އަޙްމަދު ޒަކީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ އަލްފާޟިލް އަޙްމަދު ޒަކީ އިން)
ފުންމަވާ: ސަމުގާ, ހޯއްދަވާ
އަލްފާޟިލް އަޙުމަދު ޒަކީ

އަލްފާޟިލް އަޙުމަދު ޒަކީ އަކީ މީހުންނަށް ވަރަށް ހެޔޮ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ. ތަޢުލީމް ޙާޞިލްކުރެއްވީ ސިލޯނުންނެވެ. އިގިރޭސި، އުރުދޫ، ސިންގަޅަ ދެނެވަޑައިގަންނަވައެވެ. ދިވެހި ބަހުގެ ލިޔުންތެރި އެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރި އެކެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އަލްފާޟިލް އަޙުމަދު ޒަކީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 16 އެޕްރީލް 1931 ގައެވެ. ބައްޕައަކީ އަލްފާޟިލް އިބްރާހީމް ޒަކީ (މާފަތްގޭ ތުއްތު ދީދީ) އެވެ. މަންމައަކީ ވެލާނާ މަނިކުފާނުގެ މުޙައްމަދު ދީދީގެ ޛުލައިޚާ މުޙައްމަދު ދީދީ ( އަބުގަސްދޮށުގޭ މެދުދީދީ )އެވެ. އަހުމަދު ޒަކީގެ މިހާރު ދުނިޔޭގައި ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ތުއްތު ގޮމާގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އިސްމާޢީލް ޝަފީޢު އެވެ.

ތަޢުލީމް ޙާޞިލް ކުރެއްވީ މާލެއިންނާއި، ސްރީލަންކާ އިންނެވެ. އަލްފާޟިލް އަޙުމަދު ޒަކީ އަކީ ދިވެހިރާއްޖޭގެ ރައްޔިތުން މަޖުލިސް ގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ވެސް ތަފާތު ފެންވަރުގެ ވަޒީފާތައް ދިވެހި ސަރުކާރުގައި އޭނާ އަދާކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަލްފާޟިލް އިސްމާޢީލް ޝަފީޢު އަކީ އަހުމަދު ޒަކީގެ ދޮށީ ފިރިހެން ބޭފުޅާ އެވެ.

ރައްޔިތުން މަޖުލީހުގެ ރައީސްކަން ދެފަހަރަކު ކުރައްވާފައި ވެއެވެ. ފުރަތަމަ ކުރެއްވީ 3އޮގަސްޓް 1959 ފެށިގެން 1 އޮގަސްޓް 1972 ގެ ނިޔަލަށެވެ. ދެވަނަ ފަހަރު ކުރެއްވީ 22 ފެބުރުއަރީ 1990 އިން ފެށިގެން 11 ނޮވެމްބަރ 1993 ގެ ނިޔަލަށެވެ.

ބޮޑު ވަޒީރު ކަމުގައި[އުނިއިތުރު ގެންނަވާ]

އަޙުމަދު ޒަކީގެ ބޮޑު ވަޒީރު ކަމުގައި މާލޭގައި ހިނގި ބޮޑު ބުރާސްފަތި ގެ ނަމުން މަޝްހޫރުވި ސިޔާސީކޯޅުމުގެ ސަބަބުން 8 މާރޗް 1975 ގައި އޭރު ރައީސް އިބްރާހީމް ނާޞިރު އަހުމަދު ޒަކީ ބޮޑު ވަޒީރުކަމުން ވަކިކުރައްވައި ދޫނިދޫ ގައި ބަންދު ކުރެއްވި އެވެ. އެއަށްފަހު ފުވައްމުލަކަށް ފޮނުވާލެއްވި އެވެ. އެފަހަރު ބަންދުން ސަލާމަތްވުމަށް ފަހު ވެސް ސަރުކާރުގެ މަތީ ފަންތީގެ ވަޒީފާތައް އަދާކުރެއްވި އެވެ. އަހުމަދު ޒަކީގެ ބޮޑު ވަޒީރު ކަމުގައި އަދި އިބްރާހީމް ނާޞިރުގެ ރައީސް ކަމުގައި އިގިރޭސި ރާނީ ކްއީން އެލިޒަބަތު 2 13 މާރޗް 1972 ގައި ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އިންޑިޔާގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އަދި ސްރީލަންކާގެ ބޮޑު ވަޒީރު ސްރީމާވޯ ބަންޑާރަ ނައިކާ ރާއްޖެ ވަޑައިގަތުމުން ވެސް އެންމެ އިސްރޯލެއް އަދާކުރި އެއްބޭފުޅަކީ އަހުމަދު ޒަކީ އެވެ.


އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • 11 އެޕްރީލް 1950 - ވަޔަރލެސް އޮފީހުގެ މުއައްޒިފެއްކަން
  • 12 ސެޕްޓެމްބަރު 1953 - ވަޔަރލެސް ޓެލެގްރާފް އޮފިސަރ - މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން
  • 16 ޖެނުއަރީ 1956 - މަހްކަމަތުލް ޚާރިޖިއްޔާގެ ވެރިޔާގެ ނާއިބުކަން
  • 16 ޖެނުއަރީ 1956 - ކަސްޓަމްސްގެ ވެރިޔާގެ ނާއިބުކަން
  • 21 ޖެނުއަރީ 1956 - ޕޯސްޓްގެ ވެރިޔާކަން
  • 28 ޖެނުއަރީ 1956 - ކަސްޓަމްސްގެ ވެރިޔާކަން
  • 26 މާރޗް 1956 - ސްރީލަންކާގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް
  • 14 އެޕްރީލް 1959 - ޕަބްލިކް އެންޑޯމަންޓް މިނިސްޓްރީގެ ނާއިބުކަން
  • 3 އޮގަސްޓް 1959 - ޓްރޭޑް އެންޑް ފުޑް މިނިސްޓްރީ ގެ ނާއިބުކަން
  • 3 އޮގަސްޓް 1959 - ރައްޔިތުން މަޖުލީހުގެ ރައީސްކަން
  • އޮގަސްޓް 1959 - ރައްޔިތުން މަޖުލީހުގެ ފ.އަތޮޅު މެންބަރުކަން
  • 11 އޮގަސްޓް 1959 - ވުޒާރަތުލް މަޢާރިފްގެ މުދައްރިސްކަން
  • 9 ފެބުރުއަރީ 1960 - ޓްރޭޑް އެންޑް ފުޑް މިނިސްޓަރުކަން
  • 26 ޖޫން 1960 - މުނިސިޕަލް ކައުންސިލް އަށް ހެންވޭރުން އިންތިޚާބުކުރި މެންބަރުކަން
  • 22 އޮގަސްޓް 1960 - ތާރީޚްކޮމިޓީގެ މެންބަރުކަން
  • 7 ޑިސެމްބަރު 1960 - ޖަސްޓިސް މިނިސްޓަރުކަން
  • 6 ޖޫން 1964 - ރައްޔިތުން މަޖުލީހުގެ ރަދުންގެ މެންބަރުކަން
  • 5 އޮކްޓޯބަރު 1965 : ވަޒީރުލް އަޢުޒަމް އޮފީހުގައި ހުންނަ ޔޫއެންއޯ އާއި ބެހޭ ވަކިލުކަން
  • 11 ނޮވެމްބަރު 1968 : 1975އަށް - މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް
  • 13 ނޮވެމްބަރު 1968 - ރައްޔިތުން މަޖުލީހުގެ ޗެއަރމަންކަން
  • 1968 - ރައްޔިތުން މަޖުލީހުގެ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަން
  • 1972 - 1975 - ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން
  • 1978 ން 1983 - ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަން
  • 1983 - ޔޫރަޕްގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރުކަން
  • 15 މާރޗް 1983 - މިނިސްޓަރ އޮފް ސްޓޭޓްކަން
  • 1983- 1990 - ބަންޑާރަ ނާއިބުކަން
  • 1990- 1993 - ރައްޔިތުން މަޖުލީހުގެ ރައީސްކަން
  • 11 ނޮވެމްބަރު 1993 – 1996 - ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަން
  • 1 އޮކްޓޯބަރު 1995 - ދިވެހިރާއްޖެއިން އިގިރޭސިވިލާތް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން

ދުނިޔެދޫކުރެއްވުން[އުނިއިތުރު ގެންނަވާ]

އަލްފާޟިލް އަހުމަދު ޒަކީ އަވަހާރަވެ ވަޑައިގަތީ 15 ނޮވެމްބަރ 1996 ގައެވެ.އަވަހާރަވީ ސިންގަޕޯރުގައެވެ. އަވަހާރަވިއިރު ދުނިޔޭގައި އަތްބަކާއި ދެކުދިން ތިއްބެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006