ޙަސަން ޙަމީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޙަސަން ޙަމީދު އަކީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަންގެ ކުރީގެ ރެކްޓަރ އެވެ. 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން އުފެދުނުއިރު އެތާގެ ރެކްޓަރގެ މަގާމްގައި ހުންނެވީ އެބޭފުޅާއެވެ. މިހާރު އެބޭފުޅާ ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ. ޑރ ޙަސަން ޙަމީދު ޕީއެޗްޑީ ޙާޞިލްކޮށްފައިވަނީ ނިއުޒީލެންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގައި، ކްރިޓިކަލް ތިންކިންގގެ ރޮނގުންނެވެ. ޑރ ޙަސަން ޙަމީދަށް ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2000 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ބޭރުގެ ލިންކުތައް[އުނިއިތުރު ގެންނަވާ]