ޢަބްދުﷲ މަޢުޞޫމް
ޑރ. ޢަބްދުﷲ މަޢުޞޫމް | |
|---|---|
ޢަބްދުﷲ މަޢުޞޫމް، 2020 | |
| މިނިސްޓަރ އޮފް ޓޫރިޒަމް | |
މަޤާމުގައި 6 އޮގަސްޓު 2020 – 17 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | ޢަލީ ވަޙީދު |
| ފަހުން ވަޑައިގަތީ | |
| ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު | |
މަޤާމުގައި 18 ފެބުރުވަރީ 2019 – 6 އޮގަސްޓު 2020 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | ޙަމްދޫން ޢަބްދުﷲ ޙަމީދު |
| ފަހުން ވަޑައިގަތީ | އިބްރާހީމް ޝަހީބު |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2009 – 28 މޭ 2014 | |
| ރައީސް | މުޙައްމަދު ނަޝީދު |
| މަޖިލީހުގެ ރައީސް | ޢަބްދުﷲ ޝާހިދު |
| ފަހުން ވަޑައިގަތީ | ޢަލީ ޢާރިފު |
| ދާއިރާ | ކެލާ ދާއިރާ |
| މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ | |
މަޤާމުގައި 29 އޮގަސްޓު 2008 – 11 ނޮވެންބަރު 2008 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | އަޙްމަދު ޢަބްދުﷲ |
| ފަހުން ވަޑައިގަތީ | މުޙައްމަދު އަސްލަމް |
| މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން | |
މަޤާމުގައި 15 ޖުލައި 2008 – 29 ސެޕްޓެންބަރު 2008 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | މަޙްމޫދު ޝައުޤީ |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 13 ފެބްރުއަރީ 1967 ހއ. ކެލާ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (7 އޮގަސްޓު 2023 އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ޖުމްހޫރީ ޕާޓީ (5 މޭ 2014 - 7 އޮގަސްޓު 2023) ދިވެހި ރައްޔިތުންގެ ޕާޓީ |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް އުލްސްޓާ ދަ ޔުނިވަރސިޓީ އޮފް ބާރމިންގހަމް |
ޑރ. ޢަބްދުﷲ މަޢުޞޫމަކީ ހއ. ކެލައަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ދަ ޔުނިވަރސިޓީ އޮފް ބާރމިންގހަމްގެ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި އާރބަން އެންޑް ރީޖަނަލް ސްޓަޑީޒުގެ ރޮނގުން 2004ވަނަ އަހަރު ޕީއެޗްޑީ ޙާޞިލުކުރައްވައިފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސްޓާގައި ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވައިފައިވެއެވެ. މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި އިންގްލެންޑް، ނޮދަން އަޔަރލެންޑް، ޖަރުމަނު، މެލޭޝިޔާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވެއެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ 2008ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވައިފައެވެ. އަދި، އެ މަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް ޚާރިޖީ ދާއިރާގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ މަޤާމު ވެސް ހިމެނެއެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް ދިވެހި ސަރުކާރުގައި އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމެވެ. އެ މަޤާމަށް ޑރ. މަޢުޞޫމް ޢައްޔަންކުރެއްވީ 2020 އޮގަސްޓު 6ވަނަ ދުވަހުއެވެ. ރައީސް ޞާލިޙްގެ ވެރިކަން 2023 ނޮވެންބަރު 17ވަނަ ދުވަހު ނިމުމާ ހަމައަށް އެ މަޤާމު އަދާކުރައްވައިފައިވެއެވެ.
ޑރ. ޢަބްދުﷲ މަޢުޞޫމް ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ، 2004ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ.