Jump to content

މޫސާ ފަތުޙީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ
މޫސާ ފަތުޙީ
އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރު
މަޤާމުގައި
11 ނޮވެންބަރު 1998  17 ނޮވެންބަރު 2003
ރައީސްމައުމޫން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް
މަޤާމުގައި
6 ނޮވެންބަރު 1996  11 ނޮވެންބަރު 1998
ރައީސްމައުމޫން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
މަޤާމުގައި
6 އޮކްޓޫބަރު 1980  6 ނޮވެންބަރު 1996
ރައީސްމައުމޫން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ޖަސްޓިސް
މަޤާމުގައި
11 ނޮވެންބަރު 1968  6 އޮކްޓޫބަރު 1980
ރައީސްއިބްރާހީމް ނާޞިރު
މައުމޫން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
ވަޒީރުލްއަޢުޡަމުގެ ނާއިބު
މަޤާމުގައި
19 ޖޫން 1967  11 ނޮވެންބަރު 1968
އުފަންވީ28 ސެޕްޓެންބަރު 1929
ޅ. ނައިފަރު، ދިވެހިރާއްޖެ
އަވަހާރަވީ10 ޖުލައި 2007 (77 އަހަރުފުޅުގައި)
މައުންޓް އެލިޒަބަތު ހޮސްޕިޓަލް، ސިންގަޕޫރު
ތަޢުލީމްމަދްރަސަތުލްއިފްތިތާޙު، ޅ. ނައިފަރު
މަދްރަސަތުލްމަޖީދިއްޔާ، މާލެ
މަތީތަޢުލީމުއަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު
އިނާމުތައްޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1983
މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަލްއަޒްހަރީއަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވައިފައިވާ ބޭފުޅެކެވެ.

އަމިއްލަ ދިރިއުޅުއްވުން

[އުނިއިތުރު ގެންނަވާ]

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1929ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު ފާދިއްޕޮޅު ނައިފަރުގައެވެ. ބައްޕާފުޅަކީ ޤާސިމް ޢަލީއެވެ. މަންމާފުޅަކީ ސަންފާ ޢަލީއެވެ.

އެ މަނިކުފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ ޖަމީލާ ޙުސައިނާއެވެ. ޖަމީލާ ޙުސައިން ނިޔާވުމުން ދެން ކައިވެނިފުޅު ބައްލަވައިގަތީ އާމިނަތު މުޙައްމަދު ދީދީއާއެވެ. ދެ ކައިވެނިފުޅުކުރެއްވި ނަމަވެސް އުފަން ދަރިއެއް މޫސާ ފަތުޙީއަށް ލިބިވަޑައިގެންފައި ނުވެއެވެ. އަވަހާރަވީ އިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގަތް އައްޑުއަށް އުފަން އަނބިކަނބަލަކު ދުނިޔޭގައި އިންނެވިއެވެ. މޫސާ ފަތުޙީއާ އެއްބަނޑު އެއްބަފާ 3 ބޭފުޅުން ތިއްބަވައެވެ. އެއީ ޢަލީ ފަތުޙީ، އާދަމް ފަތުޙީ، އިސްމާޢީލް ފަތުޙީއެވެ. މީގެތެރެއިން އިސްމާޢީލް ފަތުޙީއަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމު މީގެކުރީން އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

ތަޢުލީމު ޙާޞިލުކުރެއްވުން

[އުނިއިތުރު ގެންނަވާ]

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ ނައިފަރު މަދްރަސަތުލްއިފްތިތާޙުންނެވެ. އެއަށްފަހު މަދްރަސަތުލްމަޖީދިއްޔާއިން ވެސް ކިޔަވާ ވިދާޅުވިއެވެ. މީގެއިތުރުން މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ މަނިކުފާނު ވަނީ އަލްއަޒްހަރުގެ ޝަރީޢާ އިސްލާމިއްޔާ ފެކަލްޓީއިން ބީއޭ ފާސް ހޯއްދަވައިފައެވެ. އަދި ކިޔަވައިދެއްވުމުގެ ރޮނގުން މިޞްރުގައި (ހަޔަރ ޑިޕްލޮމާއެއް) މަތީ ފާހެއް ހޯއްދަވައިފައިވެއެވެ. ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި މިޞްރަށް ވަޑައިގަތީ ޢުމުރުފުޅުން 21 އަހަރުފުޅުގައި 1950ވަނަ އަހަރު އެވެ. 16 އަހަރު މިޞްރުގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ހޭދަކުރެއްވިއެވެ. އެނބުރި ރާއްޖެ ވަޑައިގަތީ 1966ވަނަ އަހަރުއެވެ.

