Jump to content

މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް
މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް، 2023
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް
މަޤާމާ ހަވާލުވެވަޑައިގަތީ
21 ނޮވެންބަރު 2023
ރައީސްމުޙައްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން
މަޤާމުގައި
2015–2023
ފަހުން ވަޑައިގަތީ
ޑރ. މުޙައްމަދު ޢައްފާން ޝާފިޢީ
މަތީތަޢުލީމުއިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ
އޭޝިޔާ އީ ޔުނިވަރސިޓީ
އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް

ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމަކީ ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅެކެވެ.

ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ޤާނޫނީ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. ހަމަ އެ ޔުނިވަރސިޓީގައި ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވިއެވެ. އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސްގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގުރީ ޙާޞިލުކުރައްވައިފައިވެއެވެ. މީގެއިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޭޝިޔާ އީ ޔުނިވަރސިޓީގައި މާސްޓަރސް ޑިގުރީއެއް ހައްދަވައިފައިވެއެވެ.

ޑރ. މުޙައްމަދު ޝުޖާޢު ޕީއެޗްޑީ ހާސިލުކުރެއްވީ ޤާނޫނީ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. ޕީއެޗްޑީ ހެއްދެވި އިރު ޚާއްޞަވެވަޑައިގެންފައިވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށެވެ.

ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން 2015ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރުގެ ނިޔަލަށް ކުރައްވައިފައެވެ. އަދި ދިވެހިރާއްޖެ އާއި މެލޭޝިޔާގެ މަތީ ތަޢުލީމު ދޭ ބައެއް މުއައްސަސާތަކުގައި ލެކްޗަރަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް މިހާރު ހުންނެވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް އެ މަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.