އާމާލް ޢަލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
Amal.jpg

ޑރ އާމާލް ޢަލީ އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ތައުލީމީ ދާއިރާއިން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ އާމާލް ޢަލީ ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރ ކަމުގެ މަގާމްގައެވެ. 2007 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މަޖީދިއްޔާ ސުކޫލްގެ މެނޭޖްމަންޓް ކަމުނުގޮސްގެން ބެލެނެވެރިން ޝަކުވާކުރުމުން މަޖީދިއްޔާ ސުކޫލް ހިންގުން ވަގުތީ ގޮތުން ޑރ އާމާލް ޢަލީ އާ ޙަވާލު ކުރައްވާފައި ވެއެވެ.

ޑރ އާމާލް ޢަލީ އަކީ ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ކުރީގެ އަނބިކަނބަލުންނެވެ. އަދި ޑރ އާމާލް ޢަލީ އަކީ ކުރިން އަމީނިއްޔާ ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، އަދި ޕްރިންސިޕަލް ކަން ވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.