އަންނަބީލު އިބްރާހީމް ފަރީދު ދީދީ
އަންނަބީލު އިބްރާހީމް ފަރީދު ދީދީ | |
|---|---|
އިބްރާހީމް ފަރީދު، 1954 | |
| ރައްޔިތުންގެ މަޖިލީހުގެ ރައީސް | |
މަޤާމުގައި 1 މާރިޗު 1954 – 3 އޮކްޓޫބަރު 1959 | |
| ރަސްގެފާނު ނުވަތަ ރާނީ | އަލްއަމީރު މުޙަންމަދު ފަރީދު ދީދީ |
| ކުރިން ހުންނެވީ | އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު |
| ފަހުން ވަޑައިގަތީ | |
| މައިންބަފައިން | |
އައްނަބީލް އިބްރާހީމް ފަރީދު ދީދީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 1 މާރޗް 1954 ން ފެށިގެން 3 އޮކްޓޯބަރ 1959 ގެ ނިޔަލަށެވެ.
އައްނަބީލް އިބްރާހީމް ފަރީދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 2 ޝަޢުބާން 1342 ވަނަ އަހަރު އެވެ. ބައްޕާ ފުޅަކީ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެވެ. މަންމާފުޅަކީ އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުންގެ އަލްފާޟިލާ ދޮންދީދީ (ފާތިމަތު ދީދީ)އެވެ. އައްނަބީލް އިބްރާހީމް ފަރީދު ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ ސިލޯނުންނާއި، އިންޑިޔާ އިންނެވެ.
އަންނަބީލު އިބްރާހީމް ފަރީދު ދީދީ އަކީ ރާއްޖެއިން ބޭރުންދީނާއި ގާނޫނު ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. ފާސް ނަންގަވާފައިވަނީ މިޞްރުގެ ޖާމިއަތުލް އަޒުހަރުންނެވެ. ޝަރީޢަތާއި ގާނޫނުން ޑިގްރީ ހޯއްދަވާފައި ވެއެވެ. ފަރަންސޭސި، އުރުދޫ، އަރަބި އަދި އިގިރޭސި ދެނެލައްވައެވެ. ދިވެހި ބަހުގެ ލިޔުންތެރި އެކެވެ. ޝާއިރެކެވެ.
ފުރުއްވި މަގާމްތައް
[އުނިއިތުރު ގެންނަވާ]- 1 މާރޗް 1954 : ރައްޔިތުން މަޖުލީހުގެ ރައީސްކަން
- 3 އޮކްޓޯބަރު 1959 : މަދަރުސަތުލް މަޖީދިއްޔާގެ ނާޒިރުގެ ނާއިބުކަން
- 12 ފެބުރުއަރީ 1960 : ދައުލަތުގެ ވަޒީރުކަން
- 11 ނޮވެމްބަރު 1978 : މިނިސްޓްރީ އޮފް ޖަސްޓިސްގެ ނާއިބުކަން
އަންނަބީލު އިބްރާހީމް ފަރީދު ދީދީ އަށް ލިބިވަޑައިގެންނެވީ އެންމެ އަންހެން ދަރިކަނބަލެކެވެ. އެއީ ފާތިމަތު ފަރީދު އެވެ. އަންނަބީލު އިބްރާހީމް ފަރީދު ދީދީ ގެ އަޚުންނަކީ ޖަލާލަތުލް މުލްކް މުޙައްމަދު ފަރީދުލް އައްވަލް އަދި އަލްއަމީރު ޙަސަން ފަރީދު ދީދީ އެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • މުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު) • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • ޢަބްދުﷲ ޙަމީދު • އަޙްމަދު ޒަކީ • ޢަބްދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު • އަލްފާޟިލް މުޙައްމަދު ޝިހާބު • ޢަބްދުﷲ ޝާހިދު • ޢަބްދުﷲ މަސީޙު މުޙައްމަދު • ޤާސިމް އިބްރާހީމް • މުޙައްމަދު ނަޝީދު • މުޙައްމަދު އަސްލަމް •
ޢަބްދުއްރަޙީމް ޢަބްދުﷲ •