ހައުލަތު މުޙައްމަދުދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުޙައްމަދުދީދީ 2008 ވަނަ އަހަރު

ޑރ ހައުލަތު މުޙައްމަދުދީދީ (އާޒާދުގެ / ޏ.ފުވައްމުލައް )އަކީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގައި ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. މިހާރު ވެސް ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީގައެވެ. ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ 2003 ން 2007 އަށެވެ. 2004ން ފެށިގެން ހައުލަތު ދިރިއުޅެމުން ގެންދަނީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ގައެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ރަށްވެހިކަން ލިބިފައިވާ ފަރާތެއް ވެސް މެއެވެ. ހައުލަތު މަސައްކަތް ކުރައްވަނީ ސެކަންޑަރީ ޓީޗިންގ އެސިސްޓެންޓެއްގެ ގޮތުންނެވެ.

ތަޢުލީމީ ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

  • 2007 - ޕީއެޗްޑީ - ޕޮލިޓިކަލް ސައިންސް އިން - މެންޗެސްޓަރ ޔުނިވަސިޓީ - އިގިރޭސި ވިލާތް
  • 2001 - މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް - ލާޓްރޯބް ޔުނިވަސިޓީ - އޮސްޓްރޭލިޔާ
  • 2000 - ބެޗްލާރސް އޮފް އެޑިޔުކޭޝަން ވިތު އޮނަރސް - ލާޓްރޯބް ޔުނިވަސިޓީ - އޮސްޓްރޭލިޔާ
  • 1999 - ބެޗްލާރސް އޮފް ޓީޗިންގ ވިތު ޑިސްޓިންކްޝަން - ލާޓްރޯބް ޔުނިވަސިޓީ - އޮސްޓްރޭލިޔާ
  • 1996 - ޑިޕްލޮމާ އިން މިޑްލް ސްކޫލް ޓީޗިންގ - ފެކަލްޓީ އޮފް އެޑިޔުކޭޝަން - މޯލްޑިވްސް ކޮލެޖް ފޮރ ހަޔަ އެޑިޔުކޭޝަން - ދިވެހިރާއްޖެ
  • ސާނަވީ ތައުލީމް - މާލޭ އިންގްލިޝް ސްކޫލް - ދިވެހިރާއްޖެ

ޏ. ފުވައްމުލަކު ދަނޑިމަގު އަވަށު އާޒާދުގޭ ޑރ ޙައުލަތު މުޙައްމަދު ދީދީ އަކީ މިހާރު މެންޗެސްޓަރ ޔުނިވަސިޓީގައި ބިޒިނަސް ކޮމިޔުނިކޭޝަން ލެކްޗަރަރ އެއްގެ ގޮތުން މަސައްކަތްކުރައްވާ ބޭކަނބަލެކެވެ. އާއިލާ އާއި އެކު އިގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ގައި ދުވަސްތައް ހޭދަކުރަމުން ގެންދާ ޑރ ޙައުލަތު މުޙައްމަދުވަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން 2005 ން 2008 އަށް މެންޗެސްޓަރ ޔުނިވަސިޓީ ގައި ޑޮކްޓަރ އޮފް ފިލޯސަފީ ފުރިހަމަ ކުރައްވާފައެވެ. ޑރ ހައުލަތު ގެ ފިރިކަލަކީ ޢަބުދުﷲ ސަމީރު އެވެ.

ޑރ ޙައުލަތު މުޙައްމަދު ތަޢުލީމީ ޙަޔާތް ފެށިގެންއައީ މާލޭ އިންގްލިޝް ސުކޫލުންނެވެ. އާދެ ސާނަވީ ތަޢުލީމު މާލޭ އިންގްލިޝް ސުކޫލުން ފުރިހަމަކުރުމަށްފަހު 1991 ވަނަ އަހަރު އިންސްޓިޓިއުޓް ފޮރ ޓީޗަރ ޓްރޭނިންގ ގައި ސެޓްފިކެޓް އޮފް އިންގްލިޝް ޓީޗިންގ ފުރިހަމަ ކުރެއްވި އެވެ. އޭގެ ފަހުން 1996 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަން ގައި ޑިޕްލޮމާ އިން މިޑްލް ސްކޫލް ޓީޗިންގ ( އިގިރޭސި ބަސް، ސޯޝަލް ސްޓަޑީޒް ) ފުރިހަމަ ކުރެއްވި އެވެ.

1999 ވަނަ އަހަރު އޮސްޓްރޭލިޔާގެ ވިކްޓޯރިޔާގައި ހުންނަ ލާ ޓްރޯބް ޔުނިވަސިޓީގައި ބެޗްލާރސް އޮފް ޓީޗިންގ ފުރިހަމަ ކުރެއްވި އެވެ. މިއީ ޕްރައިމަރީ އަދި ސެކަންޑަރީ އިންގްލިޝް ލޭންގްއޭޖް އަދި ސޯޝިއޮލޮޖީ ޓީޗިިންގ އިން ޑިސްޓިންކްޝަން އާއެކު ފުރިހަމަ ކުރެއްވި ޑުއަލް ޑިގްރީ އެކެވެ. މިކޯހުން ހޯދި ފުރިހަމަ ނަތީޖާ އާއި ގުޅިގެން ޑރ ޙައުލަތު މުޙައްމަދު ދީދީ އަށް ލާޓްރޯބް ޔުނިވަސިޓީ އިން 2 އެވޯޑެއް ލިބިފައި ވެއެވެ. އެއީ ސްޕެޝަލް ކޮމެންޑޭޝަން އެވޯޑް ފޮރ އެކަޑަމިކް އެކްސެލެންސް އަދި ބެސްޓް ފީމޭލް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑް އެވެ.

