މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު | |
|---|---|
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، 2023 | |
| އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް) | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ކުރިން ހުންނެވީ | އަޙްމަދު ޒާހިރު ޢަލީ |
| ފަހުން ވަޑައިގަތީ | |
މަޤާމުގައި 19 ފެބުރުވަރީ 2012 – 6 މޭ 2015 | |
| ރައީސް | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | ޢަބްދުލްމަޖީދު ޢަބްދުލްބާރީ |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު | |
މަޤާމުގައި 2016–2018 | |
| ކުރިން ހުންނެވީ | މުޙައްމަދު ޒާހިރު ޙުސައިން |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 28 މާރޗް 1977 މާމެންދޫ (ގއ. އަތޮޅު) ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ޢަދާލަތު ޕާޓީ (2005–2015) ، (2025 އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (2018–2025) |
| މަތީތަޢުލީމު | އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ |
| ވެބްސައިޓް | drshaheem.com |
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވެވަޑައިގަތީ 28 މާރިޗު 1977 ގައެވެ. އެ މަނިކުފާނަކީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ބޭފުޅެކެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި ކީރިތި ޤުރްއާން ހިތު ދަސްކުރެއްވުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އެއަށްފަހު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ދަށުގައި ހުންނަ މަޢުހަދުއްދިރާސާތިލްޚާޞާގައި ޢަރަބިބަސް އިތުރަށް އުނގެނިވަޑައިގަތެވެ. ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއްޝަރީޢާގައި ފިޤްހާއި އުޞޫލުލްފިޤްހުގެ ދާއިރާއިންނެވެ. އެއަށް ފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) (ޕީއެޗްޑީ) ޙާޞިލުކުރެއްވިއެވެ.
ޑރ. ޝަހީމް ޕީއެޗްޑީގެ ތީސީސް ލިޔުއްވީ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމާ ބެހޭ ގޮތުންނެވެ. މި ތީސީސްގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާއި ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚާއި ޒަކާތް ބެހުމުގައި ޢަމަލުކުރާ ގޮތްތަކާއި ޒަކާތާއި ޓެކްސްގައި ހުރި އެއްގޮތް ކަންތައްތަކާއި ތަފާތުތަކާއި ދިވެހިރާއްޖެ ފަދަ ޓެކްސް ނަގާ ދައުލަތެއްގައި ޓެކްސްއާ އެކު މުދަލު ޒަކާތް ނަގާނެ ގޮތާއި، ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ތަޖުރިބާތަކާއި ޒަކާތުގެ ޒަމާނީ ފިޤްހީ ފަލްސަފާތަކާއި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ދައުލަތުގައި ޤާއިމު ކުރާނެ ގޮތުގެ އިތުރުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ޤާނޫނެއްގެ ދަށުން ޤައުމީ ފެންވަރުގެ މުއައްސަސާއެއް އުފައްދުމާ ގުޅޭ އުންމީދީ ތަޞައްވުރެއް ވެސް ހުށަހަޅުއްވައިފައިވެއެވެ. މި ތީސީސް ޕަބްލިޝްކުރުމަށް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރިކޮމެންޑް ކޮށްފައިވެއެވެ.
ޑރ. ޝަހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި، އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެ ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ގަވަރުނަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެންބަރުކަމާއި، ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އެލަމްނައި ލީޑަރޝިލް އެވޯޑް (އައިއައިޔޫއެމް ޓޯކޯ އެވޯޑް) 2021ވަނަ އަހަރު ޑރ. ޝަހީމަށް އަރުވައިފައިވެއެވެ. މި އެވޯޑަކީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތާއި ލީޑަރޝިޕްގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުނިވަރސިޓީއިން އަރުވާ މަތީ އެވޯޑެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމުގައެވެ. އަދި އެމަނިކުފާނަކީ ރާބިޠަތުލްޢާލަމިލްއިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.