މުޙައްމަދު އިސްމާއިލް ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ މުހައްމަދު އިސްމާއިލް ދީދީ އިން)
މުޙައްމަދު އިސްމާއިލް ދީދީ

މުޙައްމަދު އިސްމާޢީލް ދީދީ(މީރުބަހުރުގޭ މުޙައްމަދުދީދީ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 17 ސެޕްޓެމްބަރު 1891 ވަނަ އަހަރު އެވެ. ތުއްޕުޅުއިރު އުޅުއްވީ އޭނާގެ މަންމަގެ އަރިހުގައެވެ. ބައްޕައަކީ މީރުބަހުރުގޭ އިސްމާއީލް ދީދީ އެވެ. މަންމައަކީ އެއްގަމުގޭ ދޮންދީދީ އެވެ.

ތައުލީމް[އުނިއިތުރު ގެންނަވާ]

މުޙައްމަދު އިސްމާޢީލް ދީދީ ވަނީ އެޒަމާނުގައި މާލޭގައި ތިއްބެވި އެކިއެކި އެދުރުންގެ ކިބައިން ތަޢުލީމް އުގެންނެވި އެވެ. އުރުދޫ ބަހާއި އިގިރޭސިބަހާއި ، ހިސާބު ޢިލްމު ދަސްކުރެއްވީ އޭނާގެ ބައްޕގެ އަރިހުންނެވެ. ފަހުން އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ އާއި އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އަރިހުން އުރުދޫ ބަހާއި އިގިރޭސި ބަހުގެ ފެންވަރު މަތިކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އޭރު ޢިލްމީ ގޮތުން އެންމެ އިސް ސަފުގއި ތިއްބެވި އިލްމުވެރިންނާއި އެއްހަމަ ކުރެއްވި އެވެ.

މުޙައްމަދު އިސްމާއިލް ދީދީ އަކީ ދިވެހި ލިޔުންތެރި ކަމުގެ ދޮންތުއްކަލާ އެވެ. މީރު ބަހުރު އިސްމާޢީލް ދީދީގެ މުޙައްމަދު ދީދީ އެވެ. މީރު ބަހުރު އިސްމާޢީލް ދީދީ އަކީ އެޗްސީޕި ބެލް ރާއްޖެ ދުރުވެ ތާރީޚީ ހޯއްދުންތައް ހޯއްދެވިއިރު އަރިހުގއި އުޅުއްވި ބޭފުޅެކެވެ. އަދި މިނޫނަސް ތާރީޚީ ބޮޑެތި ކަންތައްތަކުގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން މުޙައްމަދު އިސްމާޢީލް ދީދީ ތާރީޚަށް ލޯބިކުރައްވަން ފެއްޓެވީ އެވެ.

މުޙައްމަދު އިސްމާއިލް ދީދީ އަކީ އުރުދޫ،ހިންދީ، ސިންގަޅަ ބަހާއި އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލްސްގައި އާއި އެނޫނަސް މެހެފިލްތަކުގައި ޤައުމީ ޚިދުމަތެއްގެ ގޮތުން އޭނާގެ ވާހަކަ ދެއްކުންތެރިކަން ބޭނުންފުޅު ކުރެއްވި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މަޤުބޫލު ޝާއިރެކެވެ.ދިވެހި ތާރީޚާއި، ދިވެހި ބަހާއި އަދަބުގެ ޚާދިމެކެވެ. އަދަބީ ތަރިކައެއް ޤައުމަށް ދޫކުރި އަދީބެކެވެ.

މުޙައްމަދު އިސްމާއިލް ދީދީ އަކީ ދިވެހި ސަރުކާރުން ނެރުއްވި ސަރުކާރުގެ ޚަބަރު ގެ މުޙައްރިރުގެ ނާއިބެވެ. އޭނާއާއި މެދު އިބްރާހިމް ޝިހާބު ވިދާޅުވެފައިވެއެވެ. " ކޮންމެ އުންމަތެއްވެސް ހަޔާތުގެ މައިދާނަށް ނިކުންނަނީ އެތަކެއް ފަހަރު އަރި އަޅާލާ އެތަކެއް ފަހަރު ވެއްޓުމަށް ފަހުގައެވެ. މިގޮތުން އިސްމާއިލްދީދީ މެން ވެވަޑައިގަތް ޤުރުބާނީ އަކީ އަޅުގަނޑުމެންނާއި މާދަމާގެ ދަރިންނަށް އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ."

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ލިޔުއްވާފައިވާ ފޮތްތައް[އުނިއިތުރު ގެންނަވާ]

މުޙައްމަދު އިސްމާއިލް ދީދީ އަގިނަ ފޮތްތަކެއް ލިޔުއްވި މުޞައްނިފެކެވެ. އޭނާގެ މަޝްހޫރު ބައެއް ފޮތްތައް:

  1. މޮޓަރު ބޯޓުގެ ގަޑުބަޑު
  2. ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ
  3. ބައްޕަގެ ހަނދާން
  4. މަޔަކަށްވުން
  5. ޅކުދިން ބެލުން
  6. ގެއްލުނު ފުރާވަރު
  7. ކްރިސްޓޮފަރގެ ނަޒަރުގައި ދިވެހިން

ފޮތްލިޔުއްވުމުގެ އިތުރުން ބޭރުބަސްބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުން މުޙައްމަދު އިސްމާއިލް ދީދީގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އެޗް.ސީޕީ ބެލްގެ ލިޔުއްވުންތަކާއި، މަޝްހޫރު ލާޓު ދިވެހިރާއްޖެ އައިސް ލިޔުނު ލިޔުންތަކާއި، އޭނާގެ އެހީތެރިޔާ ލިޔުނު ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ މުޙައްމަދު އިސްމާއިލް ދީދީ އެވެ. އޭރު އަލަށް އުފެދުނު ތަޢުލީމީ ރޫޙަށް މަތިވެރި ދަރަޖައަކަށް އޭނާ އިޝްތިރާކް ދެއވިއެވެ. އަދި ރާއްޖޭގައި ފަރިވަމުން ދިޔަ އަދަބީ ގުލްޝަންގެ އެންމެ ޚާއްސަ އެއް މެންބަރު ކަމުގައި އޭނާ ވެވަޑައިގަތެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1932 - ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 1941 - މީރު ބަހުރުގެ ގާއިމް މަގާމްކަން
  • 24 ޛުލްޙައްޖާ 1360 - މަޙްކަމަތުއް ތިޖާރާގެ މުޢާވިންކަން
  • 22 އެޕްރީލް 1951 : ވަޒީރުއްތިޖާރާކަން
  • 27 ނޮވެމްބަރު 1954 : މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
  • 5 ޖޫން 1943 : ސަރުކާރުގެ ޚަބަރު ނޫހުގެ މުހައްރިރުކަން
  • 1364ހ : މީރުބަހުރުކަން
  • 1 ރަބީޢުލް އައްވަލް 1361 : މަހްކަމަތުއް ޞިއްޙާގެ ގާއިމް މަގާމްކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އަހުމަދު ރިޟާ މީރުބަހުރުގެ
  • ޢަލީ ރިޟާ މީރުބަހުރުގެ
  • ފާޠިމަތު ރިޟާ މީރުބަހުރުގެ

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ސާނަވީ ދިވެހި 2
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006