2000 ވަނަ އަހަރު އޮސްޓްރޭލިޔާގެ ލާޓްރޯބް ޔުނިވަސިޓީގައި ސުކޫލް ބޭސްޑް މެނޭޖްމަންޓް އިން ބެޗްލާރސް އޮފް އެޑިޔުކޭޝަން އަޕަރ ފަސްޓް ކްލާސް އޮނަރ އާއި އެކު ފުރިހަމަ ކުރެއްވި އެވެ. ހަމަ އެއަހަރު އޮސްޓްރޭލިޔާގެ ނޭޝަނަލް ގޯލްޑަން ކީ އޮނަރސް ސޮސައިޓީގެ މެންބަރުކަން ޑރ ޙައުލަތު އަށް ލިބިވަޑައިގެންނެވި އެވެ. 2001 ވަނަ އަހަރު އޮސްޓްރޭލިޔާގެ ލާޓްރޯބް ޔުނިވަސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރސް އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރެއްވި އެވެ.

2005 ން 2008 އަށް އިގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގައި ޕޮލިޓިކަލް ސައިންސްގެ ރޮނގުން ޑރ ޙައުލަތު މުޙައްމަދުދީދީ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރެއްވި އެވެ. 2007 ވަނަ އަހަރު ގަވަރނެންސް، ރިޕްރެޒެންޓޭޝަން އެންޑް ޕޮލިސީ (ޖީއާރުޕީ) ރިސާރޗް މެންބަރު ކަން މެންޗެސްޓަރ ޔުނިވަސިޓީ އިން ލިބިވަޑައިގެންނެވި އެވެ.

ޑރ ޙައުލަތު މުޙައްމަދު ދީދީގެ އެހެން ކާމިޔާބީތަކަށް ބަލާއިރު 1997 ވަނަ އަހަރު އޮސްޓްރޭލިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވި ސްކޮލަރޝިޕް ކާމިޔާބު ކުރެއްވުމުގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން އިއުލާންކުރި ސެކަންޑަރީ އެޑިޔުކޭޝަން ޕްރޮޖެކްޓް ސްކޮލަރޝިޕް ކާމިޔާބުކުރުން ފާހަގަ ކޮށްލެވެއެވެ. އަދި ވިލާ ފައުންޑޭޝަން ގެ ފަރާތުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ލިބިފައި ވެއެވެ.

ޑރ ޙައުލަތު މުޙައްމަދު ދީދީގެ މަސައްކަތު ތަޖުރިބާއަށް ބަލާއިރު 1990 ން 2004 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ސުކޫލްތަކުގައި މެދުމަދަރުސީ އިގިރޭސި އަދި ސޯޝަލް ސްޓަޑީޒް ކިޔަވައި ދިނުމުގެ އިތުރުން ، ސާނަވީ ގްރޭޑް ތަކަށް އިގިރޭސި ބަސް އުގަންނައި ދީފައި ވެއެވެ. އަދި ސުކޫލް ބޯޑްގެ މެންބަރުކަމާއި، އިގިރޭސި ޑިޕާޓްމަންޓްގެ ހެޑްކަން ކޮށްފައި ވެއެވެ.

2000 ވަނަ އަހަރު އޮސްޓްރޭލިޔާގެ ބެންޑިގޯ ސީނިއަރ ސެކަންޑަރީ ސްކޫލްގައި ހިސްޓްރީ ރިސޯސް ޓީޗަރެއްގެ މަގާމް ފުރުއްވާފައި ވެއެވެ. 2004 ން 2009 އަށް އިގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީގެ ހައި ސްޓްރީޓް ގައި ހުންނަ މާރކްސް އެންޑް ސްޕެންސަރ ގެ ސޭލްސް އެޑްވައިޒަރ އަދި ޓީމް ކޯޑިނޭޓަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. 2005 ވަނަ އަހަރު ޓީޗިންގ އެސިސްޓެންޓް ޓްރޭނީ އެއްގެ ގޮތުން މެންޗެސްޓަރ ޔުނިވަސިޓީގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި މިހާރު 2009 ވަނަ އަހަރު ޑރ ޙައުލަތު މުޙައްމަދު ދީދީ މަސައްކަތް ކުރައްވަނީ ބިޒިނަސް ކޮމިޔުނިކޭޝަން ލެކްޗަރަރ އެއްގެ ގޮތުން މެންޗެސްޓަރ ޔުނިވަސިޓީގައެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]