އިބްރާހިމް ޝިހާބް

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ އަލްއުސްތާޛު އިބްރާހީމް ޝިހާބު އިން)

އިބްރާހީމް ޝިހާބު އަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އެއީ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ދިވެހި ރާއްޖޭގެ ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވެވި އިއްޒަތްތެރި އެކެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަ ކުރެވެނީ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރެވެނީ އިބްރާހީމް ޝިހާބު އަވަހާރަވި ދުވަހާއި ގުޅުވައިގެންނެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

އިބްރާހީމް ޝިހާބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 ރަޖަބު 1342 ނުވަތަ 10 އޮކްޓޯބަރ 1922 ގައި މ. ބަގީޗާ ގޭގައެވެ. ބައްޕައަކީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން އެވެ. މަންމައަކީ މެދުގަނޑުވަރު ތުއްތު ގޮމަ އެވެ. އުފަންދަރިންގެ ތެރެއިން މުޙައްމަދު ޝިހާބު، އިސްމާޢީލް ޝިހާބު، އަދި ޙުސައިން ޝިހާބު ފަދަ ބޭފުޅުންނަކީ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކެވެ.

އިބްރާހިމް ޝިހާބް ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީ މާލެއިންނެވެ. އޭގެ ފަހުން އަޒުހަރު ޔުނިވަރސިޓިގައެވެ. މިޞްރުގެ ޖާމިޢުލް އަޒުހަރުންނެވެ.ޢަރަބި ބަހަާއި އިނގިޜޭސި ބަހާއި އުރދޫބަސް ދެނެވަޑައިގަނެއެވެ.

ޅެންވެރިކަން[އުނިއިތުރު ގެންނަވާ]

އިބްރާހީމް ޝިހާބު ޅެން ހެއްދުމުގެ މަސައްކަތް ފައްޓަވާފައިވަނީ 1939 ގައެވެ. އޭނާ އަކީ ކުޅަދާނަ މުގައްރިރެކެވެ. ޢަރަބި ބަސް އަދި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ތަފާތު ރޮނގުތަކުގައި ޅެން ހައްދަވާފައިވެއެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމަކީ ޝާޢިރުއް ޝަބާބު އެވެ. އަމިއްލަ ފުޅު ނަންނަމުގެ ގޮތުގައި ގުލްފާމް، އަދި ޘާޤިބު ފަދަ ނަންނަން ބޭނުންކުރެއްވި އެވެ.


އަދާކުރެއްވި ވަޒީފާތައް[އުނިއިތުރު ގެންނަވާ]

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

  • މަޙުކަމަތުއް ދާޚިލިއްޔާގެ ކާތިބުކަން - 14 ޖެނުއަރީ 1942 ން 27 އޭޕްރީލް 1951 އަށް.
  • ވުޒާރަތުއް ޒިރާޢާގެ އަންޑަރްސެކެޓްރީކަން - 27 އޭޕްރީލް 1951 ން 12 ޖުލައި 1954 އަށް.
  • އާގާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދެވި ކައުންސިލްގެ މެންބަރުކަން - 9 ސެޕްޓެމްބަރު 1953.
  • މަޙުކަމަތުލް އިރުޝާދުގެ ވެރިޔާކަން - 12 ޖުލައި 1954 ން 14 ޑިސެމްބަރު 1957 އަށް.
  • ވުޒާރާތުއް ދާޚިލިއްޔާގެ ނައިބުކަން - 12 ޖުލައި 1954 ން 24 އޮގަސްޓް 1957 އަށް.
  • ބޮޑު ވަޒީރުގެ ޚާއްޞަ ސެކެޓްރީކަން - 12 ސެޕްޓެމްބަރު 1957 ން 3 އޮގަސްޓް 1959 އަށް.
  • ވަޒީރުލް މަޢާރިފްކަން - 24 މެއި 1956 ން 3 އޮގަސްޓް 1959 އަށް.
  • މުނިސިޕަލް ކައުންސިލްގެ ވައިސް ޗެއާރމަންކަން - 8 އޮގަސްޓް 1956 ން 13 ޖެނުއަރީ 1958 އަށް.
  • އެޓާނީ ޖެނެރަލްކަން - 3 އޮގަސްޓް 1959 ން 8 މާރޗް 1975 އަށް.
  • ނައިބު ރައީސްކަން - 12 މާރޗް 1975 ން 6 ޖެނުއަރީ 1977 އަށް.


  • މިނިސްޓަރ އޮފް އެގްރިކަލްޗަރުކަން - 6 ޖެނުއަރީ 1977 ން 11 ނޮވެންބަރު 1978 އަށް.
  • ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިޔާގެ މަގާމް - 11 ނޮވެންބަރު 1978 ން 11 ނޮވެންބަރު 1982 އަށް.
  • ރައްޔިތުން މަޖުލީހުގެ ރައީސްކަން - 11 ނޮވެންބަރު 1982 ން 15 ޖެނުއަރީ 1988 އަށް.
  • ރައްޔިތުން މަޖުލީހުގެ މާފަންނު އަވަށުގެ މެންބަރުކަން - 3 އޮގަސްޓް 1959 ން 6 ޖޫން 1964 އަށް.
  • ރައްޔިތުން މަޖުލީހުގައި ރަސްގެފާނުގެ މެންބަރުކަން - 6 ޖޫން 1964 ން 13 ނޮވެންބަރު 1968 އަށް.
  • ރައްޔިތުންގެ މަޖުލީހުގެ ރައީސުލް ޖުމުހޫރިއްޔާގެ މެންބަރުކަން - 13 ނޮވެންބަރު 1968 ން 14 ނޮވެންބަރު 1978 އަށް.
  • ސަރުކާރުގެ ޚަބަރުގެ ނައިބު މުޙައްރިރުކަން - 5 ސެޕްޓެމްބަރު 1956 ން 15 ނޮވެންބަރު 1958 އަށް.
  • މުންނާރު ނޫހުގެ މުޙައްރިރުކަން - 5 ސެޕްޓެމްބަރު 1956 ން 28 ސެޕްޓެމްބަރު 1957 އަށް.
  • ތަޙުގީގު ކޮމިޓީގެ މެންބަރުކަން - 12 ސެޕްޓެމްބަރު 1957 ން 14 ޖެނުއަރީ 1958 އަށް.
  • އިސްތިއުނާފު ކޮމިޓީގެ މެންބަރުކަން - 28 ޖުލައި 1962 ން 13 ޖުލައި 1966 އަށް.
  • އައްޑޫ ގަނޑުބަނޑު ހަމައަކަށް އެޅުމަށް އުފެއްދެވި ކަމިޝަންގެ މެންބަރުކަން.
  • ޝަރީޢާ އަދި ގާނޫނީ ލަފާ ސަރުކާރަށް ދެއްވުމަށް އުފެއްދެވި ކޮމިޓީގެ މެންބަރުކަން.
  • ރަދުން ތަޚްތަށް އިސްކުރެއްވުމަށް ބާއްވާ ހަފްލާ ރޭވުމަށް އުފެއްދެވި ކޮމިޓީގެ މެންބަރުކަން.
  • ގާނޫނު އަސާސީ އިސްލާހު ކުރެއްވުމަށް އުފެއްދެވި ވަޒީރުންގެ ކޮމިޓީގެ މެންބަރުކަން.
  • ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ކައުންސިލްގެ ރައީސްކަން.
  • މުނިސިޕަލް ކައުންސިލްގެ މެންބަރުކަން.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އިބްރާހީމް ޝިހާބު އަވަހާރަވީ 25 ޖުމާދިލް އޫލާ 1408ހ. 15 ޖެނުއަރީ 1988މ. ގައެވެ. ފަސްދާނުލެވިފައިވަނީ ސިލޯނުގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • އަބާރަނަ 2 - މަލަސް 24 - 15 ޖެނުއަރީ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް