ޙުސައިން ޙަލީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޙުސައިން ޙަލީމް އަކީ ނިއުޒިލޭންޑްގެ އޮޓާގޯ ޔުނިވަސިޓީގައި 2005 ވަނަ އަހަރު ސްޕޯޓްސް ކޯޗިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ޙަލީމް އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މީގެ ކުރިން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޙުސައިން ޙަލީމަށް 2016 ވަނަ އަހަރު ވަނީ ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ޑރ ޙުސައިން ޙަލީމް

ތައުލީމީ ކާބިޔާބީތައް[އުނިއިތުރު ގެންނަވާ]

  • ބެޗްލަރ އޮފް ފިޒިކަލް އެޑިޔުކޭޝަން - 1996 - އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިޔުކޭޝަން- އޮސްޓްރޭލިޔާ
  • ބެޗްލަރ އޮފް އެޑިޔުކޭޝަން - 1997 - އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިޔުކޭޝަން- އޮސްޓްރޭލިޔާ
  • މާސްޓަރ ޑިގްރީ އިން އެޑިޔުކޭޝަނަލް ސައިކޮލޮޖީ - 1998 - ސިޑްނީ ޔުނިވަސިޓީ- އޮސްޓްރޭލިޔާ
  • މާސްޓަރ އޮފް ފިޒިކަލް އެޑިޔުކޭޝަން - 2002 - އޮޓާގޯ ޔުނިވަސިޓީ - ނިއުޒިލޭންޑް
  • ޑޮކްޓަރ އޮފް ފިލޯސަފީ އިން ސްޕޯޓްސް ކޯޗިންގ - 2005 - އޮޓާގޯ ޔުނިވަސިޓީ - ނިއުޒިލޭންޑް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]