ޙަސަން ސަޢީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ޑރ. ހަސަން ސަޢީދު
Dr. Hassan Saeed
ހަސަން ސަޢީދު
އުފަން ތާރީޚް ފޭދޫ (އައްޑުއަތޮޅު)
Nationality Maldivian
ތައުލީމް ހާސިލްކުރީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (މެލޭޝިޔާ)

ޑރ. ޙަސަން ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު ފޭދޫ ގައެވެ. ޑރ. ހަސަން ސަޢީދު ޤާނޫނީ ދާއިރާއިން "ބެޗެލަރ އޮފް ލޯސް" ޙާޞިލް ކުރެއްވީ 1995 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު ހަމަ އެޔުނިވަރސިޓީއިން 1997 ވަނަ އަހަރު ކޮމްޕެރެޓިވް ލޯސްއިން މާސްޓަރސް ނެންގެވިއެވެ. ޕީ.އެޗް.ޑީ ޙާޞިލްކުރެއްވީ 2003 ވަނައަހަރު، ފްރީޑަމް އޮފް ސްޕީޗްގެ މައްޗަށް އޮސްޓރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑްއިންނެވެ.

1999 ވަނަ އަހަރު ކުއިންސްލެންޑް ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ކޯޕަރޭޝަން ލޯސްގެ ކިލާސް ތަކަކަށް ކިޔަވާ ދެއްވިއެވެ. އަދި އެއަށްފަހު 2001 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީގައި އިސްލާމިކް ލޯގެ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. މީގެ އިތުރުން ޑރ. ޙަސަން ސަޢީދަކީ 2001 ވަނަ އަހަރު ކުއިންސްލަންޑް ޔުނިވަރސިޓީގެ ސްކޫލް އޮފް ލޯއަށް "އިންޓްރޮޑަކްޝަން ޓު އިސްލާމިކް ލޯ" ގެ ނަމުގައި ކޯހެއް ތަޢާރަފް ކޮށްދެއްވި އެންމެ އިސް މޭސްތެރިއާއެވެ. އަދި އަންޑަރގްރެޖުއޭޓް އާއި ޕޯސްޓްގްރެޖުއޭޓް ފެންވަރަށް އެކޯހުގެ ކޯސް އައުޓްލައިން އެކުލަވާލެއްވިއެވެ. 2002 ވަނަ އަހަރު ޑރ. ޙަސަން ސަޢީދު ޔުނިވަރސިޓީ އޮފް މެލްބަރންގެ ޑިޕާޓްމަންޓް އޮފް އަރަބިކް އެންޑް އިސްލާމިކް ސްޓަޑީސް އަށް މެތަޑޮލޮޖީ އޮފް އިސްލާމިކް ލޯ (ޕޯސްޓްގްރެޖުއެޓް ފެންވަރު)ގެ ކޯސް އައުޓްލައިން އެކުލަވާލެއްވިއެވެ.

ޑރ. ޙަސަން ސަޢީދު އެންމެ ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1997 ވަނަ އަހަރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސްޓޭޓް އެޓާރނީއެއްގެ މަޤާމުގައެވެ. 2003 ވަނަ އަހަރު ޕީ އެޗް ޑީ ނެންގެވުމަށްފަހު ރާއްޖެ އެނބުރި ވަޑައިގެން ޖިނާއީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމް އަދާކުރެއްވިއެވެ. އަދި 11 ނޮވެމްބަރ 2003 އިން ފެށިގެން އޯގަސްޓު 2007 އަށް ދިވެހި ރާއްޖޭގެ ބަންޑާރާ ނައިބުކަން ކުރައްވާފައި ވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމާއި، ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ޗެއަރ ޕަރސަންކަމުގެ މަޤާމުގެ އިތުރުން ޑރ. ޙަސަން ސަޢީދަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެކެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ފައުންޑަރ މެމްބަރެކެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސަސް ކޮމިޝަނާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެވެސް މެމްބަރެކެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ދިވެހިރާއްޖެއަށް ނިސްބަތްވާ އެލުމްނައި އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ. ޑރ. ހަސަން ސަޢީދަކީ އޯޕަން ސޮސައިޓީ އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރެކެވެ.

ޑރ.ޙަސަން ސަޢީދަކީ ކުއީންސްލަންޑްގެ ސުޕްރީމް ކޯޓާއި އޮސްޓްރޭލިއާގެ ހައި ކޯޓުގެ ބެރިސްޓަރ- އެޓް- ލޯ އެކެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ތަފާތު ފޯރަމްތަކަށް ޑރ. ސައީދުވަނީ އިންސާނީ އަސާސީ ޙައްޤުތަކާ ބެހޭގޮތުން، ޚާއްޞަކޮށް ވާހަކަދެއްކުމަށް ލިބިގެންވާ މިނިވަންކަމުގެ މައްޗަށް ގިނަ ގުނަ ކަރުދާސްތަކެއް ހުށަހަޅުއްވާފައެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]