ޑރ. މުޙައްމަދު އިބްރާހީމް
ޑރ. މުޙައްމަދު އިބްރާހީމް | |
|---|---|
ޑރ. މުޙައްމަދު އިބްރާހީމް | |
| ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމާ ހަވާލުވެވަޑައިގަތީ 8 ސެޕްޓެންބަރު 2020 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙު މުޙައްމަދު މުޢިއްޒު |
| އުއްތަމަ ފަނޑިޔާރު | އަޙްމަދު މުޢުތަޞިމް ޢަދުނާން ޢަބްދުލްޣަނީ މުޙައްމަދު |
| ފަހުން ވަޑައިގަތީ | |
| ޕްރިމިއަރ ޗެމްބަރސްގެ ޕާޓްނަރ، އެސޯސިއޭޓް، ސީނިއަރ އެސޯސިއޭޓް | |
މަޤާމުގައި 2007–2019 | |
| އިލެކްޝަންސް ކޮމިޝަންގެ ލީގަލް ކައުންސެލް | |
މަޤާމުގައި 2008–2011 | |
| މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ލީގަލް ކައުންސެލް | |
މަޤާމުގައި 2007–2008 | |
| އުފަންވީ | 9 އޭޕްރީލް 1975 ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
| މަތީތަޢުލީމު | އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އިސްލާމްއާބާދު ޔުނިވަރސިޓީ އޮފް ބަކިންގހަމް، އިނގިރޭސިވިލާތް ޔުނިވަރސިޓީ އޮފް މަލާޔާ މެލޭޝިޔާ |
ޑރ. މުޙައްމަދު އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1975ވަނަ އަހަރުގެ އެޕްރީލް މަހުގެ 9ވަނަ ދުވަހު ހދ. ކުޅުދުއްފުށްޓަށެވެ.
ޑރ. މުޙައްމަދު އިބްރާހީމް ވަނީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އިސްލާމްއާބާދުގައި ޑިޕްލޮމާ އިން އިސްލާމިކް ސްޓަޑީޒް 1995ވަނ އަހަރު ފުރިހަމަކުރައްވައިފައެވެ. އެއަށްފަހު ހަމަ އެ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އަދި ބެޗްލަރ އޮފް ލޯސް (އޮނަރސް) ޙާޞިލުކުރެއްވިއެވެ. އަދި އެ މަނިކުފާނު ވަނީ 2007ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން އިންޓަރނޭޝަނަލް އަދި ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް ޙާޞިލުކުރައްވައިފައެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ 2017ވަނަ އަހަރު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިންނެވެ. އެ މަނިކުފާނު ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 16 އަހަރު މަސައްކަތްކުރައްވައިފައެވެ.
ޑރ. މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކުގެ ތެރޭގައި ބުއަންގ، އޭ.އެޗް އެންޑް އިބްރާހީމް. އެމް (2018) "ބޭންކިންގ އެންޑް ފައިނޭންސް ލޯސް އިން ދަ މޯލްޑިވްސް އެންޑް ދަ އިމްޕެކްޓް އޮފް ޝަރީޢާ" ޖާނަލް އޮފް އިންޓަރނޭޝަނަލް ބޭންކިންގ ލޯ އެންޑް ރެގިއުލޭޝަން، 33(8),279-285 އާއި، އިބްރާހީމް، އެމް.، އެންޑް ބުއަންގ، އޭ. އެޗް (2018) އިބްރާހީމް، "މޯލްޑިވިއަން ލީގަލް ސިސްޓަމް: އިސްލާމިކް އިންފުލުއެންސް އެންޑް ލީގަލް ރިފޯމް" ޖާނަލް ޝަރީޢާ، 26(1), 71-98 އާއި، އިބްރާހީމް، އެމް. އެންޑް އަޙްމަދު ހިދާޔަތު ބުއަންގ "އެކޮމޮޑޭޓިންގ އިސްލާމިކް ޓެނެޓްސް ވިތް ލެސަންސް ލާންޓް ފްރޮމް މުސްލިމް ވޯލްޑް އިން މޯލްޑިވްސް ކޮމާޝަލް ލޯސް: އަ ލިޓްރޭޗަރ ރިވިއު" ޖާނަލް އޮފް ޝަރީޢާ ލޯ ރިސަރޗް 1، ނަންބަރު 1 (2015) އަދި އިބްރާހީމް، އެމް. އެންޑް އިރުޝާދުލްކަރީމް "ރިސަރޗް ގައިޑް ޓު ދި ލީގަލް ސިސްޓަމް އޮފް މޯލްޑިވްސް" ހޯސަރ ގްލޯބަލް ލޯ ސްކޫލް ޕްރޮގްރާމް، ނިއު ޔޯކް ޔުނިވަރސިޓީ، ގްލޯބަލްލެކްސް، ޔޫ.އެސް.އޭ. 2013 ހިމެނެއެވެ.
ޑރ. މުޙައްމަދު އިބްރާހީމަކީ މެލޭޝިޔާގެ ޗާރޓަޑް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްގެ ސީނިއަރ އެސޯސިއޭޓް މެންބަރެކެވެ. އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވައިދެއްވުމާއި، ޤާނޫނީ ދާއިރާއިން އެކި އެކި ދިރާސާތައް ހެއްދެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައިފައެވެ.
ޑރ. މުޙައްމަދު އިބްރާހީމް މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ފަނޑޔާރުކަމަށް ޢައްޔަންކުރެއްވި އިރު އެ މަނިކުފާނު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރަކަށެވެ.