Jump to content

މުޙައްމަދު ނަޝީދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މުޙައްމަދު ނަޝީދު
މުޙައްމަދު ނަޝީދު، 2022
ދިވެހިރާއްޖެގެ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ
މަޤާމުގައި
11 ނޮވެންބަރު 2008  7 ފެބުރުވަރީ 2012
ކުރިން ހުންނެވީމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް
މަޤާމުގައި
29 މޭ 2019  13 ނޮވެންބަރު 2023
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ނައިބުއީވާ ޢަބްދުﷲ
ކުރިން ހުންނެވީޤާސިމް އިބްރާހީމް
ފަހުން ވަޑައިގަތީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް
މަޤާމުގައި
30 އޮގަސްޓު 2014  21 ޖޫން 2023
ކުރިން ހުންނެވީއިބްރާހީމް ދީދީ
ފަހުން ވަޑައިގަތީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރު
މަޤާމުގައި
28 މޭ 2019  28 މޭ 2024
ކުރިން ހުންނެވީދާއިރާ އުފެއްދެވުން
ފަހުން ވަޑައިގަތީ
އަޙްމަދު ޟަމީރު
ދާއިރާމައްޗަންގޮޅި މެދު ދާއިރާ
އުފަންވީ (1967-05-17) 17 މޭއި 1967 (59 އަހަރު )
މާލެ، ދިވެހިރާއްޖެ
ސިޔާސީ ޕާޓީދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2003–2023 ، 2025 އިން ފެށިގެން)
އަނބި ނުވަތަ ފިރިލައިލާ ޢަލީ ޢަބްދުﷲ (1994 - 2021)
ޔުމްނާ ރުޝްދީ (2024 - )
ދަރިން2
މައިންބަފައިންބައްޕާފުޅު: ޢަބްދުއްސައްތާރު ޢުމަރު
މަންމާފުޅު: ޢާބިދާ މުޙައްމަދު
ތަޢުލީމްމަޖީދިއްޔާ ސްކޫލް (1971 - 1981)
އޯވަރސީޒް ސްކޫލް، ކޮޅުނބު
ޑައުންޓްސީޒް ސްކޫލް، އިނގިރޭސިވިލާތް
މަތީތަޢުލީމުލިވަރޕޫލް ޔުނިވަރސިޓީ، އިނގިރޭސިވިލާތް
ސޮއި
ކުރުނަންއަންނި

މުޙައްމަދު ނަޝީދު  ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1967ވަނަ އަހަރު މޭ މަހު 17ވަނަ ދުވަހު މާލޭގައެވެ.

1971އިން 1981އަށް މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، އިތުރަށް ތަޢުލީމް ޙާޞިލުކުރެއްވުމަށް ރާއްޖެއިންބޭރަށް ވަޑައިގެންނެވިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އޯވަރސީޒް ސްކޫލްގައި ކިޔަވައި ވިދާޅުވުމަށް ފަހު އޭ-ލެވެލް ފުރިހަމަކުރެއްވުމަށް އިނގިރޭސިވިލާތުގެ ޑައުންޓްސީޒް ސްކޫލަށް ވަޑައިގެންނެވިއެވެ. އަދި، 1989ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން ބެޗަލަރ އޮފް އާޓްސް އިން މެރިޓައިމް ސްޓަޑީޒް ފުރިހަމަކުރެއްވިއެވެ.

ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން 1990ވަނަ އަހަރު "ސަންގު" ގެ ނަމުގައި ސިޔާސީ މަޖައްލާއެއް ނެރުއްވިއެވެ. "ސަންގު" މަޖައްލާއަށް އަހަރުވީތަނާ، ސަރުކާރުން އެ މަޖައްލާ ނެރުން މަނާކުރައްވައި، ނަޝީދު ހައްޔަރުކުރެއްވިއެވެ.

1991ވަނަ އަހަރު، ނަޝީދަކީ "ޕްރިޒަނަރ އޮފް ކޮންޝަންސް" އެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަނޑައެޅިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރެއްގެ ގޮތުގައި 1992ވަނަ އަހަރު ހޮވިވަޑައިގެންނެވިއެވެ. އެހެންނަމަވެސް، ވައްކަމުގެ ތުހުމަތުގައި ޖަލަށްލުމަށް ޙުކުމްކުރުމުން މަޖިލިސް ގޮނޑި ގެއްލުނެވެ. އެގޮތުން، 18 މަސް ދުވަހު ޖަލުގައި ހޭދަކުރެއްވިއެވެ.

އަމިއްލަފުޅަށް ޤައުމުން ބޭރުގައި އަރުވައިލެވިގެން ހުންނެވުމަށްފަހު 2004ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސްރީލަންކާގައި އުފެއްދުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

2004ވަނަ އަހަރު އިނގިރޭސި ސަރުކާރުން ނަޝީދަށް އެ ޤައުމުގެ ޙިމާޔަތްދެއްވިއެވެ.

އަމިއްލަފުޅަށް އަރުވާލެވިގެން 18 މަސް ދުވަހު ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު، 30 އެޕްރީލް 2005ގައި ނަޝީދު ރާއްޖެ ވަޑައިގެން، އޭރުގެ ސަރުކާރުގެ މަނާކުރެއްވުންތަކާ އެކުވެސް އެމްޑީޕީގެ ޙަރަކާތްތައް ރާއްޖޭގައި ފެއްޓެވިއެވެ.

2 ޖޫން 2005ގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި ހުއްދަކުރެވުނެވެ. އަދި، 20 ޑިސެމްބަރ 2005ގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަާށް ނަޝީދު ހޮވިވަޑައިގެންނެވިއެވެ.

ޑިމޮކްރެޓިކް އިސްލާޙުތައް އަވަސްކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް 2005އިން 2008އަށް ޞުލްޙަވެރި މަދަނީ ކެމްޕެއިނެއް އެމްޑީޕީން ހިންގިއެވެ. މި ޙަރަކާތުގެ ތެރޭގައި އޮގަސްޓު 2005ވަނަ އަހަރު ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރެވުނެވެ. މި ދަޢުވާ ފަހުން ސަރުކާރުން ދޫކޮށްލެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމަށް ފަހު، 2008ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރެއްވިއެވެ.

ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން، 7 ފެބްރުއަރީ 2012ގައި، ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ވެސް ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދު ޙަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބުވެވަޑައިގެންފައި ނުވެއެވެ. 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވިއެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވެސް ހޮވިވަޑައިގަތެވެ.

ކުރިން ހުންނެވީ:
މައުމޫން ޢަބްދުލް ޤައްޔޫމް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
2008-2012
ފަހުން ވަޑައިގަތީ:
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު