އަލްފާޟިލް އަޙްމަދު ޒާހިރު
އަޙްމަދު ޒާހިރު | |
|---|---|
އަޙްމަދު ޒާހިރު، 2004 | |
| ރައްޔިތުންގެ މަޖިލީހުގެ ރައީސް | |
މަޤާމުގައި 13 ސެޕްޓެންބަރު 2004 – 6 އޮގަސްޓު 2008 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | ޢަބްދުﷲ ޙަމީދު |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު | |
މަޤާމުގައި 22 ފެބުރުވަރީ 1990 – 27 މާރިޗު 1991 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | އަޙްމަދު ޒަކީ |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 26 ސެޕްޓެމްބަރ 1945 |
| އިނާމުތައް | ނޫސްވެރިކަމާއި މަޖައްލާ ނެރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 1980 ނޫސްވެރިކަމުގެ ރަން ގަލަން - 1993 ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008 ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018 |
| ކުރުނަން | ސީނާ ޒާހިރު |
އަލްފާޟިލް އަޙުމަދު ޒާހިރު އަކީ ދިވެހިރާއްޖޭގެ ރައްޔިތުން މަޖުލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ވެސް ރައީސްކަމުގެ މަގާމްގައި ހުންނެވީ އަޙުމަދު ޒާހިރު އެވެ. އަޙުމަދު ޒާހިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 ސެޕްޓެމްބަރ 1945 ގައެވެ. ރައްޔިތުން މަޖުލީހުގެ ރައީސްގެ މަގާމް އަދާކުރައްވަމުން ގެންދަވަނީ 13 ސެޕްޓެމްބަރ 2004ން ފެށިގެންނެވެ. އަހުމަދު ޒާހިރުގެ ޒަވާޖީ ޙަޔާތުގައި 1 ފިރިހެން ބޭފުޅަކާއި 2 އަންހެން ބޭކަނބަލުން ލިބިލައްވާފައި ވެއެވެ. އޭގެ ތެރެއިން ޑރ. އަޒްމިރާލްދާ ޒާހިރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މީގެ ކުރީން ކުރައްވައިފައިވާ ބޭކަނބަލެކެވެ.
އަލްފާޟިލް އަހުމަދު ޒާހިރު އަކީ ނޫސްވެރިކަމުގެ ދާއިރާއިން ބީއޭ ނުވަތަ ބެޗްލަރސް އޮފް އާޓްސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން ތަޖުރިބާ ޙާޞިލް ކުރައްވާފައި ވެއެވެ. އަލްފާޟިލް އަހުމަދު ޒާހިރު ރައްޔިތުންގެ މަޖުލީހުގެ ރައީސްކަމުން ވަކިވެވަޑައިގަތީ އާގާނޫނު އަސާސީގެ ދަށުން 12 އޮގަސްޓް 2008 ގައި ރައްޔިތުން މަޖުލީހުގެ ރައީސަކު ހޮވުމަށް ނެގުނު ވޯޓްގައި ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ އަލްފާޟިލް މުޙައްމަދު ޝިހާބު އެވޯޓް ކާމިޔާބު ކުރެއްވުމުންނެވެ.
އަލްފާޟިލް އަޙުމަދު ޒާހިރު އަކީ މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 ސެޕްޓެމްބަރު 1945 ގައެވެ. އިންޑިޔާއިން ވެސް ކިޔަވާ ވިދާޅުވިއެވެ. އިނގިރޭސި ތަޢުލީމުން ޑިގްރީއެއް ނެންގެވި އެވެ. އިގިރޭސި، އުރުދޫ އަދި ހިންދީ ބަސް ދެނެވަޑައިގަންނަވައެވެ. އަލްފާޟިލް އަހުމަދު ޒާހިރު އަކީ އަމިއްލަ މަސްއޫލުވެރިކަމުގައި ނޫހެއް ނެރުއްވި ބަހަށް ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. މާލޭ އިންގްލިޝް ސްކޫލްގެ މަސްއޫލްވެރިޔާ އަކީ ވެސް އަހުމަދު ޒާހިރު އެވެ. 1978 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ލިބިވަޑައިގަތުމުގެ ކުރިން ހުންނެވީ ރޮޔެޓާ އަދި އޭޝިޔާވީކް ކިޔާ ނޫހުގެ ނޫސްވެރިކަން ދަސްކޮށްދެއްވާ ޓީޗަރެއްގެ ވަޒީފާގައެވެ. ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ޑިޕާޓްމަންޓްގެ ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ ވަޒީފާ އަކުންނެވެ. ނޫސްތަކަށް ތަފާތު މައުޟޫތަކަށް ލިޔުއްވާފައި ވެއެވެ.
