ދިވެހިރާއްޖޭގެ ޕްރޮވިންސްތައް
ދިވެހިރާއްޖޭގައި ހިމެނެނީ ޖުމްލަ 7 ޕްރޮވިންސް އެވެ. ދިވެހިރާއްޖެ ތަފާތު 7 ޕްރޮވިންސަކަށް ބަހާލެވުނީ 11 ނޮވެމްބަރު 2008 ގައި އެމްޑީޕީ އިއްތިހާދުން ދިވެހި ސަރުކާރު ހިންގެވުމާއި ހަވާލުވުމަށްފަހު ގައެވެ. އެގޮތުން އުފެދުނު ޕްރޮވިންސްތައް ތިރީގައި މިވަނީ އެވެ.
މަތި އުތުރު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މުޙައްމަދު ޙުނައިފް އެވެ. މިޕްރޮވިންސްގައި ހިމެނޭ އަތޮޅު ތަކަކީ
- ތިލަދުންމަތީ އުތުރުބުރި ނުވަތަ ހއ.އަތޮޅު
- ތިލަދުންމަތީ ދެކުނުބުރި ނުވަތަ ހދ.އަތޮޅު
- މިލަދުންމަޑުލު އުތުރުބުރި ނުވަތަ ށ.އަތޮޅު
އުތުރު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މ.ނޫހިރި ތިލްމީޒާ ޙުސައިން އެވެ.
- މިލަދުންމަޑުލު ދެކުނުބުރި ނުވަތަ ނ.އަތޮޅު
- މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ.އަތޮޅު
- މާޅޮސްމަޑުލު ދެކުނުބުރި ނުވަތަ ބ.އަތޮޅު
- ފާދިއްޕޮޅު ނުވަތަ ޅ.އަތޮޅު
މެދު އުތުރު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]- މެދު އުތުރު ޕްރޮވިންސްގެ ވެރިކަންކުރާ ރަށަކީ ކ. މާފުށީ،
- މެދު އުތުރު ޕްރިވިންސްގެ ސްޓޭޓް މިނިސްޓަރަކީ މ.ވެލިދޫގޭ މުޙައްމަދު ނަޢީމް އެވެ.
- މާލެ އަތޮޅު ނުވަތަ ކ.އަތޮޅު
- އަރިއަތޮޅު އުތުރުބުރި ނުވަތަ އއ.އަތޮޅު
- އަރިއަތޮޅު ދެކުނުބުރި ނުވަތަ އދ.އަތޮޅު
- ފެލިދެ އަތޮޅު ނުވަތަ ވ.އަތޮޅު
މެދު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]މެދު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ ދ.ކުޑަހުވަދޫ ބޮޑުގޭ ފާރޫޣް މުޙައްމަދު ޙަސަން އެވެ.
- މުލަކަތޮޅު ނުވަތަ މ.އަތޮޅު
- ނިލަންދެއަތޮޅު އުތުރުބުރި ނުވަތަ ފ.އަތޮޅު
- ނިލަންދެއަތޮޅު ދެކުނުބުރި ނުވަތަ ދ.އަތޮޅު
މެދު ދެކުނު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ އަހުމަދު މުޖުތަބާ އެވެ.
- ކޮޅުމަޑުލު ނުވަތަ ތ.އަތޮޅު
- ހައްދުންމަތި ނުވަތަ ލ.އަތޮޅު
މަތި ދެކުނު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]މަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މއ.ތިނަދޫގޭ ޢުމަރު ޖަމާލް އެވެ.
- ހުވަދުއަތޮޅު އުތުރުބުރި ނުވަތަ ގއ.އަތޮޅު
- ހުވަދުއަތޮޅު ދެކުނުބުރި ނުވަތަ ގދ.އަތޮޅު
ދެކުނު ޕްރޮވިންސް
[އުނިއިތުރު ގެންނަވާ]ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކީ މުޙައްމަދު ނަޞީރު އެވެ.
- ފުވައްމުލައް (ޏ. އަތޮޅު)
- އައްޑުއަތޮޅު ނުވަތަ ސ.އަތޮޅު
ދިވެހިރާއްޖޭގެ ޕްރޮވިންސްތައް |
---|
މަތި އުތުރު ޕްރޮވިންސް އުތުރު ޕްރޮވިންސް މެދު އުތުރު ޕްރޮވިންސް މެދު ޕްރޮވިންސް މެދު ދެކުނު ޕްރޮވިންސް މަތި ދެކުނު ޕްރޮވިންސް ދެކުނު ޕްރޮވިންސް |