Jump to content

ޢިޞާމް މުޙައްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. ޢިޞާމް މުޙައްމަދު

ޑރ ޢިޞާމް މުޙައްމަދަކީ ކެނެޑާގެ ޑެލްހުސީ ޔުނިވަސިޓީގެ ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރާއި ގުޅި ވަޑާއިގެންނެވީ 1986 ފެބުރުވަރީ 22ވަނަ ދުވަހުއެވެ. ޑރ ޢިޞާމް މުޙައްމަދު އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ 1990ވަނަ އަހަރު ކެނެޑާގެ ކެންބަރާ ޔުނިވަސިޓީގައެވެ. 1992ވަނަ އަހަރު ހަމަ އެ ޔުނިވަސިޓީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑރ. ޢިޞާމް މުޙައްމަދު މާސްޓާރސް ފުރިހަމަ ކުރެއްވިއެވެ.

ޑރ. ޢިޞާމް މުޙައްމަދަށް 2004ވަނަ އަހަރު ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައެވެ.

ޑރ. ޢިޞާމް މުޙައްމަދު މިހާރު ހުންނެވީ މިނިސްޓަރުގެ ނާއިބު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓެރީގެ މަޤާމުގައެވެ.