Jump to content

ޑރ. ޢަބްދުﷲ ޖަމީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޑރ. ޢަބްދުﷲ ޖަމީލް

ޑރ. ޢަބްދުﷲ ޖަމީލް ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ޙަދީޘާއި އިސްލާމިކް ސްޓަޑީޒްގެ ރޮނގުންނެވެ. ޝަރީޢާއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. އެއަށްފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޙަދީޘުން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ކިޔަވައިވިދާޅުވެގެން ރާއްޖެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ އަޑުގައެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވި އިރު ދީނީ ޕްރޮގްރާމްތައް ޑރ. ޖަމީލް ވަނީ ތައްޔާރުކޮށްދެއްވައިފައެއެވެ. ޑރ. ޖަމީލަކީ ހުކުރު ޚުޠުބާ ލިޔުއްވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނަކީ ނުބަލައި ޚުޠުބާ ކިޔުމުގެ ހުއްދަ އޮންނަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ޑރ. ޢަބްދުﷲ ޖަމީލް އަދާކުރެއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމާއި، އެ ފެކަލްޓީގެ އެސިސްޓަންޓް ޕްރޮފެސަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަން ހިމެނެއެވެ.

ޑރ. ޢަބްދުﷲ ޖަމީލަށް 2019 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ލިބިވަޑައިގެންފައެވެ.