ބިލެއްދޫ (ފ. އަތޮޅު)
Bileddhoo | |
---|---|
ޤައުމު | ދިވެހިރާއްޖެ |
Administrative atoll | Faafu Atoll |
މާލެއާއި ހުރި ދުރުމިން | 129.43 km (80.42 mi) |
Dimensions | |
• Length | 0.830 km (0.516 mi) |
• Width | 0.450 km (0.280 mi) |
އާބާދީ | |
• Total | 1,074 |
ފަންވަތް:Pluralize from text | ފަންވަތް:Pluralize from text |
Time zone | UTC+05:00 (MST) |
މިއީ ފ. އަތޮޅުގައިމީހުން ދިރި އުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މިއަތޮޅުގައި މީހުން ދިރިއުޅޭ 5 ރަށުގެތެރެއިން އުތުރުން ދެވަނައަށް އޮންނަ ރަށެވެ.
އިގްތިޞާދު
[އުނިއިތުރު ގެންނަވާ]މިރަށުގެ މީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށަކީ ފާނަ މަސްވެރިކަމުގައި މިއަތޮޅުން އެންމެ ފާހަގަކުރެވޭ އަދި ކުރީ ޒަމާނުގައި ދޮށީގެ މަސްވެރިކަމަށްވެސް އެންމެ ފާހަގަކުރެވޭ ރަށެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
މިރަށުގެ ރައްޔިތުންގެ ނަމުގައި ތެލުގެ ވިޔަފާރި ކުރަމުން ދެއެވެ. މިވިޔަފާރިއަކީ މިރަށުގެ ރައްޔިތުންނަށް ބޭނުންވާތެޔޮ ލުއިފަސޭހަގޮތެއްގައި ހޯދައިދިނުމުގެ ގޮތުންނާއި ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ.
ފަޅު ފުންކުރުމާއި ބަނދަރު ހެދުން
[އުނިއިތުރު ގެންނަވާ]މިރަށަކީ 1997 ވަނަ އަހަރު ސަރުކާރުން ބަނދަރު ހައްދަވާދެއްވާފައިވާ ރަށެކެވެ. މިއަތޮޅު އެންމެ ފުރަތަމަ ބަނދަރު ހެދި ރަށަކީވެސް މިރަށެވެ. މި ބަނދަރުގެ ބޮޑުމިނަކީ 250 × 500 ފޫޓެވެ. މި ބަނދަރު ސަރުކާރުން ހައްދަވައިދެއްވިއިރު މިރަށުގެ ރައްޔިތުން މަސައްކަތްކޮށްގެން ބަނދަރުގެ ބޭރުތޮށީގެ ބޭރަށް އިތުރުތޮއްޓެއްޖަހާ ދެތޮށި ދޭތެރެއަށް ވެލިއަޅައިގެން ހިއްކާފައިވާތީ، މިރަށުގެ ބަނދަރު ފާހަގަކުރެވިފައިވަނީ ވަރަށްފަސޭހަ ބަނދަރެއްގެ ގޮތުގައެވެ.
ބިލެއްދޫ އޮފީސް
[އުނިއިތުރު ގެންނަވާ]މިހާރު ބިލެއްދޫ އޮފީސް ހިންގާ ޢިމާރާތަކީ ކުރިން ބިލެތްދޫ ސްކޫލް ހިންގި 04 ކްލާސްރޫމު ޢިމާރާތެވެ. މިޒަމާނާއި އެއްގޮތަށް އޮފީސްހިންގާ ޢިމާރާތަކަށް މިޢިމާރާތް ބަދަލުކޮށް މިޢިމާރާތުގައި ބިލެއްދޫ އޮފީހާއި ބިލެއްދޫކޯޓް ހިންގަން ފަށާފައިވަނީ 06 ޖުލައި 2003 ގައެވެ. ބިލެއްދޫއޮފީސް މިހާރު ހިންގާ ޢިމާރާތަކީ ރައްޔިތުންގެ ޢިމާރާތަކަށްވާތީ އޮފީސް ހިންގަމުން ދަނީ ކުއްޔަށް ހިފައިގެންނެވެ. ކުރިން ބިލެއްދޫ އޮފީސް ހިންގާފައިވަނީ މިރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެވެސްހުރީ މިޢިމާރާތުގައެވެ. މިހާރު ބިލެއްދޫއޮފީސް ހިންގާ ޢިމާރާތަށް އޮފީސް ބަދަލުކުރީ ކުރިން އޮފީސް ހިންގި ޢިމާރާތުގައި އޮފީސް ހިންގުމަށް ވަރަށްބޮޑަށް ދަތިވެގެންނެވެ.
