Jump to content

އަލްއިސްލާހު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަލްއިސްލާހުގެ ފުރަތަމަ އަދަދުގެ ބޭރުގަނޑު

އަލްއިސްލާހު އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރެން ފެށުނު ނޫސް މަޖައްލާ އެވެ. މަހަކު އެއްފަހަރު ނެރެމުން ގޮސް ޖުމުލަ 8 އަދަދު ނެރެފައިވާ އަލްއިސްލާހު ގެ ފުރަތަމަ އަދަދު ނިކުމެފައިވަނީ 8 ޖުލައި 1933 ގައެވެ. ސަރުކާރުގެ ފަރާތުން ނެރުނު މިނޫހުގެ ފުރަތަމަ އަދަދުގައި 54 ޞަފްޙާ އެކުލެވިގެން ވެއެވެ.

އަލްއިސްލާހު ޗީފް އެޑިޓަރަކީ ހުސެއިން ޞަލާހުއްދީން އެވެ. އެޑިޓަރަކީ އަހުމަދު ކާމިލް ދީދީ އެވެ. އޭރު އަހުމަދު ކާމިލް ދީދީ އަކީ ޖަސްޓިސް މިނިސްޓަރު ކަމާއި، އެޑިޔުކޭޝަން މިނިސްޓަރު ކަމުގެ މަގާމް ފުރުއްވަމުން ގެންދެވި ފަރާތެވެ.

އަލްއިސްލާހު ގެ ފުރަތަމަ އަދަދުގެ ފުރަތަމަ ޞަފްޙާގައި ޢަރަބި ބަހުން ލިޔެފައިވަނީ މިއީ މަހަކު އެއްފަހަރު ނެރޭ ދީނީ، ސިޔާސީ، އަޚްލާގީ، ތަޢުލީމީ، އިޤްތިޞާދީ، ތާރީޚީ، މަޖައްލާއެއް ކަމަށެވެ. އަދި މިމަޖައްލާ ގޮވާލަނީ އިސްލާހަށް ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށެވެ.

އަލްއިސްލާހު ގައި ދިވެހިރާއްޖެ އާއި، ބޭރުދުނިޔޭގެ ތަފާތު ލިޔުންތަކާއި، ޚަބަރުތައް ހިމަނާފައިވެއެވެ. އަދި އަލްއިސްލާހު މަޖައްލާއަކީ އޭގައި އިސްތިހާރު ޖެހުމުގެ ފުރުޞަތު ވެސް ހުޅުވާލާފައި އޮތް މަޖައްލާ އެކެވެ.

އަލްއިސްލާހު ގެ ފުރަތަމަ އަދަދުގައިވާ ގޮތުން އެމަޖައްލާގެ އެއް އަހަރު ދުވަހުގެ އިޝްތިރާކަކީ 8.84 ރުފިޔާ އެވެ. ހަމަހަށް 4.27 އަދި އެއް އަދަދަށް 96 ލާރި އެވެ.


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

  • ހަވީރު ނޫހުގައި ޢަލީރަފީގު ލިޔުއްވާފައިވާ ލިޔުމަކުން