Jump to content

އިބްރާހީމް ރުޝްދީ އަލްއަޒްހަރީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ އަލްއަޒްހަރީ

ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1897ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހުއެވެ. ބައެއް ލިޔުންތަކުގައި އުފަންވެވަޑައިގަތީ 1897 އޮކްޓޫބަރު 28 ގައި ކަމަށް ލިޔެފައިވެއެވެ. އެ މަނިކުފާނު ނިސްބަތްވެވަޑައިގެންނަވަނީ ހއ. ކެލަޔަށެވެ. އެ މަނިކުފާނަކީ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި އަގުހުރި ދިވެހި ދަރިއެކެވެ. ޚާއްޞަކޮށް ތަޢުލީމީ ރޮނގުންނާއި، އުނގަންނައި ދެއްވުމުގެ ރޮނގުން ވަރަށް މަތިވެރި ޝަޚްޞިއްޔަތެކެވެ. ޢަރަބިބަހާއި، ދިވެހިބަހުގެ ޢިލްމުވެރިޔެކެވެ.

ތަޢުލީމު ޙާޞިލުކުރެއްވުން

[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީގެ އުފަންރަށަކީ ހއ. ކެލައެވެ. ދިރިއުޅުން ފައްޓަވައިގަތީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. އެ މަނިކުފާނަކީ އަމިއްލަ ހިތްވަރާއި މަސައްކަތުން ތަޢުލީމު ހޯއްދެވި ބޭފުޅެކެވެ. ގޭގެ ނޯކިރީ ކުރެއްވުމާއި ބޯޓު ދަތުރުކުރެއްވުމުންނެވެ. މި ދަތުރުތައް ކުރެއްވި ދުވަސްވަރު އޭނާ ޤަޞްދުކުރެއްވީ ޢަރަބިބަހުގެ ތަޢުލީމު ހޯއްދެވުމަށް މިޞްރަށް ފައިބައިވަޑައިގަތުމަށެވެ.އޭނާ މިޞްރަށް ވަޑައިގަތީ 1913ވަނަ އަހަރުއެވެ. މިޞްރުގެ ޖާމިޢަތުލްއަޒްހަރުގައި ގިނަ ދުވަސްތަކެއް ތަޢުލީމު ޙާޞިލުކުރެއްވުމުގައި އެ މަނިކުފާނު ހޭދަކުރެއްވިއެވެ. ގާތްގަނޑަކަށް 13 ވަރަކަށް އަހަރު މިޞްރުގައި ކިޔަވައި ވިދާޅުވުމަށް އުޅުއްވިއެވެ. ޣައިރު ނިޒާމު ކިޔަވައި ވިދާޅުވެ ޢާލިމީ ފާސް ހޯއްދެވިއެވެ.

ޤައުމީ ޚިދުމަތުގައި

[އުނިއިތުރު ގެންނަވާ]
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

މިޞްރުން ތަޢުލީމް ޙާޞިލުކުރެއްވުމަށް ފަހު ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ އަލްއަޒްހަރީ މާލެވަޑައިގަތީ ގާތްގަނޑަކަށް 1927ވަނަ އަހަރު ހިސާބުގައެވެ. އޭރު ރާއްޖޭގައި އޮތީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމެވެ. މިޞްރުން ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގަތުމަށް ފަހު ޝައިޚު އިބްރާހީމް ރުޝްދީ ވަނީ މަދްރުސަތުއްސަނިއްޔާގެ މުދައްރިސްކަން އަދާކުރައްވައިފައެވެ. މިގޮތުގެ މަތީން ޤައުމަށް ޚިދުމަތްކުރެއްވުމުގައި ހުންނަވަނިކޮށް އޭރުގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ދައުލަތުގެ މަޝްވަރާ މަޖިލީހެއް އުފެއްދެވި ހިނދު އެ މަޖިލީހުގެ މެންބަރަކު ކަމުގައި ޝައިޚު އިބްރާހީމް ރުޝްދީ އައްޔަންކުރެއްވިއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވައިލެއްވި މަޖިލީހުގެ މެންބަރަކަށް ވެސް އޭނާ ވެވަޑައިގަތެވެ.

ފުރަތަމަ ޤާނޫނީ ސަރުކާރުގައި ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ ފުރުއްވީ ދައުލަތުގެ ބަންޑާރަ ނައިބުގެކަމުގެ މަޤާމެވެ. މަޝްހޫރު މޮޓަރު ބޯޓް ގަޑުބަޑުގައި އޭނާ ސިލޯނުގެ ވެރިރަށް ކޮޅުނބަށް ފޮނުވައިލިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޝައިޚު އިބްރާހީމް ރުޝްދީ ފެނިވަޑައިގަތީ މަޙްކަމަތުލްއައުޤާފުގެ ވެރިއެއްގެ ގޮތުންނެވެ. އާދެ ވަޒީރުލްއައުޤާފުގެ މަޤާމުގައި ހުންނަވަނިކޮށެވެ. މަޙްކަމަތުއްޝަރްޢިއްޔާގެ އިސް ބޭކަލެއްގެ ގޮތުންނެވެ.

