Jump to content

ވިސާލު މޫސާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ވިސާލު މޫސާ

ޑރ. ވިސާލު މޫސާއަކީ ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅެކެވެ.

ޑރ. ވިސާލު މޫސާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އާއި މެލޭޝިޔާގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާގައި ތަޢުލީމު ހާސިލުކުރައްވައިފައެވެ. ޕީއެޗްޑީ ހެއްދެވީ 2020 ވަނަ އަހަރު ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން ތަޢުލީމީ ދާއިރާއިންނެވެ. ޕީއެޗްޑީއަށް ކުރެއްވި ދިރާސާގެ އެކި ބައިތައް، ބައިނަލްއަޤްވާމީ ޖަރނަލްތަކެއްގައި ޝާއިޢު ކުރައްވައިފައިވެއެވެ.

ޑރ. ވިސާލު މޫސާ ޕީއެޗްޑީ ހާސިލުކުރެއްވުމަށް ދިރާސާ ކުރައްވައިފައިވަނީ، މުދައްރިސުންގެ "ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީ" ނުވަތަ މުދައްރިސްކަމުގެ ފަންނާ ގުޅޭގޮތުން އެކުގައި އުނގެނުމުގެ ސަބަބުން "ކަލެކްޓިވް އެފިކަސީ" ނުވަތަ ވަކި އަމާޒެއް ހާސިލު ކުރުމަށް ކުރަންޖެހޭ ކަންކަން އެކުގައި ކުރެވިދާނެ ކަމަށް ދެކޭ ދެކުމަށް އަންނަ ބަދަލު ދެނެގަތުމުގެ މައްޗަށެވެ. ޑރ. ވިސާލު މޫސާ ޕީއެޗްޑީ ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި، ތިން ޖަރނަލް އާޓިކަލެއް ވަނީ ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ.

ޑރ. ވިސާލު މޫސާއަށް 2021 ވަނަ އަހަރު ވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައެވެ.

ޑރ. ވިސާލު މޫސާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ގެ މަޤާމުގައެވެ. އަދި އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.