Jump to content

މަރްޔަމް މާރިޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޑރ. މަރްޔަމް މާރިޔާއަކީ ދިވެހި ދައުލަތުގެ ދެ ވުޒާރާއެއްގެ ވަޒީރުކަން ކުރައްވައިފައިވާ ބޭކަނބަލެކެވެ.

ޑރ. މަރްޔަމް މާރިޔާ ވަނީ 1998ވަނަ އަހަރު ސިންގަޕޫރުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ޓީޗިންގ އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް (ޓީ.އީ.އެސް.އެލް) އިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އަދި ހަމަ އެ ދާއިރާއިން މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ 2012ވަނަ އަހަރު ނިއުޒީލޭންޑުގެ މޭއްސީ ޔުނިވަރސިޓީގައި އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިންނެވެ.

ޑރ. މާރިޔާ ވަނީ ދިވެހިރާއްޖޭގެ އިތުރުން، ނިއުޒީލެންޑާ، އޮސްޓްރޭލިއާއާ، އިނގިރޭސިވިލާތުގެ އެކި ޔުނިވަރސިޓީތަކުގައި މަސައްކަތްކުރައްވައިފައެވެ. ރާއްޖޭގައި އެ ކަމަނާ ވަނީ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާއި، ވިލާ ކޮލެޖާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ވެސް މަސައްކަތްކުރައްވައިފައެވެ. ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމާއި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމު އެ ކަމަނާ އަދާކުރައްވައިފައިވެއެވެ.