Jump to content

އަޙްމަދު ޒާހިރު ޢަލީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. އަޙްމަދު ޒާހިރު ޢަލީ
ޑރ. އަޙްމަދު ޒާހިރު ޢަލީ، 2018
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް)
މަޤާމުގައި
17 ނޮވެންބަރު 2018 – 17 ނޮވެންބަރު 2023
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ކުރިން ހުންނެވީއަޙްމަދު ޒިޔާދު ބާޤިރު
ފަހުން ވަޑައިގަތީ
ސިޔާސީ ޕާޓީޢަދާލަތު ޕާޓީ
މަތީތަޢުލީމުއިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ
ޖާމިޢާ ދާރުއްސަލާމް (އިންޑިޔާ)

ޑރ. އަޙްމަދު ޒާހިރު ޢަލީއަކީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު އެ މަޤާމު އަދާކުރެއްވީ 17 ނޮވެންބަރު 2018 އިން 16 ނޮވެންބަރު 2023 އަށެވެ. މިނިސްޓަރުކަމަށް އައްޔަންކުރެއްވިއިރު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

ޑރ. އަޙްމަދު ޒާހިރު ޢަލީ ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ 1997ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި އުޞޫލުއްދީންގެ ރޮނގުންނެވެ. މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ 2008ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހާއި އުޞޫލުލްފިޤްހުންނެވެ. 2016ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ޙާޞިލުކުރެއްވިއެވެ. މީގެއިތުރުން އިންޑިއާގެ ޢުމަރުއާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުގައި ވެސް ކިޔަވައި ވިދާޅުވެފައިވެއެވެ.