ލިބިލައްވާފައިވާ ޓްރޭނިންގ
[އުނިއިތުރު ގެންނަވާ]- ބޭސިކް އާރމީ ޓްރޭނިންގ : ސްރީލަންކާ
- ޖާނަލިސްޓް ޓްރޭނިންގ : ސްރީލަންކާ / އިންޑިޔާ
- ގެރިއްލާ ވޯރފެއަރ ޓްރޭނިންގ އިންސްޓްރަކްޓަރ : ސްރީލަންކާ
- ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ : ސްރީލަންކާ
- ފިންގަރ ޕްރިންޓް އެކްސްޕާރޓް ޓްރޭނިންގ : ސްރީލަންކާ
އަދާކުރެއްވި ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- މުދައްރިސްކަން:1978 ވަނަ އަހަރުގެ ކުރިން
- ޕްރޮޖެކްޓް އޮފިސަރ : ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓް
- އެސިސްޓެންޓް ޑިރެކްޓަރ : ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓް
- ޑިރެކްޓަރ : ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް
- ޑިރެކްޓަރ ޖެނެރަލް : ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް
- ޑެޕިއުޓީ މިނިސްޓަރ : ޑިޕާޓްމަންޓް އޮފް ޓުއަރިޒަމް
- އެޓާރނީ ޖެނެރަލް : އެޓާރނީ ޖެނެރަލްގެ އޮފީސް
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން
- މިނިސްޓަރ އޮފް ޖަސްޓިސް
- ޑިރެކްޓަރ : މޯލްޑިވްސް ނޭޝަނަލް ޝިޕިންގ މެނޭޖްމަންޓް ލިމިޓެޑް
- ރައްޔިތުން މަޖުލީހުގެ މެންބަރުކަން
- ރައްޔިތުން މަޖުލީހުގެ ނާއިބު ރައީސްކަން
- ރައްޔިތުން މަޖުލީހުގެ ރައީސްކަން
- މޯލްޑިވްސް ޕްރެސް ކައުންސިލްގެ މެންބަރުކަން
- އޭޝިޔާ ވީކްގެ ޖާނަލިސްޓްކަން
- ރޮއިޓާރސް ގެ ޖާނަލިސްޓްކަން
- ޕްރޮޖެކްޓް އޮފިސަރު : ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމެންޓް
- އެސިސްޓެންޓް ޑިރެކްޓަރު : ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމެންޓް
- ޑެޕިއުޓީ ޑިރެކްޓަރު : ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމެންޓް
- ޑިރެކްޓަރ ޖެނެރަލް : ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމެންޓް
- ޑެޕިއުޓީ މިނިސްޓަރު : ޑިޕާޓްމެންޓް އޮފް ޓުއަރިޒަމް އެންޑް ފޮރިން އިންވެސްޓްމެންޓް
- ޑިރެކްޓަރު : މޯލްޑިވްސް ޝިޕް މެނޭޖްމަންޓް ލިމިޓެޑް
- 22 ފެބުރުއަރީ 1990ން 26 މާރޗް 1991 އަށް : އެޓާރނީ ޖެނެރަލްކަން
- 27 މާރޗް 1991 ން 11 ނޮވެމްބަރު 1993 އަށް : މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ
- 11 ނޮވެމްބަރު 1993ން 6 ނޮވެމްބަރު 1996 އަށް : މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން
- 6 ނޮވެމްބަރު 1996ން 12 ސެޕްޓެމްބަރު 2004 އަށް : މިނިސްޓަރ އޮފް ޖަސްޓިސް
- 18 ފެބުރުއަރީ 1988 : ރައްޔިތުން މަޖުލީހުގެ ނާއިބު ރައީސްކަން
- 16 ނޮވެމްބަރު 1993 : ރައްޔިތުން މަޖުލީހުގެ ނާއިބު ރައީސްކަން
- 1 މާރޗް 1995ން 1 ޖެނުއަރީ 1998 އަށް : ރައްޔިތުން މަޖުލީހުގެ ނާއިބު ރައީސްކަން
- 11 ނޮވެމްބަރު 1998 : ރައްޔިތުން މަޖުލީހުގެ ނާއިބު ރައީސްކަން
- 13 ސެޕްޓެމްބަރު 2004 : ރައްޔިތުން މަޖުލީހުގެ ރައީސްކަން
- 1979 ން 2000 އަށް : ރައްޔިތުން މަޖުލީހުގެ ގދ. ގެ މެންބަރުކަން
- ރައްޔިތުން މަޖުލީހުގެ މެންބަރުކަން : މެދުނުކެނޑި 26 އަހަރު ކޮށްފައިވެއެވެ.
ޙާޞިލްކުރެއްވި ކާމިޔާބީތައް
[އުނިއިތުރު ގެންނަވާ]- ނޫސްވެރިކަމާއި މަޖައްލާ ނެރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 1980
- ނޫސްވެރިކަމުގެ ރަން ގަލަން - 1993
- ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) - 2008
- ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • މުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު) • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • ޢަބްދުﷲ ޙަމީދު • އަޙްމަދު ޒަކީ • ޢަބްދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • ޢަބްދުﷲ ޝާހިދު • ޢަބްދުﷲ މަސީޙު މުޙައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
ޢަބްދުއްރަޙީމް ޢަބްދުﷲ •