ޢަބުދުއް ސައްތާރު ޔޫސުފް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާގައި ޕަބްލިކް ހެލްތްގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީގެ ނާއިބުކަން ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަދާކުރައްވާފައި ވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންވަޔަރމަންޓް އެންޑް ހިއުމަން ރިސޯސަސްގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ. މިހާރު މަސައްކަތްކުރައްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ މަންދޫބެއްގެ ގޮތުން އިންޑިޔާގެ ނިއުދިއްލީގައެވެ.

ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޑިޕާޓްމަންޓް އޮފް ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް އެންޑް ހެލްތީ އެންވައިރޮމަންޓް ގެ ޑިރެކްޓަރެވެ. ޑރ ޢަބުދުއް ސައްތާރު ޔޫސުފް ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ 1990 ވަނަ އަހަރު އެމެރިކާގެ ނޯރތު ކެރޮލީނާ ޔުނިވަސިޓީގައި ޢާންމު ޞިއްޙަތުގެ ދާއިރާއިންނެވެ. ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ޖާނަލް އޮފް ވޯލްޑް ހެލްތު އެންޑް ޕޮޕިއުލޭޝަންގެ އެޑްވައިޒަރީ ބޯޑްގެ މެންބަރެއްވެސް މެއެވެ.