Jump to content

ޙުސައިން ރަޝީދު ޙަސަން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. ޙުސައިން ރަޝީދު ޙަސަން
ޙުސައިން ރަޝީދު ޙަސަން، 2018
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މަޤާމުގައި
5 މޭ 2021  17 ނޮވެންބަރު 2023
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ކުރިން ހުންނެވީޒަހާ ވަޙީދު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް އެންވަޔަރަމަންޓް
މަޤާމުގައި
17 ނޮވެންބަރު 2018  5 May 2021
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ކުރިން ހުންނެވީޠާރިޤު އިބްރާހީމް
ފަހުން ވަޑައިގަތީ
އާމިނަތު ޝައުނާ
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މަޤާމުގައި
2008–2013
ރައީސްމުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ފަހުން ވަޑައިގަތީ
ސިޔާސީ ޕާޓީޖުމްހޫރީ ޕާޓީ
މަތީތަޢުލީމުއޮސްޓްރޭލިއަން މެރިޓައިމް ކޮލެޖު
ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތު
އިނާމުތައްސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2002

ޑރ. ޙުސައިން ރަޝީދު ޙަސަނަކީ މަސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހައްދަވައިފައިވާ ބޭފުޅެކެވެ.

ޑރ. ޙުސައިން ރަޝީދު ޙަސަން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ފިޝަރީޒް ސައިންސެސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން މެރިޓައިމް ކޮލެޖުގައެވެ. ޑިސްޓިންކްޝަނާ އެކު މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ ފިޝަރީޒް އިކޮނޮމިކްސްގެ ދާއިރާއިންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ވެސް މަސްވެރިކަމުގެ ދާއިރާ (އިންޓަރނޭޝަނަލް ޕްރޮޑަކްޝަން އެންޑް ޓްރޭޑް އިން ޕްރިންސިޕަލް މާކެޓް އޮފް ޓޫނާސް) އިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުގި 2001ވަނަ އަހަރުގައެވެ.

ޑރ. ޙުސައިން ރަޝީދު ޙަސަން ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1986ވަނަ އަހަރުގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައްޔާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، އެމްޕްލޮއިމަންޓް އެންޑް ލޭބަރގައި މަސައްކަތްޕުޅުކުރައްވައިފައިވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، 2008ވަނަ އަހަރު ޤާނޫނުއަސާސީ އިޞްލާޙުކުރި މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން ކުރައްވައިފައިވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި (2008ވަނަ އަހަރުން 2013ވަނަ އަހަރަށް) މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ޑރ. ޙުސައިން ރަޝީދު ޙަސަން ހުންނެވިއެވެ.

1997ވަނަ އަހަރުން ފެށިގެން 2001ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތުގެ ރިސަރޗަރއެއްގެ އިތުރުން ލެކްޗަރަރއެއްގެ މަޤާމު ޑރ. ޙުސައިން ރަޝީދު ޙަސަން އަދާކުރައްވައިފައިވެއެވެ. މީގެއިތުރުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ކޮލެޖު ކައުންސިލުގެ ރައީސްކަން 2011ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2013ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އަދާކުރައްވައިފައިވެއެވެ.

2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީގުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓްގެ މަޤާމަށް ޑރ. ޙުސައިން ރަޝީދު ޙަސަން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނަވަނިކޮށް 2021 މޭ 5ވަނަ ދުވަހު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް އެ މަނިކުފާނު ބަދަލުކުރެއްވިއެވެ.

ޑރ. ޙުސައިން ރަޝީދު ޙަސަން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ، 2002ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ.