Jump to content

އަޙްމަދު ޒިޔާދު ބާޤިރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. އަޙްމަދު ޒިޔާދު ބާޤިރު
ޑރ. އަޙްމަދު ޒިޔާދު ބާޤިރު، 2015
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް)
މަޤާމުގައި
6 މޭ 2015 – 17 ނޮވެންބަރު 2018
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރިން ހުންނެވީމުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފަހުން ވަޑައިގަތީ
އުފަންވީ (1975-11-04) 4 ނޮވެމްބަރ 1975 (50 އަހަރު )
މަތީތަޢުލީމުޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ޔަމަން
ޔުނިވަރސިޓީ އޮފް ޔަމަން
ޔުނިވަރސިޓީ އޮފް މަލާޔާ، މެލޭޝިޔާ

ޑރ. އަޙްމަދު ޒިޔާދު ބާޤިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1975 ނޮވެންބަރު 4 ގައެވެ. އެ މަނިކުފާނަކު ވަނީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުކަމުގެ މަޤާމު މީގެކުރީން އަދާކުރައްވައިފައެވެ.

ޑރ. އަޙްމަދު ޒިޔާދު ބާޤިރު ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ 1999ވަނަ އަހަރު ޔަމަނުގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައެވެ. ފުރަތަމަ ޑިގްރީ ކިޔަވައިވިދާޅުވިއިރު، އެ މަނިކުފާނަށް ވަނީ އެ ފެކަލްޓީގެ އެންމެ މޮޅު ދެ ވަނަ ދަރިވަރުގެ މަޤާމު ލިބިވަޑައިގެންފައެވެ. މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވީ އިސްލާމިކް ސްޓަޑީޒުގެ ރޮނގުން ޔުނިވަރސިޓީ އޮފް ޔަމަނުގައެވެ. ޑރ. ޒިޔާދު ޕީއެޗްޑީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގެ އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފިޤްހާއި އުޞޫލުލް ފިޤްހުންނެވެ. އޯލެވެލް ހެއްދެވީ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލު) އިންނެވެ.

ޑރ. އަޙްމަދު ޒިޔާދު ބާޤިރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ޝަރީޢާ އެންޑް ލޯގެ ޑީންކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަމާއި، ވިލާ ކޮލެޖުގެ ލެކްޗަރަރކަން ހިމެނެއެވެ. އަދި ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ އިސްލާމިކް ކޮންސަލްޓަންޓްގެ މަޤާމު ވެސް ޑރ. ޒިޔާދު ވަނީ އަދާކުރައްވައިފައެވެ.