Jump to content

ޢަލީ ޙުސައިން ނައިފަރީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަލްފާޟިލް އަލްމަރުޙޫމް ނައިފަރު ޢަލީ ޙުސައިން އަކީ ލިޔުންތެރިއެކެވެ. ތަރުޖަމާ ކުރުން ތެރިއެކެވެ. ވާހަކަ ލިޔުންތެރި އެކެވެ. ޅެންވެރިއެކެވެ. ތަމްސީލު ލިޔުންތެރި އެކެވެ. ވާހަކަ ދެއްކުންތެރި އެކެވެ. ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމް 1985 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގެންފައި ވެއެވެ. ދިގު މުއްދަތެއްގައި ދިވެހި އަދަބަށް ޚިދުމަތްކުރެއްވުމަށްފަހު އޭނާ މިދުނިޔެ ދޫކުރެއްވީ 25 ޖުލައި 2000 ވީ އަންގާރަ ދުވަހު ޅ.ނައިފަރު ޞިއްޙީ މަރުކަޒުގައެވެ. ފަސްދާނު ލެވުނީ ނައިފަރު ހުކުރު މިސްކިތުގެ ގަބުރުސްތާނު ގައެވެ.

އަލްފާޟިލް އަލްމަރުޙޫމް ނައިފަރު ޢަލީ ޙުސައިން އަކީ ޅ. ނައިފަރު ޢިލްމީ އާއިލާ އެއްކަމަށްވާ ތަންހަޅި އާއިލާގެ މެންބަރެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 23 ޖޫން 1919 ގައި ޅ.ނައިފަރު މާވަޑި އީސާގޭގައެވެ. އެއީ މިހާރުގެ ނައިފަރުގެ ގިދުވާދީ އޭ ކިޔާގެއެވެ. ތަންހަޅި މޫސާ ކަލޭފާނުގެ ޙުސައިނާއި، މާވަޑި އީސާގެ މަރިޔަމް އާއި ދެކަނބަލުންގެ ނައިފަރު ޢަލީ ހުސައިންގެ ޅަފުރާގެ ދުވަސްތައް ހޭދަކުރެއްވީ ނައިފަރު ތަންހަޅި ގޭގައި ބައްޕައާއި ކާފަ ގެ ބެއްލެވުމުގެ ދަށުގައެވެ. އިލްޒާމީ ތަޢުލީމު ހޯއްދެވީ ބައްޕައާއި ކާފަގެ އަރިހުންނެވެ. އެއަށްފަހު ނައިފަރުގައި ހިންގަމުންގެންދާ މަދަރުސަތުލް އިފްތިތާޙް އަށް ވަދެވަޑައިގެން ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ ނުވަތައަބްދުއްﷲ ޖަލާލުއްދީން ގެ އިސްދަރިވަރަކަށް ވެވަޑައިގަތުމުގެ ޝަރަފް ހޯއްދެވިއެވެ.