ތަޢުލީމު
[އުނިއިތުރު ގެންނަވާ]ބިލެއްދޫސްކޫލު މިހާރު ހިންގަމުން ދަނީ ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި ޢިމާރާތުގައެވެ. އެ ޢިމާރާތުގައި ކިޔަވައިދޭން ފަށާފައިވަނީ 1997 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ތެރޭގައެވެ. މިހާރު ބިލެއްދޫ ސްކޫލު ހިންގާ ޢިމާރާތަށް ބަދަލުވުމުގެ ކުރިން ބިލެއްދޫސްކޫލު ހިންގާފައިވަނީ މިހާރު ބިލެއްދޫ އޮފީސް ހިންގާ ޢިމާރާތުގައެވެ. ބިލެއްދޫ އޮފީސް މިހާރު ހިންގާ ޢިމާރާތުގައި ކިޔަވައިދޭން ފެށުމުގެ ކުރިން ބިލެއްދޫގައި ކިޔަވައި ދެމުން ގޮސްފައިވަނީ މިރަށު ރައްޔިތުން ފަނުން ހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ.
ބިލެއްދޫސްކޫލުގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ އެކި ދުވަސްވަރު ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށެވެ. 1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު ގްރޭޑް 10 އަކަށް ކިޔަވައިދެމުން ދެއެވެ. ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު 22 ކުދިންނެވެ. ރައްޔިތުންގެ ގޮތުން ހިންގަމުން ދިޔަ މިސްކޫލް 01 އޯގަސްޓް 2005ގައިވަނީ ސަރުކާރު ސްކޫލަކަށް ބަދަލު ކުރައްވާފައެވެ. ބިލެއްދޫގައި އަމިއްލަފަރާތަކުން ޕްރީސްކޫލެއް ހިންގަމުން ދެއެވެ. އަދި މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްވެސް ހިންގަމުން ދެއެވެ.
ޞިއްޙަތު
[އުނިއިތުރު ގެންނަވާ]2 އޯގަސްޓް 1983 ގެ ކުރިން މިރަށުގައި ޞިއްޙީ ޚިދުމަތްދެމުންދިޔައީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް މި ދެންނެވި ތާރީޚުން ފެށިގެން ޢާއިލާގެ އެހީތެރިއެއްގެ ޚިދުމަތް ލިބެންފެށިއެވެ. އޭރު ފެމިލީ ހެލްތު ސެކްޝަން ހުންނަނީ ބިލެއްދޫ އޮފީހުގައެވެ. ބިލެއްދޫގައި ޞިއްޙީ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ސަރުކާރާއި ބިލެއްދޫ ރައްޔިތުން ގުޅިގެން ބިލެއްދޫގައި ޢިމާރާތްކުރި ހެލްތުޕޯސްޓުގައި ޞިއްޙީ ޚިދުމަތް ދޭން ފެށިފައިވަނީ 07 ޖުލައި 2005 ގައެވެ.
1 އޭޕްރީލް 2006 ން ފެށިގެން ހެލްތުޕޯސްޓުވަނީ ޞިއްޙީ މަރުކަޒަކަށް ބަދަލުކުރައްވާފައެވެ. މިހާރު ބިލެއްދޫ ޞިއްޙީ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް ލިބެމުންދެއެވެ. ބިލެއްދޫގެ ހެލްތުޕޯސްޓެއްގެ ޚިދުމަތް ލިބެން ފެށުމާއިއެކު މިރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޭސް ހޯދައިދިނުމުގެ ގޮތުން މިރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބޭސްފިހާރައެއް ހިންގަމުން ދެއެވެ. މިހާރު މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ލިބެމުން ދެއެވެ.
ކަރަންޓް
[އުނިއިތުރު ގެންނަވާ]ބިލެއްދޫގައި އެންމެފުރަތަމަ ކަރަންޓްދޭންފެށީ 1980 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެއިރު ކަރަންޓް ދެމުންދިޔައީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އަށެވެ. ބިލެއްދޫގައި އަމިއްލަ 5 ފަރާތަކުން އެރަށު ރައްޔިތުންނަށް ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ރައްޔިތުންގެ ނަމުގައި އެރަށުގައި ކަރަންޓެއް ޤާއިމު ކުރުމަށްޓަކައި ބިލެއްދޫގެ ރައްޔިތުން މަސައްކަތްކޮށްގެން ޤާއިމުކުރި ކަރަންޓުގެ ޚިދުމަތް ބިލެއްދޫ ރައްޔިތުންނަށް ދޭންފެށީ 01 ޖެނުއަރީ 1998 ގައި 24 ގަޑި އިރަށެވެ. މިރަށުގެ ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ބޮޑަތި އެހީތަކެއް ވެދެއްވާފައި ވެއެވެ.
އިތުރު ފާލަންތައް
[އުނިއިތުރު ގެންނަވާ]- ފ.އަތޮޅުގެ ރަސްމީ ވެބްސައިޓް
- ނިލަންދެ.ކޮމް
- ފާފު އޮބްޒާވަރ
- އެންޓިއެފްއޯ.ބްލޮގްސްޕޮޓް.ކޮމް
- އެންޓިފާފު.ބްލޮގްސްޕޮޓް.ކޮމް
- ފ.އަތޮޅު ހޮސްޕިޓަލްގެ ވެބްސައިޓް
- ނިލަންދޫ.ބްލޮގްސްޕޮޓް.ކޮމް
- އެޓޮލްސް ވެބްސައިޓް