްމަންޓް) ހާސިލުކުރައްވައިފައެވެ. އަދި އެ ކޯހުން އެއްވަނަ ހޯއްދަވައިފައިވެއެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިންނެވެ.

ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރު ޕީއެޗްޑީއަށް ކުރެއްވި ދިރާސާއަކީ ހިސާބު މުދައްރިސުންގެ އަލްޖިބްރާ ކޮންޓެންޓް ނޮލެޖާއި ޕެޑަގޮޖިކަލް ނޮލެޖް ދެނެގަތުމަށްޓަކައި ކުރެއްވި ދިރާސާއެކެވެ. ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު ދެ އާޓިކަލް، ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކުރައްވައިފައިވެއެވެ.

ޑރ. މަރްޔަމް ޝަހުނީޒާ ނަޞީރު ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާޗް އެންޑް އިނޮވޭޝަން) ގެ މަޤާމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ރިސާޗް ފެލޯއެއްގެ މަޤާމު އަދާކުރައްވައިފައެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗްގެ މަޤާމުގައެވެ.

ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރަށް ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރާއި 2018 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.