މުޙައްމަދު ޝިހާމް އާދަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ މުޙައްމަދު ޝިހާމް އާދަމް

ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ހައްދެވިއިރު ތީސެސިސް ލިޔުއްވި މައުޟޫއަކީ ޕޮޕިއުލޭޝަން ޑައިނަމިކްސް އެންޑް އެސެސްމަންޓް އޮފް ސްކިޕްޖެކް ޓޫނާ އިން ދަ މޯލްޑިވްސްނުވަތަ ދިވެހި ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަޅުބިލަ މަސްމިމައުޟޫ އަށެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ހެއްދަވާފައިވަނީ ކޮންޓިޓޭޓިވް ފިޝަރީޒް އެސެސްމެންޓް އެންޑް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް އަކީ ހއ. ކެލައަށް އުފަން ބޭފުޅެކެވެ.

ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ ސެޕްޓެމްބަރު 1996ން ޑިސެމްބަރު 1999 އަށް އިގިރޭސި ވިލާތުގެ އިމްޕީރަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން ގައެވެ. އެއްކޮށް ފޮތް ލިޔުއްވައި ނިމި ޕީއެޗްޑީ ޙާޞިލްކުރެއްވީ ސެޕްޓެމްބަރު 2003 ގައެވެ.ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ހެއްދެވުމަށްފަހު 3 އަހަރު ދުވަސް ވަންދެން އެމެރިކާގެ ޔުނިވަސިޓީ އޮފް ހަވާއީގައި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ދިރާސާތައް ކުރައްވައި ތަޖުރިބާތައް ހޯއްދަވާފައި ވެއެވެ.

ޑރ މުޙައްމަދު ޝިހާމް އާދަމް ފުރަތަމަ ޑިގްރީ ހެއްދެވީ އިގިރޭސި ވިލާތުގެ ނިއު ކާސަލް ގައެވެ. މާސްޓާރސް ހެއްދެވީ ވޭލްސް ގައެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ދަށުން ހިންގަވާ މެރިން ރިސާރޗް ސެންޓަރުގެ ޑިރެކްޓަރެއްގެ ވަޒީފާގައެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައެވެ. ސަރުކާރުން ދެއްވާ ޚާއްޞަ އިނާމް 2003 ވަނަ އަހަރު ޑރ މުޙައްމަދު ޝިހާމް އާދަމް ލިބިލައްވާފައި ވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]