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • 20 އެޕްރީލް 1927 - މަދްރުސަތުއްސަނިއްޔާގެ މުދައްރިސްކަން (އައްވަލު އުސްތާޛުކަން)
  • ބަންޑާރަ ނައިބުކަން
    • 16 ޑިސެންބަރު 1932: ފުރަތަމަ ފަހަރު
    • 27 ފެބުރުވަރީ 1940: ދެވަނަ ފަހަރު
  • ޤާނޫނުއަސާސީ އެކުލަވައިލެއްވުމަށް ޢައްޔަންކުރެއްވި މަޖިލީހުގެ މެންބަރުކަން
  • ޝަމްސުއްދީން ރަދުން ހޮއްވެވި މަޝްވަރާ މަޖިލީހުގެ މެންބަރުކަން
  • 24 އެޕްރީލް 1937 - މަދްރުސާގެ މުދައްރިސްކަން
  • މަޙްކަމަތުލްމަޢާރިފުގެ ވެރިކަން
    • 2 ޑިސެންބަރު 1939: ފުރަތަމަ ފަހަރު
    • 30 ސެޕްޓެންބަރު 1940: ދެވަނަ ފަހަރު
  • މަޙްކަމަތުލްއައުޤާފުގެ ޤާއިމު މަޤާމުކަން
    • 27 ފެބުރުވަރީ 1940: ފުރަތަމަ ފަހަރު
    • 30 ސެޕްޓެންބަރު 1940: ދެވަނަ ފަހަރު
  • 29 ޖެނުއަރީ 1941: މަޙްކަމަތުލްމާލިއްޔާގެ ވަކީލުކަން
  • ވަޒީރުލްއައުޤާފުކަން
    • 28 އެޕްރީލް 1951: ފުރަތަމަ ފަހަރު
    • 15 ޑިސެންބަރު 1957: ދެވަނަ ފަހަރު
    • 10 ޖުލައި 1954: ތިންވަނަ ފަހަރު
  • 3 ސެޕްޓެންބަރު 1953: ޤާނޫނުއަސާސީ އެކުލަވައިލެއްވި މަޖިލީހުގެ މެންބަރުކަން
  • 5 ސެޕްޓެންބަރު 1953: މަޙްކަމަތުއްޝަރްޢިއްޔާގެ ވެރިކަން
  • ނިޔާ ކަނޑައަޅާ ކޮމިޓީގެ މެންބަރުކަން
  • މަޙްކަމަތުއްޝަރްޢިއްޔާގެ އިސް ނާއިބުކަން
    • 1 އޮގަސްޓު 1956: ފުރަތަމަ ފަހަރު
    • 18 ޖަނަވަރީ 1958: ދެވަނަ ފަހަރު
  • 28 ނޮވެންބަރު 1957: ދަންނަ ބޭކަލުންގެ ކޮމިޓީގެ މެންބަރުކަން
  • 10 މާރިޗު 1958: ވުޒާރަތުލްމަޢާރިފުގެ ބަސް ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން
  • 17 ޖަނަވަރީ 1959: ރައްޔިތުންގެ މަޖިލީހުގެ ރަދުންގެ މެންބަރުކަމާއި ރައީސްކަން
  • 11 އޮގަސްޓް 1959: މަޢާރިފުގެ މުދައްރިސްކަން
  • 11 ސެޕްޓެންބަރު 1959: މަޢާރިފުގެ 2 ނަންބަރު މުދައްރިސްކަން
  • 25 ނޮވެންބަރު 1959: ފަނޑިޔާރު މަނިކުފާނުގެ މުޢާވިންކަން
  • ދީނީ ރޫޙުގެ މުޙައްރިރުކަމާއި މުޙައްރިރުގެ ނާއިބުކަން

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ އަވަހާރަވީ 1961ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ އަވަހާރަވި އިރު ހުންނެވީ ވަޒީރުލްއައުޤާފުގެ މަޤާމުގައެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީގެ ސަންދޯއްޕުޅު ނެރެއްވުމުގައި އޭރުގެ ކީރިތި މަހާރަދުންނާއި، ބޮޑުވަޒީރާއި، ވަޒީރުން މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

  • ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ތެރެއިން އައްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖަނަވަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
  • ހަދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006