Jump to content

މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ޑިގުރީ ޙާޞިލުކުރެއްވީ ކީރިތި ޤުރްއާނާއި އޭގެ ޢިލްމުގެ ދާއިރާއިން ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. ޑިސްޓިކްޝަނާ އެކު މާސްޓަރސް ޑިގުރީ ޙާޞިލުކުރެއްވީ ތަފްސީރާއި ޙަދީޘުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުގައެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ފިޤްހާއި އުޞޫލުލްފިޤްހުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގައެވެ. ޕީއެޗްޑީގެ ތީސީސް ލިޔުއްވީ "ދިވެހިރާއްޖޭގެ ސްޓޮކް މާކެޓުގައި އިންވެސްޓުކުރުމުގެ ޝަރުޢީ ހައިސިއްޔަތު" މި މަޢުޟޫޢަށެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފަކީ ދިވެހިރާއްޖޭގައި ޙާފިޡުން އިމްތިޙާނުކުރުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ޙާފިޡެކެވެ. ސީއެމްޑީއޭއާއި އަމާނާތަކާފުލްގެ ޝަރީޢާ ބޯޑުގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަމާއި، ނާއިބު ރައީސްކަމުގެ މަޤާމު އަދާކުރައްވައިފައިވެއެވެ. އިސްލާމީ ފިޤްހު އެކަޑެމީގެ ޝަރީޢާ ކައުންސިލަށް ޑރ. މުޙައްމަދު ޢިޔާޟް އައްޔަންކުރެއްވީ 2012 ޑިސެންބަރު 23ވަނަ ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

"President Appoints Members to Sharia Council and Advisory Council of Islamic Fiqh Academy" (in English).