މަލިމް މުޙައްމަދުދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އައްނަބީލް މަލިމް މުޙައްމަދު ދީދީ އަކީ އަލްއަމީރު މޫސާ މާފަތް ކަލޭފާނު (މަލިމް މަނިއްޕުޅު)ގެ ބޭފުޅެކެވެ. މައިކަނބަލަކީ ދަހަރާގެ ތުއްތު ދީދީގެ ދޮންދީދީ އެވެ. އުފަންވެ ވަޑައިގަތީ 15 މާރޗް 1896 ( 13 ރަމަޟާން 1313 ) ވަނަ ދުވަހު ފުރަމާލޭގައެވެ.

ތައުލީމް ޙާޞިލްކުރެއްވުން[އުނިއިތުރު ގެންނަވާ]

ކިޔަވާ ވިދާޅުވީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުންނާއި،މުޙައްމަދު ސަޢީދު ފަނޑިޔާރު މަނިކުފާނާއި، އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނާއި، އޭރުގެ މަދަރުސަތުއް ޞަލާހިއްޔާ ( ފަހުން މަދަރުސަތުއް ސަނިއްޔާ މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. އެހެންނަމަވެސް އެމަނިކުފާނު މަދަނީ ޢިލްމުތަކާއި، ދިވެހި ތާރީޚާއި ބެހޭ މަޢުލޫމާތާއި، މިހުރިހާ ޢިލްމަކުން ވެސް އަމިއްލައަށް މުޠާލިޢާ ކުރައްވައިގެންނާއި، ޢިލްމުވެރީންނާއި ވާހަކަފުޅު ދައްކަވައިގެން ވަރަށް ކާމިޔާބު ކުރައްވާފައި ވެއެވެ. ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު ކިޔަވައި ދެއްވި ދަރިވަރުން ގެންދަވައިގެން ސިޔަރަތު ކުށްފިލުއްވި އިރު އެދަރިވަރުންގެ ތެރޭގައި މަލިމް މުޙައްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ޢަރަބި ބަހާއި އުރުދޫބަސް ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި ކުޑަކޮށް އިގިރޭސި ބަސް ދެނެވަޑައިގަންނަވައެވެ.

ލިޔުންތެރިކަން[އުނިއިތުރު ގެންނަވާ]

އައްނަބީލް މަލިމް މުޙައްމަދު ދީދީ އަކީ ދިވެހި ބަހުގެ ލިޔުންތެރި އަދީބެކެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ކޮންމެ ލިޔުއްވުމަކީ އެއަށް އަމިއްލަ ވަކި ހައިސިއްޔަތެއް ލިބިފައިވާ ލިޔުއްވުމެކެވެ. އައްނަބީލް މަލިމް މުޙައްމަދު ދީދީ ވަނީ އެތަކެއް ފޮތެއް ލިޔުއްވާފައެވެ. ލިޔުންތެރިކަމުގެ ރޮނގުން ބަލާއިރު އަދަބީ ހަރަކާތްތައް އެމަނިކުފާނު ފައްޓަވާފައި ވަނީ އައްރަފީޤު މަޖައްލާ ނިކުތް ދުވަސްވަރުގައެވެ.ލިޔުއްވާފައިވާ ލިޔުންވުންތަކުގެ ތެރޭގައި އިހުގެ ކުޅިވަރާއި މިހާރުގެ ކުޅިވަރު ، ރައިވެރިބެއާއި ރުކާ ފަދަ ވާހަކަތަކާއި މިނޫންވެސް ލިޔުއްވުންތައް ހިމެނެއެވެ. އައްރަފީޤު މަޖައްލާއަށް ލިޔުއްވި އިރު އޭނާގެ ނަމަކަށް ބޭނުންކުރެއްވީ އަބޫގުއްޕާލުއް ދީފުރަމީ އެވެ.

ލިޔުއްވާފައިވާ ފޮތްތައް[އުނިއިތުރު ގެންނަވާ]

  • އެކުވެރިންގެ ހަދިޔާ ވަކިބޭހުގެ ފައިދާ
  • ޢިލްމުލް ފަރާއިޟު
  • ތުއްތުކުދިންގެ ހަދިޔާ
  • އިސްލާމުން ޙައްޖުވަނީ ކިހިނެއްތަ؟

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 1 ޖުލައި 1956 : މުނިސިޕަލްޓީގެ ރައީސްކަން
  • 1950 : ވަޒީރުއް ތިޖާރާގެ ވަކިލްކަން
  • ވަޒީރުއް ތިޖާރާގެ ނާއިބުކަން
  • މަދަރުސަތުއް ސަނިއްޔާގެ 3 ވަނަ ކްލާހުގެ ޞިއްޙަތު މުދައްރިސްކަން
  • މަދަރުސަތުއް ސަނިއްޔާގެ 1 ވަނަ ކްލާހުގެ މުދައްރިސްކަން
  • ގާނޫނު ހަދާ މަޖުލީހުގެ މެންބަރުކަން
  • ޒިކުރުވެރިކަން
  • ޒިކުރު މައުލޫދު ފެށުމުގެ ހުއްދަ
  • އިލްމުވެރިންގެ ކޮމިޓީގެ މެންބަރުކަން
  • މަޙްކަމަތުއް ޝަރުއިއްޔާގެ ކުޑަ ނާއިބުކަން
  • ރައްޔިތުން މަޖުލީހުގެ ސެކެޓްރީކަން
  • އައްރަފީޤު ކޮމިޓީގެ މެންބަރުކަން
  • ޖައްލަތުލް ވަޢުޒު ގެމެންބަރުކަން
  • ބަސްކޮމިޓީގެ މެންބަރުކަން
  • ދީނީ ރޫހުގެ ކޮމިޓީގެ މުޙައްރިރުކަން
  • މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
  • ވަޒީރުލް އަޝްޣާލްގެ ނާއިބުކަން
  • 13 މެއި 1958 : ވަޒީރުއްތިޖާރާކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އިބްރާހީމް ރަޝީދު (ހ.ކަރަންކާގެ)
  • އިސްމާޢީލް ރަޝީދު (މަންދުއެދުރުގެ)
  • ރަޝީދާ މުޙައްމަދު ދީދީ ( މަންދުއެދުރުގެ)

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އައްނަބީލް މަލިމް މުޙައްމަދު ދީދީ އަވަހާރަވީ 15 އެޕްރީލް 1967 ގައެވެ. އެއީ ހިޖުރައިން 5 މުޙައްރަމް 1387 އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006