Jump to content

އަޙްމަދު މުޙައްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. އަޙްމަދު މުޙައްމަދު
އަޙްމަދު މުޙައްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މަޤާމާ ހަވާލުވެވަޑައިގަތީ
21 ނޮވެންބަރު 2023
ރައީސްމުޙައްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
މަތީތަޢުލީމުޔުނިވަރސިޓީ މަލާޔާ، މެލޭޝިޔާ
އިނާމުތައްމަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2022

ޑރ. އަޙްމަދު މުޙައްމަދު ވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ މަލާޔާއިން 2021ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ޙާޞިލުކުރައްވައިފައެވެ. ޑރ. އަޙްމަދު މުޙައްމަދު ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ވެލިޑޭޝަން އޮފް އެން އިންސްޓްރުމެންޓް ފޮރ މެޝަރިންގ އިންޓަރގްރޭޓެޑް ޕްރިންސިޕަލް ލީޑަރޝިޕް ޕްރެކްޓިސަސް" އާޓިކަލް ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވެއެވެ.

ޑރ. އަޙްމަދު މުޙައްމަދުގެ ޕީއެޗްޑީ ތީސީސް ބިނާކުރައްވައިފައިވަނީ، އިންޓަރގްރޭޓެޑް ލީޑަރޝިޕް ބޭނުންކޮށްގެން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ފަންނީ އުނގެނުމާއި އުނގަންނައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރެވިދާނެ، ދިވެހިރާއްޖޭގެ މާޙައުލަށް އެކަށީގެންވާ މޮޑެލްއެއް ގެނެސްދިނުމަށެވެ. މި ތީސީސްގެ މައިގަނޑު ސުރުޚީއަކީ، "މީޑިއޭޓިންގ އިފެކްޓް އޮފް ޓީޗަރ ލީޑަރޝިޕް، ޓްރަސްޓް، ސެލްފް-އެފިކަސީ އެންޑް ލަރނިންގ ގޯލް އޮރިއެންޓޭޝަން އޮން ދަ ރިލޭޝަންޝިޕް ބިޓްވީން ޕްރިންސިޕަލް ލީޑަރޝިޕް އެންޑް ޓީޗަރ ޕްރޮފެޝަނަލް ލަރނިންގ އިން މޯލްޑިވްސް ޕަބްލިކް ސްކޫލްސް" އެވެ.

ޑރ. އަޙްމަދު މުޙައްމަދު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.

ޑރ. އަޙްމަދު މުޙައްމަދު ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ވެލިޑޭޝަން އޮފް އެން އިންސްޓްރުމެންޓް ފޮރ މެޝަރިންގ އިންޓަރގްރޭޓެޑް ޕްރިންސިޕަލް ލީޑަރޝިޕް ޕްރެކްޓިސަސް" އާޓިކަލް ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ، 2022ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.