ޢަލީ ޝަމީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޢަލީ ޝަމީމް އަކީ ނިއުޒިލޭންޑްގެ އިންޓަނޭޝަނަލް ގްލޯބަލް ޗޭންޖް އިންސްޓިޓިއުޓް ގައި އިންޓަނޭޝަނަލް އެންވައިރޮމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޢަލީ ޝަމީމަކީީ ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ ރައީސެވެ. ޑރ. ޢަލީ ޝަމީމަށް 2015 ވަނަ އަހަރު ވަނީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމަޢާއި ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުމާއި، ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.