އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަހުމަދު ކާމިލް ދީދީ(ހެންވޭރުގޭ އަހުމަދު ދީދީ) އަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވި އަދީބެކެވެ. ދިވެހިރާއްޖޭގައި ޗާޕުކޮށްގެން ނެރުނު ފުރަތަމަ ނޫސް މަޖައްލާ އަލްއިސްލާހުގެ އެޑިޓަރަކީ ވެސް އަހުމަދު ކާމިލް ދީދީ އެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 22 ޖުލައި 1892 ގައެވެ. އެއީ ހިޖުރީ ގޮތުން 26 ޛުލްޙިއްޖާ 1309 އެވެ. އަވަހާރަވީ 31 މާރޗް 1961 ގައެވެ. އެއީ ހިޖުރީ ގޮތުން 14 ޝައްވާލް 1380 ގައެވެ. ބައްޕައަކީ ހެންވޭރުގޭ މޫސާ މާބަނޑޭރި މަނިކުފާނުގެ ފުތް އަލްވަޒީރު ޙަސަން ހަކުރާ މަނިކުފާނު (ހެންވޭރުގޭ ޙަސަން ދީދީ) އެވެ. މަންމަ އަކީ މާވާގޭ ޙުސައިން ދީދީގެ ދި ފާތިމަތު ދީދީ (އެއްގަމުގޭ ދޮންދީދީ) އެވެ. ނުވަތަ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮންދީދީ އެވެ. އަޚުންނަކީ ހެންވޭރުގޭ މުޙައްމަދު ދީދީ އަދި އެއްގަމުގޭ ޅަދީދީ އެވެ.

އަހުމަދު ކާމިލްދީދީ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑީޔާގެ ލަކަނޫގެ ނަދުވަތުލް އުލަމާ އިންނެވެ. އގިރޭސި، އަރަބި، އުރުދޫ، ސިންގަޅަ ރަގަޅަށް ދެނެލައްވައެވެ. އަހުމަދު ކާމިލް ދީދީ އަކީ ދިވެހި ބަހުގެ އަދީބެކެވެ. ވާހަކަ ދެއްކުންތެރި އެކެވެ. ލިޔުންތެރި އެކެވެ. ޞިއްޙަތު ކިޔަވާދެއްވާ މުދައްރިސެކެވެ. ބޭސްކޮށްދެއްވާ ޙަކީމީ ޑޮކްޓަރެކެވެ. ދިވެހިރާއްޖެ އަށް ފުރަތަމަ އިންޖީނުލީ އުޅަދެއް ހޯއްދެވީ އޭނާގެ ވަޒީރުއް ދާޚިލިއްޔާ ކަމުގައި އޭނާގެ ނުފޫޒުގެ ދަށުންނެވެ. މޮޓަރު ބޯޓް ގަޑުބަޑު ގައި ކޮޅުބަށް ފޮނުއްވާލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ސަރުކާރުގައި ފުރުއްވި ބައެއް މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ފުރަތަމަ ޤާނޫންއަސާސީ އެކުލަވާލި ކޮމިޓީގެ މެމްބަރުކަން (18 މާރޗް 1931)
  • ވަޒީރުއް ދާޚިލިއްޔާކަން ( 22 ޑިސެމްބަރު 1932 )
  • ވަޒީރުލް މަޢާރިފްކަން ( 22 ޑިސެމްބަރު 1932 )
  • ފުރަތަމަ ޤާނޫން އަސާސީގެ ދެލިކޮޕީ އެކުލަވާލެވުނު ކުޑަކޮމިޓީގެ މެމްބަރުކަން
  • ރަދުން ޢައްޔަން ކުރެއްވި މަޝްވަރާ މަޖްލިސްގެ މެމްބަރުކަން
  • މަޙްކަމަތުލް މަޢާރުފުގެ ވެރިކަން15 މުޙައްރަމް 1361 (1942.02.02)
  • މަޙްކަމަތުއްޞިއްޙާގެ ވަކީލުކަން18 ޛުލްޤައިދާ 1363 (1944.11.04)
  • ބަންޑާރަނާއިބުކަން20 ރަމަޟާން 1370 (1951.06.25)/ ( 22 އެޕްރީލް 1951 )
  • ބަންޑާރަނާއިބުކަން ފުރަތަމަޖުމްހޫރިއްޔާގެ 12 ރަބީޢުލްއާޚިރު 1372 (1952.12.31)
  • ރަސްކަމަށް ބަދަލުކުރުމަށް އުފެއްދި ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މެމްބަރުކަން22 ޛުލްޙިއްޖާ 1372 (1953.09.02)


  • ބަންޑާރަބާއިބުކަން10 ޛުލްޤައިދާ 1373 (1954.07.12)
  • މަޢާރިފު ބަސްކޮމިޓީގެ މެމްބަރުކަން19 ޝައްވާލު 1377 (1958.05.10)
  • ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅު މެމްބަރުކަން17 ޖެނުއަރީ 1959
  • ފަނޑިޔާރު މަނިކުފާނުގެ މުޢާވިނުކަން20 މާޗް 1959
  • މަޢާރިފު 2 ނަންބަރު މުދައްރިސްކަން15 އޮކްޓޯބަރ 1959
  • ރައްޔިތުން މަޖުލީހުގެ ރައީސްކަން
  • ބަސްކޮމިޓީގެ ރައީސްކަން
  • ވަލީ ކޮމިޓީގެ މެންބަރުކަން
  • ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަން
  • އަލްއިޞްލާހުގެ މުޙައްރިރުކަން

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އަހުމަދު ކާމިލްދީދީ އަވަހާރަވީ 31 މާރޗް 1961 (16 ޝައްވާލް 1380ހ ) ގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006