ޝީމާ ސަޢީދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޝީމާ ސަޢީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ތަޢުލީމީ ދާއިރާއިން ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޝީމާ ސަޢީދު ފުރަތަމަ ޑިގްރީ ހެއްދެވީ އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވަސިޓީގައެވެ. މާސްޓާރސް ޑިގްރީ ހެއްދެވީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަސިޓީގައެވެ. ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީގައެވެ.

ޑރ ޝީމާ ސަޢީދު

އައްޑު އަތޮޅު ހުޅުމީދޫ އަށް އުފަން ޑރ ޝީމާ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. މާސްޓާރސް ޑިގްރީ އަށްފަހު އެބުރި ރާއްޖެ ގޮސް ޕީއެޗްޑީ ހެދުމުގެ ކުރިން ޑރ ޝީމާ ސަޢީދު ވަނީ ޓީޗަރެއްގޮތުން، ޓީޗަރ އެޑިޔުކޭޓަރ އަދި ކަރިކިއުލަމް ޑިވެލޮޕަރ އެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.

ޑޮކްޓަރ ޝީމާ ސަޢީދު އުފަންވީ 16 މެއި 1967 ގައެވެ. ބައްޕައަކީ ސ.މީދޫ ބްލޫމިންގ ސަޢީދު އިބްރާހީމް ދީދީ އެވެ. މަންމަ އަކީ ސ.މީދޫ އަސްރުމާގެ ފާތުމަތު ނަޖީބު އެވެ އިބްތިދާއީ ތަޢުލީމްގެ ބައެއް މަކްތަބުލް އަސްރިއްޔާގައި ފުރިހަމަ ކުރެއްވިއެވެ. ގުރުއާނާއި ޙަދީޘް ކިޔެވީ މާފަ މުޙައްމަދު ނަޖީބު އަރިހުންނެވެ. ޢިލްމް އުގެނުމުގެ މުހިންމުކަން ޝީމާގެ ސަމާލުކަމަށް ގެންނެވީ މުޙައްމަދު ނަޖީބެވެ. އާދެ! މާތް ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘުންނެވެ. " ސީނުކަރައިން ވިޔަސް ޢިލްމް އުގެނޭށެވެ މަކްތަބުލް އަސްރިއްޔާގެ ގްރޭޑް 4 ނިންމުމަށް ފަހު ޢުމުރުން 11 އަހަރުގައި މާލެ ފުރީ ތަޢުލީމީ ރޮގުން މަތީ ހަރުފަތް ތަކެއް ގިރާކުރުމުގެ ފޮނި އުއްމީދުގައެވެ

އީޕީއެސް އިން އިބްތިދާއީ ތަޢިލީމް ހާސިލް ކުރުމަށް ފަހު ޘާނަވީ ތަޢުލީމް ޙާސިލް ކުރީ އަމީނިއްޔާ ސްކޫލުންނެވެ. މަތީ ޘާނަވީ ތަޢުލީމް ނިންމެވީ ސައިންސް އެޑިޔުކޭޝަން ސެންޓަރުންނެވެ

މަތީ ތަޢުލީމް ޙާސިލް ކުރުމަށްޓަކައި އެންމެ ފުރަތަމަ ދިޔައީ އިގިރޭސިވިލާތަށެވެ. އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވާރސިޓީ އިން ބެޗްލަރ އޮފް އެޑިޔުކޭޝަން ޙާސިލް ކުރިއެވެ.މާސްޓަރ ޑިގްރީ އިން ސައިންސް އެޑިޔުކޭޝަން ފުރިހަމަ ކުރީ ނިވްޒީލޭންޑްގެ ޔުނިވާރސިޓީ އޮފް ވައިކަޓޯ އިންނެވެ

ޝީމާގެ ކިޔެވުމުގެ ދައުރު ނިމުނީ އޭނާ އުއްމީދު ކުރި ފަދައިން ތަޢުލީމުގެ އެންމެ މަތީ ހަރުފަތް ގިރާ ކުރުމަށް ފަހުއެވެ. އާދެ! ކެނެޑާގެ ޔުނިވާރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އިން ޕީއެޗްޑީ ( ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން ) ޙާސިލު ކުރުމަށްފަހުގައެވެ

ތަޢުލީމީ ދައުރު ނިންމުމަށްފަހު ޑޮކްޓަރ ޝީމާ ވަނީ ރަށަށާއި އަތޮޅަށާއި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައެވެ. މިގޮތުން އައްޑުއަތޮޅު ހިތަދޫގައި ހުންނަ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ކަރިކިއުލަމް ހަރުދަނާ ކުރުމުގެ މަސައްކަތާއި ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކޮށްފައި ވެއެވެ

ޑޮކްޓަރ ޝީމާ އަދާކުރި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ކަމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ލެކްޗަރަރ ކަމާއި ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ކަމާއި އެސްއީސީގެ ޓީޗަރކަން ހިމެނެއެވެ

އަންހެނުންގެ ތަރަށްޤީއަށް ކުރާނެ ކަންކަމާއި ބެހޭ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ގިނަގުނަ އިރުޝާދު ތަކެއް ދީފައި ވެއެވެ. އަންހެނުންނާއި ކުދީންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން ގޭގައި ގެންގުޅޭ ކަރަންޓްއާލާތްތައް ބޭނުން ކުރާނެ ގޮތާއި މައްސަލަޖެހުމުން ހައްލުކުރާނެ ގޮތުގެ ކްރަޝް ކޯހެއް ހިންގާފައިވެއެވެ

2008 ވަނައަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ޝީމާ ވަޒީފާ އަދާކުރަމުން އަންނަނީ އިގިރޭސިވިލާތުގެ ޔުނިވާރސިޓީ އޮފް ލެސްޓަރގެ ސްކޫލް އޮފް އެޑިޔުކޭޝަންގެ ލެކްޗަރާރ އެއްގެ ގޮތުގައެވެ. މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތުގެ އިތުރަށް އޮންލައިން ރިސާރޗް ހަދާ ލިޔެ ޝާޢިއު ކުރުމަކީ ޝީމާ ކުރާހިތުން ކުރާ މަސައްކަތެކެވެ. އޮންލައިން އެޑިއުކޭޝަނާއި އީލާރނިންގ ގެ ރޮގުން އަތޮޅަށާއި ރާއްޖެއަށް ތަޢުލީމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝީމާ އުއްމީދު ކުރެއެވެ

މީދޫއަށް އުފަން މިފަދަ ދަރިންނަށްޓަކައި މީދޫ ފަޚްރުވެރި ވެއެވެ

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]