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތްކުރައްވައިފައެވެ. ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައްޔާއި، އަދަބިއްޔާތާއި، ހިސާބު ޢިލްމުގެ ދާއިރާއަށް ވަރަށް ގިނަ ޢިލްމީ ޚިދުމަތްތަކެއް އެ މަނިކުފާނު ވަނީ ކޮށްދެއްވައިފައެވެ. އެންމެ ބޮޑު ޚިދުމަތްތަކެއް ކުރެއްވީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައެވެ.

މޫސާ ފަތުޙީ އަވަހާރަވީ އިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަޤާމުގައެވެ. އެ މަނިކުފާނު އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި އެ ވަނީއެވެ.

  • ވުޒާރަތުލްމަޢާރިފުގެ މުދައްރިސްކަން - ފުރަތަމަ އަދާކުރެއްވި ސަރުކާރު ވަޒީފާ
  • ވަޒީރުލްއަޢުޡަމުގެ އޮފީހުގެ ޚާއްޞަ ވަކީލުކަން (10 އޮގަސްޓު 1966 - 19 ޖޫން 1967)
  • ވަޒީރުލްއަޢުޡަމުގެ ނާއިބުކަން (19 ޖޫން 1967 - 11 ނޮވެންބަރު 1968)
  • މިނިސްޓަރ އޮފް ޖަސްޓިސްކަން (11 ނޮވެންބަރު 1968 - 6 އޮކްޓޫބަރު 1980)
  • އުއްތަމަ ފަނޑިޔާރުކަން (6 އޮކްޓޫބަރު 1980 - 6 ނޮވެންބަރު 1996)
  • އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން (6 ނޮވެންބަރު 1996 - 11 ނޮވެންބަރު 1998)
  • އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުސްތަޝާރުކަން (11 ނޮވެންބަރު 1998 - 17 ނޮވެންބަރު 2003)
  • ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން (17 ނޮވެންބަރު 2003 - 10 ޖުލައި 2007)

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 1967 ޖުލައި 10ވަނަ ދުވަހުއެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގަތީ 1987 ޖުލައި 10ވަނަ ދުވަހުއެވެ. އެހެންކަމަށްވާ ނަމަ އަވަހާރަވީ ތިންވަނަ ޕެންޝަން ހަމަވި ދުވަސްކަމުގައިވާ 2007 ޖުލައި 10ވަނަ ދުވަހުއެވެ.

އަދަބިއްޔާތުގައި

[އުނިއިތުރު ގެންނަވާ]
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަދަބިއްޔާތާއި ލިޔުންތެރިކަމާއި ޅެންވެރިކަމަށް ބަލާ އިރު ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މޫސާ ފަތުޙީއާ ބެހޭ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ކުރީގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނޢޢވ) ލިޔުއްވައިފައިވެއެވެ. "ފަތުޙީގެ ޢިލްމީ ޚަޒާނާގެ މުއްސަނދިކަމާ ތަނަވަސްކަން ހުރުމާ އެކު ހެއްދެވި ގިނަ ޅެންތަކަކީ ވަރަށް ފެންވަރު ރަނގަޅު ޅެންތަކެކެވެ. އެ މަނިކުފާނު ލޯބިކުރެއްވީ ބައިވަރަކަށް ވުރެ ބޮޑަށް ފެންވަރަށެވެ." ދިވެހިބަހުގެ ކުޅަދާނަ އަދީބު އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނޢޢވ) ވިދާޅުވެފައިވެއެވެ. " މުޙައްމަދު ޖަމީލު އަވަހާރަވުމަށް ފަހު އަޅުގަނޑުމެން ބަހާއި އަދަބިއްޔާތާ މެދު އަރާ އޮޅުން ފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ މޫސާ ފަތުޙީ. މޫސާ ފަތުޙީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރުމުދާ އެބަހުރި."

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ ލިޔުއްވި ފޮތްތަކުގެ ތެރޭގައި [ޤާނޫނަށް މަގެއް]، [މުޢާމަލާތަށް މަގެއް]، [ފަސޭހަ ހިސާބު] ހިމެނެއެވެ.

ލިބިވަޑައިގެންނެވި އިނާމުތައް

[އުނިއިތުރު ގެންނަވާ]

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީއަށް ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 1983ވަނަ އަހަރު އަރުވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު އެ މަނިކުފާނުގެ ހަނދާނުގައި އަރުވައިފައިވެއެވެ. މި އިނާމަކީ ރާއްޖޭގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް، އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި އިނާމެކެވެ.

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަވަހާރަވީ 2007 ޖުލައި 10ވަނަ ދުވަހުގެ ހެނދުނު 11:25 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ޢުމުރުފުޅުން 77 އަހަރުފުޅުގައެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. އެ މަނިކުފާނު އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006