ޢާއިޝަތު ޝިހާމް
Appearance

ޑރ ޢާއިޝަތު ޝިހާމަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ސައިކޮލޮޖީ އިން ޙާޞިލުކުރައްވައިފައިވާ ބޭކަނބަލެކެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލްގައެވެ.
ޑރ. ޢާއިޝަތު ޝިހާމްގެ ޚިދުމަތް ފެއްޓެވީ 1983ވަނަ އަހަރު މުދައްރިސެއްގެ ގޮތުގައެވެ. އެ ކަމަނާ ވަނީ އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.
އަދާކުރެއްވި ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- މިނިސްޓަރ - މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
- މިނިސްޓަރ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
- މިނިސްޓަރ - މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- ޕާމަނަންޓް ސެކެޓްރީ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
- ނާއިބު މިނިސްޓަރ - މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
- ޑިރެކްޓަރ - ކުޑަކުދިންގެ ޙައްގުތަކާ ބެހޭ ޔުނިޓް
- ޑިރެކްޓަރ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ
- އެސިސްޓެންޓް ޑިރެކްޓަރ - މިނިސްޓްރީ އޮފް ވިމެންސް އެފެއާރޒް އެންޑް ސޯޝަލް ސެކިއުރިޓީ
- ޗެއަރޕާސަން - ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން