ދިވެހި އަދީބުން

ވިކިޕީޑިއާ އިންވިކިޕީޑިއާ


އަދީބުންނަކީ އެބަހަކުން ވާހަކަ ދައްކައިއުޅޭ، ލިޔެކިޔައި އުޅޭ އެބަހެއްގެ އަހުލުވެރީންގެ ބަސްމަގު ހުންނަގޮތް ދަންނަ މީހުންނެވެ. އެމީހެއްގެ ބަހުން ތަފާތު ރޮނގު ރޮނގުން ލިޔެއުޅޭ މީހުންނެވެ. އަދި ހަމަ އެހެންމެ އަދަބުގެ ޢިލްމު މީހުންނަށް ދަސްކޮށްދޭ މީހުންނަށް ވެސް އަދީބުންނޭ ކިޔައެވެ. ރަނގަޅު އަދީބުންގެ ރަނގަޅު ބަސްކޮށާރެއް އޮންނަން ޖެހެއެވެ. ބަހުގެ ތަފާތު މުޠާލިޢާތަކުގެ މައްޗަށް އެކުލެވޭ މުއްސަނދި ޚަޒާނާއެއް އޮންނަން ޖެހެއެވެ.