Jump to content

ޢާއިޝަތު ރަމީލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ޢާއިޝަތު ރަމީލާ

ޑރ. ޢާއިޝަތު ރަމީލާ އަކީ ދިވެހިރާއްޖޭގެ މިހާރުގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ) އެވެ.

އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިޔާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާ ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަޤާމު ވެސް އަދާކުރައްވައިފައެވެ. އަދި މޯލްޑިވްސް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ޑރ. ޢާއިޝަތު ރަމީލާ ވަނީ ކުރައްވައިފައެވެ.