Jump to content

ޢަބްދުﷲ ޖަލާލުއްދީން

ވިކިޕީޑިއާ އިންވިކިޕީޑިއާ
އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ޢަބްދުﷲ ފަހްމީ ދީދީ)

އަބުދުﷲ ޖަލާލުއްދީން އަކީ ދިވެހި ބަހާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އަދި އޭނާ އަކީ ދިވެހި ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރެއްވުމަށް މަސައްކަތްކުރެއްވި ދީނީ މުރުޝިދެކެވެ. 1998 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ހުޅުވުނު ޖަލާލުއްދީން ސުކޫލް ގެ ނަން ނިސްބަތްވަނީ ޢަބުދުﷲ ޖަލާލުއްދީން އަށެވެ. ޖަލާލުއްދީން އަކީ ޅ. ނައިފަރަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޢަބުދުﷲ ޖަލާލުއްދީންގެ ބައްޕާފުޅަކީ މަޢުލަވީ އައްޝައިޚް ޢަލީ ދީދީ (ނައިފަރު ހުތް ޢަލީދީދީ) އެވެ. މަންމަ އަކީ އެރަށު ތަންހަޅިގޭ ފާޠިމަތު ޙުސައިން އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ފެބުރުއަރީ 1902 ގައެވެ. (11 ޛުލްޤަޢިދާ 1319ހ)

ތައުލީމް[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ ޖަލާލުއްދީން (ޢަބުދުﷲ ފަހުމީ ދީދީ) ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުންނެވެ. ޢަބުދުﷲ ޖަލާލުއްދީން އަކީ މޮޅު އަދީބެކެވެ. ވާހަކަ ދެއްކުންތެރި އެކެވެ. ފޮތްތައް ލިޔުއްވި ބޭފުޅެކެވެ. ދިވެހި ބަހުގެ ފުންނާބު އުސް ޝާޢިރެކެވެ. ޢަރަބި ބަސް އަދި އުރުދޫ ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ޒާހިދެކެވެ. ކޮލީ ނަންފުޅަކީ އައްޝައިޚް ޢަބުދުﷲ ޖަލާލުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު އެވެ. ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހްގެ ބާނީ އަކީ މިއީ އެވެ.

މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ދިވެހިރާއްޖޭގެ ޤާޟީކަން : ޙުސައިން ޞަލާޙުއްދީންގެ އުއްތަމަ ފަނޑިޔާރުކަމުގެ ފަހުކޮޅުގައި
  • 15 އޮގަސްޓް 1952 – ޝައިޚުލް އިސްލާމްކަން
  • 20 އޮކްޓޯބަރު 1952 – އުއްތަމަ ފަނޑިޔާރުކަން
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

1 ޑިސެމްބަރު 1952 – ވަޒީރުލް މަޢާރިފްކަން

  • ރައްޔިތުންގެ ޚާއްޞަ މަޖުލީހުގެ ޅ.އަތޮޅުގެ މެންބަރުކަން
  • ދަންނަބޭކަލުންގެ ކޮމިޓީގެ ރައީސްކަން
  • ވަލީ ކޮމިޓީގެ ރައީސްކަން
  • މަދަރުސަތުލް މަޖީދިއްޔާގެ ނާޒިރުކަން

ގައުމީ ޚިދުމަތް[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ ޖަލާލުއްދީން އަކީ ތަފާތު ޢިބްރަތްތެރި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. ތަފާތު ރަހަރަހައިގެ ޅެންތައް ހައްދަވާފައި ވެއެވެ. ފުރަތަމަ ޖުމުހޫރިއްޔާގައި ވަރަށް މުހިއްމު ރޯލެއް ކުޅުއްވި އެވެ. ޢަބުދުﷲ ޖަލާލުއްދީންގެ ބާނީކަމުގެ ދަށުގައި އުފެއްދެވި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހް އަކީ އެހިޔާވަހިކަމުގެ ދަށުން އެތައް ދަރީންނެއް ތަޢުލީމް ޙާޞިލްކުރައްވައިގެން ގައުމަށް ޚިދުމަތްކުރައްވަމުން ގެންދަވާ މަދަރުސާ އެކެވެ. މުހައްމަދު އަމީންގެ ވެރިކަމުގައި ހިނގައިދިޔަ ހިތާމަވެރި ނިމުމުގެ ހާދިސާ އާއި ގުޅިގެން ޢަބުދުﷲ ޖަލާލުއްދީން އައްޑު އަތޮޅަށް އަރުވާލެއްވި އެވެ. ތޮއްޑޫން ނަޖިއްޔާ ކިޔާ ބޭފުޅަކާއި ކައިވެނި ބައްލަވައިގަތެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ ޖަލާލުއްދީން އަވަހާރަވީ 1 އެޕްރީލް 1958 (11 ރަމަޟާން 1377ހ ) ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006