ޢަބުދުﷲ ޞާދިޤް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

އަލްފާޟިލް ޢަބުދުﷲ ޞާދިޤް އަކީ އަދަނބީ ރޮނގުންނާއި، ކިޔަވައިދިނުމުގެ ރޮނގުން ދިވެހި ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.


އާއިލާ[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ ޞާދިޤް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޖެނުއަރީ 1935(10 ޛުލްޙައްޖާ 1353 )ގައި މ.އަތޮޅު މުލީގައެވެ. ބައްޕައަކީ މުލީ ޢަލީ ޙުސައިން ފުޅެވެ. މަންމަ އަކީ ހަމަ އެރަށު ޙައްވާ ފުޅެވެ. އާންމުކޮށް އަބްދުﷲ ސާދިޤުއަށް މިހުން ކިޔާ އުޅެނީ ސޯދުބެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
Adabiyyaat.jpg
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ޢަބުދުﷲ ޞާދިޤް އަކީ މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. ދިވެހިބަހުގެ އުސްތާޛެކެވެ. ޅެންވެރި އެކެވެ. މުޞައްނިފެކެވެ. ތަފާތު ވާހަކަ ތައް ވެސް ލިޔުއްވާފައި ވެއެވެ. އެތައްކުދީންނެއްގެ ދިވެހި މުދައްރިސެކެވެ. ކިޔާހިތްވާ އެތަކެއް މަޒުމޫނު ތަކެއް ދިވެހިންގެ ތެރެއަށް ލިޔެ ދޫކުރައްވާފައި ވެއެވެ. މިހާރުވެސް ސަރުކާރުން ހިންގަވާ ބައެއް ކޯސްތަކުގައި ދިވެހި ބަސް ކިޔަވައި ދެއްވާ އެދުރެކެވެ. ދިވެހި ބަހުގެ ރަންގަލަމާއި ޝަރަފްވެރިކަމުގެ އިނާމް ވެސް ޙާޞިލްކުރައްވާފައި ވެއެވެ. އުރުދޫ ބަސް ދެނެލައްވައެވެ. ބައެއް ވާހަކަތައް އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ވެއެވެ.

ޅެންވެރިކަން[އުނިއިތުރު ގެންނަވާ]

ޅެއްހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ ދާރުލް އިޤާމާ ގައި ހުންނެވި ދުވަސްވަރު މަދަރުސީ ދައުރުގައެވެ. ތަޢުލީމީ ދައުރު ނިންމާފައިވަނީ މަދަރުސަތުލް މަޖީދިއްޔާގެ 5 ވަނަ ކްލާހުންނެވެ. ޢަބުދުﷲ ޞާދިޤް އަކީ ފުދޭވަރަކަށް އުރުދޫ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ޅެން ހެއްދެވުމުގެ އިރުޝާދު ހޯއްދެވީ އަލް މަރުޙޫމް ޢަލީ މުޞްޠަފާގެ އަރިހުންނެވެ. ޅެން ހެއްދެވުމުގައި ވަކި ޚާއްޞަ ރޮނގެއް ފާހަގަކުރެވިފައެއް ނުވެއެވެ. ތަފާތު ރޮނގުތަކުން ޅެން ހައްދަވާފައި ވެއެވެ. ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން އެންމެ ރަގަޅު ޅެމެއްކަމަށް ޞާދިޤް ފާހަގަކުރައްވަނީ މުސްތަޙީލު މިޅެމެވެ.

އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • މަތުބަޢަތުލް ޙުކޫމަތުގެ ކާތިބުކަން
  • ވުޒާރަތުއް ދާޚިލިއްޔާގެ ސެކެޓްރީކަން
  • އީޕީއެސްގެ މުދައްރިސްކަން
  • މަދަރުސަތުލް މަޖީދިއްޔާގެ ދިވެހި މުދައްރިސްކަން
  • މަދަރުސަތުލް އަމީނިއްޔާގެ ދިވެހި މުދައްރިސްކަން
  • ސިލޯނުގައި ތިބޭ ދިވެހި ކިޔަވާކުދިންގެ ދިވެހި މުދައްރިސްކަން
  • ވިޔަފާރި މިއަދުގެ ސެކެޓްރީކަން
  • ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޚާއްޞަ މުޝީރުކަން

ލިޔުއްވާފައިވާ ފޮތްތައް[އުނިއިތުރު ގެންނަވާ]

  • ޒަހީރާ ވާހަކަ ( ޚިޔާލީ )
  • ދިވެހި ސިޓީ
  • ޅެން ޝަރަޙަ
  • ބަސްމަގު ފަށާ 1
  • ބަސްމަގު ފަށާ 2
  • ބަސްމަގު 1 ވަނަބައި
  • ބަސްމަގު 2 ވަނަބައި
  • ދިވެހި މަޒުމޫނު 1
  • ގެއްލުނު ދުނިޔެ (ތަރުޖަމާ)
  • އެއޮއްފަދަ ދެލޯ ( ތަރުޖަމާ )
  • ވައި ކުޅަނދުރު ( ތަރުޖަމާ )
  • ޞާދިގުގެ ޅެން ބަހުރުވަ
  • ކަރުނައާއި ނުލައި ޅެންހެދުން
  • ވިހަ ސަމާސާ
  • ޞާދިގުގެ ސަމާސާ ވާހަކަތައް
  • ދޮން މަންމަ ދޮން ނިޔަދުރެއް ފަދަ އެވެ.
  • ދޮންހިޔަލަ އާއި އަލިފުޅު ( ރައިވަރު ބަޔަކުން އިބާރާތް ކޮށްފައި )
  • ދޮންމޮހޮނާއި މިޔަރު ( ރައިވަރު ބަޔަކުން އިބާރާތް ކޮށްފައި )
  • މަހަބަދި ކަލޯ ( ތުންތުންމަތިން ކިޔަމުން އައި ވާހަކައެއް މީހަކު ކިއީމާ ލިޔެފައި )
  • ގްރޭޑް 6 ގެ ދިވެހި ފޮތް 1985 ގައި
  • ގްރޭޑް 7 ގެ ދިވެހި ފޮތް 1986 ގައި
  • ގްރޭޑް 10 ގެ ދިވެހި ފޮތް 1985 ގައި
  • އެސްއެސްސީ އަށް މަގެއް
  • ހަރުބަހާއި މުސްކުޅި ބަސް
  • މަޖާޒާއި މިސާލު ބަސް
  • ހިފެހެއްޓުމެއްނެތް ކަރުނަ ( ތަރުޖަމާ )
  • އިސްލާމީ ތާރީޚުން ތެދުވާހަކަ 1
  • އިސްލާމީ ތާރީޚުން ތެދުވާހަކަ 2
  • އިސްލާމީ ތާރީޚުން ތެދުވާހަކަ 3
  • ބިނާކުރެވުނު ލޯބީގެ ގަނޑުވަރު
  • ޞާދިގްގެ ކުރީގެ ކުރުވާޙަކަތައް


ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • އަބާރަނަ 1 - މަލަސް1 – 28 ޖެނުއަރީ 1982 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލިސް
  • އަބާރަނަ 2 - މަލަސް 24 – 15 ޖެނުއަރީ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006