ހެންވޭރުގޭ މުޙައްމަދު ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހެންވޭރުގޭ މުޙައްމަދު ދީދީ ދިރިއުޅުއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6) ގެ ދޮށީގޮމާ އާއި ކައިވެނި ބައްލަވައިގެންނެވެ.

ވަނަވަރު[އުނިއިތުރު ގެންނަވާ]

  • ފުރިހަމަ ނަން : އަލްފާޟިލް މުޙައްމަދު ދީދީ ( ހެންވޭރުގޭ މުޙައްމަދު ދީދީ )
  • ބައްޕަ : ހެންވޭރުގޭ މޫސާ މާބަނޑޭރި މަނިކުފާނުގެ ފުތް އަލްވަޒީރު ޙަސަން ހަކުރާ މަނިކުފާނު (ހެންވޭރުގޭ ޙަސަން ދީދީ) އެވެ.
  • މަންމަ : މާވާގޭ ޙުސައިން ދީދީގެ ދި ފާތިމަތު ދީދީ (އެއްގަމުގޭ ދޮންދީދީ) އެވެ.

ހެންވޭރުގޭ މުޙައްމަދު ދީދީ އަކީ ދީނީ ތަޢުލީމް އުގެނިވަޑައިގެން ހުންނެވި، ލިޔެ ކިޔުމާއި ހިސާބު ދަސްފުޅު ކުރައްވައި، އުރުދޫބަހާއި އަރަބި ބަސް ދަސްފުޅު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ބޭސްވެރިކަމުގެ ޢިލްމު ޙާޞިލްކުރައްވައިގެން އާންމުންނަށް ހިލޭ ބޭސްކޮށްދެއްވައި، ފަގީރުންނަށް ދީލަތި އެހީފުޅުތައް ވެވަޑައިގެންނެވި ބޭފުޅެކެވެ. ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތެއްގެ ގޮތުން ބަކަރިއާއި ކުކުޅު ގެންގުޅުއްވި އެވެ. ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތައް އަމިއްލަފުޅަށް ލިޔުއްވާ އުޅުއްވި އެވެ.

ހެންވޭރުގޭ މުޙައްމަދު ދީދީ ދިރިއުޅުއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6) ގެ ދޮށީގޮމާ އާއި ކައިވެނި ބައްލަވައިގެންނެވެ. ދިރިއުޅުއްވީ ޢަލި ރަސްގެފާނު ގަނޑުވަރުގައެވެ. ފަހުން އެގަނޑުވަރުގެ ނަން ބަދަލުވެ، އިރުމަތީގެ އަށްވަނީ ވެފައެވެ.

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އައްނަބީލް މޫސާ މުޙައްމަދު ދީދީ (އަލި ރަސްގެފާނު ގަނޑުވަރު ދޮށީ މަނިއްޕުޅު)
  • އައްނަބީލް އިސްމާޢީލް މުޙައްމަދު ދީދީ (އަލި ރަސްގެފާނު ގަނޑުވަރު ތުއްތު މަނިއްޕުޅު)
  • އައްނަބީލާ ޒުބައިދާ މުޙައްމަދު ދީދީ (އަލި ރަސްގެފާނު ގަނޑުވަރު ގޮމާ)

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006