Jump to content

ޢަބްދުއްޞަމަދު ޢަބްދުﷲ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ ޢަބުދުއް ޞަމަދު ޢަބުދުﷲ އިން)
ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ
ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ، 2012
ޚާރިޖީ ވަޒީރު (މިނިސްޓަރ އޮފް ފޮރިން އެފެއާޒް)
މަޤާމުގައި
5 މާރިޗު 2012  25 އޮގަސްޓު 2013
ރައީސްޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ކުރިން ހުންނެވީއަޙްމަދު ނަސީމް
ފަހުން ވަޑައިގަތީ
ޑރ. ޢާޞިމް އަޙްމަދު (ވަގުތީ ގޮތުން)
ޑރ. މަރްޔަމް ޝަކީލާ (ވަގުތީ ގޮތުން)
ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު
މަޤާމުގައި
2008–2012
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
މުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ފަހުން ވަޑައިގަތީ
އުފަންވީ1946
އަވަހާރަވީ25 އޮގަސްޓު 2013
މައުންޓް އެލިޒަބަތު ހޮސްޕިޓަލް، ސިންގަޕޫރު
ދަރިން3

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ (ހ.ހުވަދޫ) އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވާޒީރުކަން މީގެ ކުރިން ވަނީ އަދާކުރައްވައިފައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައެވެ. ސަރުކާރުގެ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ، 1970ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16ވަނަ ދުވަހު ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އޮފް ނޭޝަނަލް ހެލްތު ސަރވިސަސް ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ. 1989 އޮގަސްޓު 20ވަނަ ދުވަހު އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޚިދުމަތްކުރައްވަމުން ގެންދެވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) ގައެވެ. ޑަބްލިޔޫއެޗްއޯގެ ވަރަށް މުހިންމު މަޤާމުތަކެއް އެ މަނިކުފާނު ފުރުއްވައިފައިވެއެވެ. އެންމެފަހުން އެ މަނިކުފާނު ހުންނެވީ، ނިއުދިއްލީގައި ހުންނަ ޑަބްލިޔޫއެޗްއޯގެ ސަރަޙައްދީ އޮފީހުގެ ކޯޑިނޭޓަރ އޮފް ކޮމިއުނިކެބްލް ޑިޒީޒަސްގެ މަޤާމުގައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ، ޑަބްލިޔޫއެޗްއޯގައި ޚިދުމަތްކުރެއްވުމަށް ފަހު، އަލުން ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 2008 ޖޫން 3ވަނަ ދުވަހުއެވެ. ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކަމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ މި ތާރީޚުގައެވެ. 2009 ނޮވެންބަރު 23ވަނަ ދުވަހު ވަޒީފާއިން ވަކިވެވަޑައިގަތުމަށް ފަހު، ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް އެމަނިކުފާނު ޢައްޔަންކުރެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، 2012 މާރިޗު 5ވަނަ ދުވަހުއެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވީ ކިޑުނީއާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް 2013ވަނަ އަހަރުގެ އޮގަސްޓު މަހުގެ 25ވަނަ ދުވަހު ރާއްޖެ ގަޑިން 1:05 (ސިންގަޕޫރު ގަޑިން 4:05) ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ފަސްދާނުލީ އެ ދުވަހުގެ މެންދުރު ނަމާދަށް ފަހު، ރާއްޖެ ގަޑިން 11 ޖެހިއިރު (ސިންގަޕޫރު ގަޑިން މެންދުރު ފަހު 2 ޖެހިއިރު) ސިންގަޕޫރުގެ ޗޮއާ ޗޫ ކަންގް ޤަބުރުސްތާނުގައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ގެ ހަނދާނަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" 2013ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5ވަނަ ދުވަހު ވަނީ އަރުވައިފައެވެ.