ޢަބުދުލް މުޙުސިން މުޙައްމަދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ ޢާބުދުލް މުޙުސިން މުޙައްމަދު ދަރިވަރަކަށް އިނާމް ދެއްވަނީ

ޑރ ޢަބުދުލް މުޙުސިން މުޙައްމަދަކީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ޕީއެޗްޑީ ހެއްދެވި އިރު ޚާއްޞަވެ ލެއްވީ ފިޒިކްސްގެ ދާއިރާ އިންނެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ ސަޢޫދީ އަރަބިއްޔާ އިންނެވެ. މާސްޓާރސް އަދި ޕީއެޗްޑީ ޙާޞިލް ކުރެއްވީ އޮސްޓްރޭލިޔާ އިންނެވެ.

މިހާރު ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބުގެ މަގާމްގައެވެ. މީގެ ކުރިންވެސް ދިވެހި ސަރުކާރުގެ ތަފާތު މަގާމްތައް ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ފުރުއްވާފައި ވެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްކަން، ޑިޕާޓްމަންޓް ހަޔަރ އެޑިޔުކޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރކަން، އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އަދާކުރެއްވި ތަފާތު މަގާމްތައް ހިމެނެއެވެ.