Jump to content

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު
މަލިމް މޫސާ މާފަތްކަލޭގެފާނު
ރައްޔިތުންގެ މަޖިލީހުގެ ރައީސް
މަޤާމުގައި
13 އެޕްރީލް 1952 – 21 އޮކްޓޫބަރު 1953
ކުރިން ހުންނެވީމުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު)
ފަހުން ވަޑައިގަތީ
އަވަހާރަވީ18 ނޮވެންބަރު 1970
މައިންބަފައިން
  • އައްޝައިޚް ކުޑަ ޙަސަން ތަކުރުފާނު (ބައްޕަ)

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައިވަނީ 13 އެޕްރީލް 1952 އިން ފެށިގެން 21 އޮކްޓޫބަރު 1953 ގެ ނިޔަލަށެވެ.

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނަކީ ދީނީ ތަޢުލީމު ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ދިވެހިބަހުގެ އަދީބެކެވެ. މުޞައްނިފެކެވެ. ވާހަކަ ލިޔުއްވައި ރައިވަރު ހެއްދެވި ޝާޢިރެކެކެވެ. އޭނާ ވަނީ އަލްއީޤާޡުގެ ނަމުގައި ޢަރަބި - ދިވެހި ރަދީފެއް ލިޔުއްވައިފައެވެ. ދިވެހި ދައުލަތުގެ ތަފާތު ފެންވަރުގެ މަޤާމުތައް މަލިމް މޫސާ މާފަތްކަލޭގެފާނު އަދާކުރައްވައިފައިވެއެވެ.

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނަކީ މަދްރަސަތުއްސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މަލިމް މޫސާ މާފަތްކަލޭގެފާނުގެ ބައްޕާފުޅަކީ އައްޑޫ މީދޫއަށް ނިސްބަތްްވެވަޑައިގަންނަވާ އައްޝައިޚް ކުޑަ ޙަސަން ތަކުރުފާނެވެ. މަންމާފުޅަކީ ކ. ހުރާ ބޭކަނބަލެކެވެ.

ފުރުއްވި މަޤާމުތައް

[އުނިއިތުރު ގެންނަވާ]
  • 1900 - އެތެރެ ކޮއިލު މިސްކިތު މަލިންކަން
  • 1904 - ފަތްލިޔާކަން
  • 1947 - މަޙްކަމަތުއްދާޚިލިއްޔާގެ ވަކީލުކަން
  • 1948 - ވަޒީރުއްދާޚިލިއްޔާގެ ނާއިބުކަން
  • 13 އެޕްރީލް 1952 - 21 އޮކްޓޫބަރު 1953 - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން
  • މަލިމް މުޙައްމަދުފުޅު
  • މަލިމް އިބްރާހީމް ކަލޭފާނު
  • މަލިމް ފާޠިމާފުޅު

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަވަހާރަވީ 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18ވަނަ ދުވަހުއެވެ.


މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006