Jump to content

އައްޝައިޚް އަޙްމަދު ޝާޠިރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަޙްމަދު ޝާޠިރު
އަޙްމަދު ޝާޠިރު، 1972
ރައްޔިތުންގެ މަޖިލީހުގެ ރައީސް
މަޤާމުގައި
1 އޮގަސްޓު 1972 – 11 ނޮވެންބަރު 1982
ރައީސްއިބްރާހީމް ނާޞިރު
މައުމޫން ޢަބްދުލް ޤައްޔޫމް
ކުރިން ހުންނެވީއަޙްމަދު ޒަކީ
ފަހުން ވަޑައިގަތީ
އުފަންވީ19 ފެބުރުވަރީ 1926
އަވަހާރަވީ26 ޖުލައި 1994
މަތީތަޢުލީމުއަލްއަޒުހަރު ޔުނިވަރސިޓީ، މިޞްރު
އިނާމުތައްސިލްވަރ ޓޫނާ އެވޯޑް (ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާ) - 1995

އައްޝައިޚް އަޙްމަދު ޝާޠިރަކީ ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ދީނީ ރޮނގުން ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނަކީ ލިޔުންތެރިޔެކެވެ. ޅެންވެރިޔެކެވެ. ކުޅަދާނަ މުޤައްރިރެއް ވެސް މެއެވެ.

އައްޝައިޚް އަޙްމަދު ޝާޠިރު ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ ރާއްޖެއިންނެވެ. މަތީ ތަޢުލީމު ޙާޞިލުކުރެއްވީ މިޞްރުންނެވެ. ކިޔެވުން ނިންމެވީ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ.

އަދާކުރައްވައިފައިވާ ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • 1967 - އައިލެންޑް ޑިވިޜަންގެ ވަކީލުކަން
  • 1968 - މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެތުސް ޑިވިޜަންގެ ޤާޟީކަން
  • މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު) ގެ އަތޮޅުވެރިޔާކަން
  • ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން (1 އޮގަސްޓު 1972 - 11 ނޮވެންބަރު 1982)
  • ކަސްޓަމްސްގެ ވެރިޔާކަން
  • މިނިސްޓަރ އޮފް ސްޓޭޓްކަން (11 ނޮވެންބަރު 1982)
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒްކަން (11 ނޮވެންބަރު 1983)

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

އައްޝައިޚް އަޙްމަދު ޝާޠިރު އަވަހާރަވީ 1994ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006