ޢަލީ ޝަރީފް،ހިތަދޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ ޢަލީ ޝަރީފް،ހިތަދޫ

ޑރ ޢަލީ ޝަރީފް (ސ.ހިތަދޫ / ކައްބާބުގެ ) އަކީ އެންވައިރަމެންޓަލް ކެމިސްޓްރީ އިން އޮސްޓްރޭލިޔާގެ ލާ ޓްރޯބް ޔުނިވަސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަލީ ޝަރީފަކީ އެންވައިރޮމެންޓަލް ބައޯޖިއޯކެމިސްޓްރީ ޕްރޮގްރާމް ގައި ހިމެނޭ ޓްރޭސް އޯގަނިކްސް އެންޑް ރިސްކް އެސެސްމެންޓް ރިސާރޗް ގުރޫޕް ގައި ހިމެނޭ ރިސާރޗް ސައިންޓިސްޓް (ޕޯސްޓް ޑޮކްޓޯރަލް ފެލޯ) އެކެވެ. ޑރ ޢަލީ ޝަރީފަކީ އޯގަނިކް އެނަލިޓިކަލް ކެމިސްޓްރީ އަދި އެންވައިރޮމެންޓަލް ކޮންޓަމިނޭޝަން އެންޑް ރިމީޑިއޭޝަން ގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. އެންވައިރޮމެންޓަލް އެނަލިޓިކަލް ކެމިސްޓްރީ ޕީއެޗްޑީ ޙާޞިލް ކުރެއްވުމަށްފަހު ޑރ ޢަލީ ޝަރީފް ސީސިރޯ އާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. މާސް ސްޕެކްޓްރޯމެޓްރީ އަދި ކްރޮމަޓޮގްރަފީ އާއި ބެހޭ ވަރަށް ފުޅާ ދާޢިރާއަކަށް މައުލޫމާތު ޑރ ޢަލީ ޝަރީފް ހޯއްދަވާފައި ވެއެވެ. ޑރ އަލީ ޝަރީފްގެ ރިސާރޗް ނުވަތަ ހޯދުންތައް ބޮޑަށް ބިނާކޮށްފައިވަނީ ތަފާތު އޯގަނިކް ކޮންޓެމިނެންޓްތަކުގެ މައްޗަށެވެ. އެގޮތުން ޕާސަނަލް ކެއަރ ޕްރޮޑަކްޓްސް، ފާމަސޫޓިކަލްސް، އަދި އެންޑަކްރިން ޑިސްރަޕްޓިންގ ކެމިކަލް ތަކުގެ މައްޗަށް ޑރ ޢަލީ ޝަރީފްގެ ދިރާސާތައް ޚާއްޞަ ކުރެއްވި އެވެ.


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]