ބާބާގޭ ދޮންމަނިކު
Appearance
ބާބާގެ ދޮންމަނިކު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1921 ވަނަ އަހަރު ފުރަމާލޭގައެވެ. ތަޢުލީމު ޙާޞިލް ކުރެއްވީ މަދަރުސަތުއް ސަނިއްޔާ އިންނެވެ. ދެފަހަރެއްގެ މަތިން ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި 48 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައި ވެއެވެ. ބާބާގެ ދޮންމަނިކު އަކީ ދިވެހި ޘަގާފަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 1992 ވަނަ އަހަރު ލިބިލައްވާފައިވާ ބޭފުޅެކެވެ.
އަދާކުރައްވާފައިވާ ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- ކޮލިކަލޭގެ އެހީތެރިޔާކަން
- ހަނގުބޭކަލުންގެ ސަރުދާރުކަން
- ކުދިބޭކަނލުންގެ ސަރުދާރުކަން
- ހަވަރުގެ ސަރުދާރުކަން
- ދާރުލް އާޘާރުގެ ސަރުދާރުކަން
- ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ކޮލިކަން
- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އިސްއެހީތެރިޔާކަން
ލިޔުއްވި ފޮތްތައް
[އުނިއިތުރު ގެންނަވާ]- ދިވެހި އާދަކާދަ
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ދިވެހި އާދަކާދަ - މަލަސް 46 - ބާބާގޭ ދޮންމަނިކު - 8 ޖުލައި 1993 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު